ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އެމަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދެއްވާފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން […]
ބުދަ ދުވަހާ ހަމައަށް މޫސުން ގޯސް، ސަމާލުވޭ

މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ އޮފީހުން ލަފާކޮށްފައިވާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ. ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކަނޑުމަގުން ނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން […]
ތަރައްޤީ ކުރުމުގެ ބާރު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ ބޭއިންސާފެއް

ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ”ކޮންމެ ރަށެއްގެ އިޚްތިޞާޞް މިހާރު ކަނޑައެޅި، ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލްތަކަށް ވަކި އުޞޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނާން ފަށައިފި. ކައުންސިލްތައް ފުދުންތެރިވާން ފަށައިފި،“ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިހު ވިދާޅުވެފައިވެއެވެ. އެމަނުކުފާނު […]
ލާމަރުކަޒީ ނިޒާމުގެ ބޭނުން ފައްޔާޒު ވިދާޅުވެ ދެއްވައިފި

ލާމަރުކަޒީ ނިޒާމުގެ ބޭނުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެ ދެއްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ”ލާމަރުކަޒީ ނިޒާމުގެ މުޅި ބޭނުމަކީ ޑިމޮކްރެޓިކް އުސޫލުން ރަށްރަށާ އަތޮޅުތަކާ ސިޓީތައް ހިންގުން،“ ކަމަށެވެ. ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން އަލުން އަނބުރާ ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ބޯދާ ޒަމާން ދެން އިއާދައެއް ނުކުރެވޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިގޮތަށް ދެން ކުރިއަށްވެސް ނުދެވޭނޭ ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. ފައްޔާޒު މިހެން ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ […]
ޒުވާނުންނަށް މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގެ މަންސައެއް

މޫސުމީ ބަދަލުތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް ދިވެހި ޒުވާނުންގެ ހަރަކާތްތެރި ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ފަށާފައިވާ ’#YouthTrackToCOP30‘ ޕްލެޓްފޯމަކީ، ގައުމީ މޫސުމީ ކާރިސާއަށް ހައްލު ހޯދުމަށް ޒުވާނުންނަށް އެއްވެ، ގާބިލުކަން އިތުރުކޮށް، ގުޅުންތައް ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު މަންސައެއް ކަމަށް ޔުނިސެފް އިން ބުނެފިއެވެ. މި ހަރަކާތުގެ އިފްތިތާޙީ ރަސްމިއްޔާތުގައި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް އެޑީ އެޑައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ”#YouthTrackToCOP30 އަކީ ދިވެހި ޒުވާނުންނަށް އެއްވުމާއި، ޤާބިލުކަން އިތުރުކުރުމާއި، ގުޅުންތައް ބަދަހިކުރުމާއި، ގައުމީ […]
އިތުރު ކާމިޔާބީތައް ހޯދުމަށް އެދިވަޑައިގެންފި

ގޭޖް ޕްރައިވެޓް ލިމިޓެޑްގެ 15 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ޝަރަފުވެރިކޮއްދެއްވައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އެ ކުންފުނީގެ ޚާއްސަ އެވޯޑުތައް، އެވޯޑު ޙައްޤުވާ ފަރާތްތަކަށް ހަވާލުކޮށްދެއްވާފައި ކަމަށެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ ގޭޖުން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އެހެން ކަމުން މުވައްޒަފުންނާއި، ކުންފުންޏަށް އެހީތެރިވެދޭ ފަރާތްތަކަށް ވަނީޝުކުރު އަދާކުރައްވާފައެވެ. ގޭޖް […]
ވޯކް އެންޑް ޓޯކް ހަރަކާތެއް ބާއްވައިފި

ފ. އަތޮޅު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއީ ކުށްމަދު އަމާން ވެއްޓެއް ގާއިމުކޮށް ރައްޔިތުންނަކީ ހޭލުންތެރި ބަޔަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ހަރަކާތެކެވެ. ފ. ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ބިލެތްދޫ އަދި ފީއަލީ ރައްޔިތުންނާ ބައްދަލުކޮށް ފުލުހުން ވަނީ ހިޔާލު ބަދަލުކުރުމުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ހަރާކާތް ހިންގައިފައެވެ. ޖުލައި 31ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރަށްރަށުގެ އެކި […]
ޓީމްބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ސައުވީސް ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރެއިނިންގ ކޭންޕުގެ ބައިވެރިންނަށް ޓީމްބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ހުޅުމާލެ ފަރުކޮޅުފުށީގައި ކުރިއަށްގެންދާ 24 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރައިނިންގ ކޭންޕުގެ ބައިވެރިނަށް ހިންގި މިހަރަކާތަކީ ގުޅުންބަދަހިކޮށް، އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި، ކޮންފިޑެންސް އިތުރުކުރުމުގެ މަގުސަދުގައި ބޭއްވި ޓީމްބިލްޑިންގ ހަރަކާތެއް ކަމަށެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ޓްރަސްޓް […]
ކޭފޭއަކުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ކެފޭއަކުން ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން ވިދާޅުވެފައިވަނީ މިއީ ޤަވާއިދާ ޚިލާފަށް އުޅެމުން އައި ދެ މީހެއް ކަމަށެވެ. މި ދެމީހުން ހައްޔަރުކުރީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސްއިން ހޮނިހިރު ދުވަހުގެ ހަވީރު މާލޭގެ ކެފޭއެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސް އިން މިދިޔަ މަހުގެ 31ވަނަ ދުވަހު މާލޭގެ ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކަމޮޑޭޝަން […]
ބަނގުރާއި ބިޔަރު ނައްތާލައިފި

އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ. މިދިޔަ މަހުގެ 31ވަނަ ދުވަހު ނައްތާލާފައި ވަނީ 299 ފުޅި ބަނގުރަލާއި 193 ދަޅު ބިޔަރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެއްޗަކީ ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން ހިފެހެއްޓިފައިވާ ތަކެެއްޗެވެ. ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓެޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ […]
