ދަތުރުނާމާ (ތޭރަވަނަ ބައި)

ޢަލީ ފިރާޤު އައިގޮތަށް އައިސް މޭވާކޮތަޅު ކަބަޑުމަތިގައި ބެހެއްޓިއެވެ. އަދި ހަމަ އެވަޤުތުމެ، ސަމްސުއްނިސާއާއި ދިމާއަށް ދެއަތް ދިއްކޮށްލިއެވެ. ދަރިފުޅު އުރާލަން ދޭށޭ ބުނާކަހަލަ ގޮތަކަށެވެ. ލިބުނު އުފަލެއްގެ ބޮޑުކަމާއެވެ. ސަމްސުއްނިސާއަށްވެސް އުފަލުން ރޮއުނެވެ. އަޑުގެ ކޮޅަށެވެ. އަހަރެންނަށް ލިބުނީ ހާސްކަމެކެވެ. ސަމްސުއްނިސާގެ ގަދައަޑުން އަހަރެންގެ ހިތަށް އުނދަގޫވާން ފެށިއެވެ. އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭން އަހަރެންނަށް އިހުސާސް ކުރެވުނު ކަހަލައެވެ. އާނއެކެވެ. އޭނާގެ ކުރިމަތީގައި އެހުރީ، އޭނާގެ މުޅި ޙަޔާތުގައިވެސް ލޯބިވީ ހަމައެކަނި މީހާއެވެ. […]
ބަނގްލަދޭޝްގެ ނޫސްވެރިކަން

ބަނގްލަދޭޝްގެ ”އަޖްކަރް ޕަތްރިކާ“ ނޫހުގެ އޮޕީނިއަން އެޑިޓަރު، 71 އަހަރުގެ ބިބްހުރަންޖަން ސަރްކާރު، އޯގަސްޓް 22 ވަނަ ދުވަހު ޑަކާގެ ކޯރެއްގައި މަރުވެފައި ވަނިކޮށް ފެނިއްޖެއެވެ. އޭނާ ފެނުނީ ގެއްލުނުތާ އެއް ދުވަސް ފަހުންނެވެ. ”އެންމެ ފަހުގެ ކޮލަމް“ ގެ ގޮތުގައި ބަޔާންކޮށްފައިވާ އޭނާގެ ސުސައިޑް ނޯޓުގައި ޑރ. މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރަށް ފާޑު ކިޔާފައި ވެއެވެ. އަދި ޔޫނުސްގެ ސަރުކާރުން މީޑިއާއަށް ބިރުދައްކަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. 2024 ވަނަ އަހަރުގެ މުޒާހަރާތަކާއި ބަނގްލަދޭޝްގެ ބޮޑުވަޒީރު […]
އޮސްޓްރޭލިއާއިން އިންޑިއާ

ބްރެޒިލްގައި ބޭއްވި ޖީ-20 ސަމިޓްގެ ހަވާސާގައ ބޭއްވި ދެވަނަ އިންޑިއާ-އޮސްޓްރޭލިއާ އަހަރީ ސަމިޓްގައި، އޮސްޓްރޭލިއާއިން ވަނީ އިންޑިއާއަކީ އެ ގައުމުގެ ”އެންމެ މަތީ ފެންވަރުގެ ޑިފެންސް އަދި ސެކިއުރިޓީ ބައިވެރިއެއް“ ގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައެވެ. މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުމުގެ މުހިންމު ފިޔަވަޅެކެވެ. އޮސްޓްރޭލިއާގެ އިސް ވެރިން ވަނީ ”އިންޑިއަން އޯޝަންގައި އިންޑިއާގެ މުހިންމު ލީޑަޝިޕް“ އަށް ތަޢުރީފުކޮށް، ”މިނިވަން، ހަމަޖެހޭ އަދި ފުދުންތެރި އިންޑޯ-ޕެސިފިކް“ އަކަށް ދެ ގައުމުން ގުޅިގެން […]
