ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލު ކުރުމަށް މަޝްވަރާ ކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މ. ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމާ ގުޅޭ ގޮތުން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވީ މ. ރަތްމަންދޫގައި ރައްޔިތުންގެ ޚިޔާލާއި ފިކުރު ހޯއްދެވުމުގެ މަޤްޞަދުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ރައްޔިތުންނާ ބައްދަލުކުރައްވައި ރަށްރަށުގެ އެންމެ ބޮޑެތި މައްސަލަތަކާއި ކުރިމަގަށް ބޭނުންވާ ތަރައްޤީގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަކީ، […]
ކޮޅުފުށީ ހައުސިންގެ އަގު 5000 އިން 3333 އަށް ކުޑަކޮށްދީފިން: ރައީސް

މ. ކޮޅުފުށީގައި ތަރައްގީކުރާ ހައުސިން ޔުނިޓްތަކުގެ އަގު 5000 ރުފިޔާއިން 3333 ރުފިޔާއަށް ކުޑަކޮށްދެއްވާފައިވާކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފާފު އަތޮޅާއި ވާވު އަތޮޅާއި މީމު އަތޮޅުގެ އިތުރުން ތާ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މ. އަތޮޅު ކޮޅު ފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ކޮޅުފީ ހައުސިން ޔުނިޓްތަކުގެ އަގު 5000 […]
ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ދެޤައުމުގެ މެދުގައި އޮތް ގާތް ބަދަހިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި، ދެޤައުމުގެ މެދުގައި އޮތް މި ގުޅުން ބިނާވެފައިވަނީ […]
ސައިކަލެއްގެ މަޑިދަށުން މެކްބުކެއް ވަގަށްނެގި މީހަކު ޖަލަށް

ސައިކަލެއްގެ މަޑިދަށުން ”އެޕަލް ބްރޭންޑްގެ މެކްބުކް ޕްރޯ ލެޕްޓޮޕް“ އެއް ވަގަށްނެގި މީހަކު ޖަލަށް ކުމާއެކު ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ ހ. ވައްތީނުގަސްދޮށުގެ، މީފާއު ޝަކީބުގެ ސައިކަލް ނޫރާނީ ހިނގުމުގައި ޕާކް ކޮށްފައި ހުއްޓާ، އެސައިކަލުގެ މަޑިދަށުން މީފާއު ޝަކީބުގެ 47،070 ރުފިޔާގެ އަގުހުރި އެޕަލް ބްރޭންޑްގެ މެކްބުކް ޕްރޯ ލެޕްޓޮޕްއެއް ވަގަށް ނަގާފައިވާތީ ނ. ވެލިދޫ ހިފާޒް އަހްމަދު މާޖިދުގެ މައްޗަށް ދައުލަތުން ކުރި ދައުވާއެކެވެ. މި ދައުވާގެ އިބުތިދާއީ މަރުހަލާގައި ދައުވާއަށް […]
ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން ހޯދަނީ

ވިލިމާލެ ބޭރުގައި އަޅާފައި އޮތް ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހެއް ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު ”އެމްއެސްވީ ޑައުލާ“ އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުން ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 23:35 ހާއިރު ކަމަށެވެ. ”ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި […]
