އެހެން ޕާޓީތަކާއެކު މަސައްކަތް ކުރަން އަދާލަތުން ނިންމައިފި

ސަރުކާރުގެ ސިޔާސަތުތަކާގުޅިގެން އުފެދުފައިވާ ރައްޔިތުންގެ ކަންބޮޑުވުމާއި، އިސްލާމްދީނާއި ދިވެހި ގައުމާއި، ރައްޔިތުންގެ ހައްގުގައި، ސަރުކާރު ޖަވާބުދާރީކޮށް، ހަމަމަގަށް އަޅުވަައި ޒިންމާދާރު ކުރުވުމަށް، އެހެން ސިޔާސީ ޕާޓީތަކާއެކު މަސައްކަތްފެށުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ. އަދާލަތުޕާޓީން މިއަދު ޖެރެފައިވާ ބަޔަނެއްގައި ބުނެފައިވަނީ، ގާނޫނުއަސާސީއާހިލާފް ގާނޫނުތަކުން މަޖިލިސް މެންބަރުން ކަސްތޮޅުއަޅުވައި، ގާނޫނު ހެދުމުގެ ބާރުގެ މިނިވަންކަމާއި އިމްތިޔާޒުތަކަށް އަރައިގަތް މައްސަލަ ބަލަން ފެށުމުން، ގާނޫނީ އިޖުރާއަތްތަކާހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑީޔާރުން މަގާމުން ވަކިކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގެ […]

ތޫނުއެއްޗަކުން މީހެއްގެ ބުރަކައްޓަށް ހަމަލާދިން ދެމީހުން ޖަލަށް

ތޫނުއެއްޗަކުން މީހެއްގެ ބުރަކައްޓަށް ހަމަލާދިން މާރާމާރީގައި ބައިވެރިވި ދެމީހުން ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރި ވުމުގެކުގައި ދައުލަތުން ދައުވާކުރީ، ގއ. މާމެންދޫ ރިހިފަރުދާގެ އަހްމަދު ޝަމީމް އާއި ގުލްފާމްގެ މުހައްމަދު މާޒިން އާއި ބިލަތްމާގެ ޝަރަފް ރަޝީދު މައްޗަށެވެ. މިމީހުންގެ މައްޗަށް ދައުވާކުރީ، 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ އަށްވަނަ ދުވަހުގެރޭ މާމެންދޫ ކަތިބެއްޔާ މަގާއި ކޭވަނެބެއްޔާމަގާ ގުޅުނު ހަތަރުއަނގޮޅި ކަންމަތީގައި ހުންނަ ވެރައިޓީސްކެއާ […]

ދިއްދޫ ގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރަން އެމްޓީސީސީއަށް

އދ. ދިއްދޫ ގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ޙަ ވާލުކޮށްފިއެވެ. އެކުންފުންޏާ މިމަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން ގައި މިއަދުއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް )ރިޓަޔަރޑް( އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ. ދިއްދޫ ފުޓްސަލް […]

ތުހުމަތުތަައް ދޮގު: ”ލޫޓުވައިފި ލޫޓުވައިފި“ އެއްވުމަށް ހުރަސްނާޅާ

އަންނަ ހުކުރު ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް، ފުލުހުން ކޮށްފައިވާ ތުހުމަތުތައް އެމްޑީޕީން ދޮގުކޮށްފިއެވެ. ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު […]

އުމުރުން ދުވަސްވީ ކޮންމެ މީހަކީ އަގުހުރި މުތެއް: ރައީސް

އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖްރިބާގެ އަގުހުރި މުތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ”އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް،“ ކަމަށެވެ. އުމުރުން ދުވަސްވީ މީހުންގެ ދުވަހާގުޅިގެން އެމަނިކުފާނު ކުރެއްވި މި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި […]

އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް: ނާއިބު ރައީސް

ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ނައިބުރައީސް މިހެން ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ ”އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025“ ފަަށަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންޓާނަލް އޮޑިޓަރުންނަށް މަސައްކަތްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް އިނޓާނަލް އޮޑިޓަރުންނަށް ހާއްސަކޮށް، އޮނިގަނޑެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ކައިރި މުސްތަގްބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް […]

ކަނޑު އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަނަކީ، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވުމުން، ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވަމުން ދާތީ ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މި އޮޕަރޭޝަންގައި ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ […]

މަޖިލިސް ޖަލްސާތައް މާދަމާ ފަށަނީ

ދެ ވަނަ ދައުރުގެ ޗުއްޓީ ނިންމާލުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތަށް މާދަމާ ފަށާނެއެވެ. މަޖިލިސް މެންބަރަކު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން އޮތް ނަމަވެސް މަޖިލިސް ގަވާއިދު ބުނާގޮތުން ތިންވަނަ ދައުރު ފެށޭނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ކަމަށެވެ. މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކުރި ނަމަވެސް އެ ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައެއްނުވެއެވެ. ނޫސްވެރިން ދެކޮޅު ހަދަމުންދިޔަ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން […]

މިނުކުންނަނީ 110 ބިލިއަން ހުސްވިއިރު ފައިދާއެއް ނުވުމުން: އަކްރަމް

އެމްޑީޕީން އޮކްޓޯބަރު ތިންވަނަ ދުވަހު މާލޭގެ މަގުތަކަށް ނުކުންނަ ސަބަބު ކުރީގެ ސްޓޭޓު މިނިސްޓަރ އަކްރަމް ކަމާލުއްދީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވިދާޅުވެ ދެއްވައިފިއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އަކްރަމް ވިދާޅުވެފައިވަނީ އޮކްޓޯބަރު ތިނެއްގައި ނުކުންނަނީ 110 ބިލިއަން ރުފިޔާ ބަޖެޓުން ހުސްކުރިއިރު އެއްވެސް ފައިދާއެއް ރައްޔިތުންނަށް ނުވީތީ ކަމަށެވެ. އޭގެ އިތުރުން އެންސްޕާއިން 35 މިލިއަން ރުފިޔާ ވަގަށް ނަގައިގެން މުއިއްޒު ޕްރޮމޯޓް ކުރަން ޓީވީ ޗެނަލް ހެދީތީ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”އޮކްޓޯބަރު […]

ކޮރަޕްޝަން ހުއްޓާލެވޭނެގޮތް ހޯމް މިނިސްޓަރު ވިދާޅުވެދެއްވައިފި

ރާއްޖޭގައި ކޮރަޕްޝަން ހުއްޓާލުމަށް އެންމެ ރަނގަޅުގޮތް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެދެއްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ކޮރަޕްޝަން ހުއްޓާލުމަށް ”ޒިންމާދާރު މަގާމްތަކުގައި ތިބޭއިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރުން،“ ހިމެނޭ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ”އަޅުގަނޑުމެން މިދަނީ އެމަސައްކަތް ކުރަމުން. މި ފުރުސަތު ފާއިތުވި […]