”ސްކޫބާ“ ބައިތައް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

އއ.ރަސްދޫއަށް ދަތުރުކުރަމުން ދިޔަ ”ސްކޫބާ“ ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސް، އެ ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. މި ޑައިވިންގ ދޯނި އަޑިއަށް ގޮސްފައި ވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށެވެ. އަދި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާ ގޮތަށް އޮޔާދާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައި […]

ކަނޑޫ ދަނޑުވެރިންނާ ވަޒީރު ބައްދަލު ކުރައްވައިފި

ދަނޑުވެރިކަމަށް މަޝްހޫރު ކޮޅުމަޑުލު ކަނޑޫދޫ ދަނޑުވެރިންނާ ވަޒީރު ޑރ. މަރްޔަމް މާރިޔާ ބައްދަލު ކުރައްވައިފިއެވެ. އެކަމަނާ އެރަށަށް ވަޑައިގެން ބޭއްވި މި ބައްދަލުވުމުގައި، އެރަށުގެ ދަނޑުވެރިންގެ ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައެވެ. ކަނޑޫދޫ އަކީ މިރުހުގެ ވިޔަފާރީގައި ޚާއްސަ ރަށެކެވެ. އެހެން ކަމުން ކަނޑޫދޫ މިރުސް ހެއްދުމުގައި ރަނގަޅު ގޮތްތައް ދަސްކުރުމަށް ބޭނުންވާތަމްރީންތައް، އެރަށުގެ ދަނޑުވެރިންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކޮށްފައެވެ. އަދި އެރަށުގެ ދަނޑުވެރިންނަށް އެކަށީގެންވާ ހެޔޮ އަގު ލިބޭނެ ރަނގަޅު މާކެޓެއް […]

ބޮންގައި ބަލޮޗިސްތާން މީހުން މުޒާހަރާކޮށްފި

ބަލޮޗިސްތާނުގައި ނިޒާމުން މީހުން ގެއްލުވާލުމާއި ދައުލަތުގެ ބާރުގެ ބޭނުންކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް، ބަލޮޗް ނޭޝަނަލް މޫވްމަންޓް (ބީއެންއެމް) އިން ޖަރުމަނުގެ ވެރިރަށް ބޮންގައި މުޒާހަރާއެއް ބާއްވައިފިއެވެ. މުޒާހަރާގެ ބައިވެރިންވަނީ، ”ބަލޮޗީން ނެތިކޮށްލުމުގެ ޖަރީމާ“ގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރާ ކަންކަން ބެލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ ހިމޭންކަން ނިމުމަކަށް ގެނެސް، އެކަންކަން ތަޙްޤީޤުކުރުމަށް ގޮވާލާފައެވެ. ބީއެންއެމްގެ ލީޑަރުންވަނީ ޕާކިސްތާނު ސިފގައިން އަނިޔާވެރިވާ ކަމަށް ތހުމަތުކޮށް، ވައިގެ މަގުން ހަމަލާތައް ދޭ ކަމަށާއި މީހުން މަރާލުމަށްފަހު އެއްލާލާ […]

ޗައިނާގައި އެހީފަންޑަށް ހިޔާނާތްތެރިވި 100 އަށް ވުރެ ގިނަ އޮފިޝަލުން ބޭޒާރުކޮށްފި

ޗައިނާގެ ހުޅަނގު ދެކުނުގެ ސިޗުއާން ޕްރޮވިންސްގައި، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީފަންޑަށް ހިޔާނާތްތެރިވި 100 އަށް ވުރެ ގިނަ ރަށު ފެންވަރުގެ އޮފިޝަލުންގެ މައްސަލަ ބެޒާރު ވެއްޖެއެވެ. މިކަމުގެ ސަބަބުން، ދަށު ފަންތީގައި ކޮރަޕްޝަން ފުޅާ ދާއިރާއެއްގައި ހިނގާކަން ހާމަވެ، އެކަމަށް އާ ސަމާލުކަމެއް ލިބިގެން ގޮސްފައިވެއެވެ. ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ނޫސް ކަމަށްވާ ”ޕީޕަލްސް ޑެއިލީ“ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޗެންގްޑޫ އާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ޝިފާންގްގައި ސަރުކާރު މުވައްޒަފުންގެ 119 […]

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ގުޅުންތައް ހީނަރުވެ، ހަމަލާތަކުގެ ތުހުމަތުތައް ބޮޑުވެއްޖެ

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުންތައް ނުރައްކާތެރި މިންވަރަކަށް ގޯސްވެފައިވެއެވެ. ބުރާސްފަތި ދުވަހުގެ ރޭ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއިން ދެ ބާރުގަދަ ގޮވުމެއްގެ އަޑު އިވުމާ ގުޅިގެން، ތާލިބާން ސަރުކާރުން ވަނީ ޕާކިސްތާނުން އަފްޣާނިސްތާނުގެ ސިޔާދަތީ މިނިވަންކަމަށް އަރައިގަތް ކަމަށް ތުހުމަތުކޮށްފައެވެ. ތާލިބާންގެ އޮފިޝަލުން ބުނާގޮތުގައި، ޕާކިސްތާނުން ވަނީ ޕަޓިކާ ޕްރޮވިންސްގައި ހުންނަ ބާޒާރަކަށް ބޮން އަޅާފައެވެ. މި ހަމަލާގައި އެތައް ފިހާރައަކަށް ބޮޑެތި ގެއްލުންތައް ލިބި، ގިނަ ބަޔެއްގެ ނުރުހުން ވަނީ އަމާޒު ވެފައެވެ. ނަމަވެސް، […]