އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީ މަރުވެއްޖެ

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީ، އުމުރުން 84 އަހަރުގައި މިއަދު މަރުވެއްޖެއެވެ. ޗޭނީއަކީ ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އިރާގާއި އަފްޣާނިސްތާން ސުންނާފަތިކޮށްލި ހަނގުރާމައަށް ރޭވި އެކަކެވެ. އޭނާ މަރުވުމާއެކު، އަފްޣާނިސްތާނާއި އިރާގު އިސްތިއުމާރު ކުރުމުގެ ނިންމުންތައް ފައްކާކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ފަނާވެފައެވެ. މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރި މި ހަތަރު މީހުންގެ ތެރެއިން މަރުގެންނެވުނު ތިން މީހުންނަކީ މިއަދު މަރުވި ޗޭނީއާއި، ހަނގުރާމައާ ބެހޭ ވަޒީރު […]
ޓައުންޝިޕްތަކެއް ތަރައްގީ ކުރެވޭ އިސްލާހު ކޮމިޓީން ފާސްކޮށްފި

ދެމެހެއްޓެނިވި ޓައުންޝިޕްތަކެއް ތަރައްގީ ކުރެވޭގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަޖިލިސް އަށް ހުށަހެޅުއްވި މި ބިލުގައި ވަނީ، ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ގާނޫނަށް ބާބެއް އިތުރު ކުރަން ހުށަހަޅައިފައެވެ. ރާއްޖޭގެ ސިނާއީ، އިގްތިސާދީ، އިޖުތިމާއީ، މާލީ އަދި އުމްރާނީ ތަރައްގީއަށް މަގުފަހިކުރުމާއި، ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް އިތުރުކޮށް، ބޭރު […]
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 56 މިލިއަން ޑޮލަރުގެ ޑްރަގު އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފަސް ބިލިއަން އިންޑިއަން ރުުޕީސް (56 މިލިއަން ޑޮލަރު) އަށް އަގުއަރާ މަސްތުވާތަކެތީގެ ބޮޑު ޝިޕްމެންޓެއް ހޯދައިފިއެވެ. އެ އަތުލައިގެންފައިވަނީ ރާއްޖޭގެ ސަރަހައްދުން އެެ ނަގައިގެން ނަގައިގެން ސްރީ ލަންކާއަށް ދިޔަ މަސްބޯޓަކުންނެވެ. އެ ބޯޓު އަތުލައިގެންފައިވަނީ އެ ގައުމުގެ ހުޅަނގު އައްސޭރިން އިއްޔެ އެވެ. މި ކަން ރިޕޯޓް ކޮށްފައިވަނީ، ސްރީ ލަންކާގެ ނޫހެއް ކަމުގައިވާ ”ނިއުސް ފަސްޓް“ އިންނެވެ. އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުން އެތަކެތި އަތުލައިގަތީ ”ސީދޭވީ“ […]
މީދުއާއި ހުޅުދުއަކީ ވަކި ދެރަށެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

އައްޑުއަތޮޅު ހުޅުދު އާއި މީދު އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ. އެމަނިކުފާނު މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހު ގެންނަވައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު އިޞްލާޙުކުރައްވާފައި ވަނީ، އައްޑުއަތޮޅު ހުޅުދު އާއި މީދު އާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޓަކައި 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، އައްޑުއަތޮޅު […]
