އަނިޔާވި މުވައްޒަފުގެ އާއިލާއަށް ހިތާމަލިބިދާނެ ފަދަކަންކަމުން ދުރުވޭ

ހުޅުމާލޭ ބައުއިންޖީނުގޭގައި މިއަދު ހިނގި ހާދިސާގައި އަނިޔާވި މުވައްޒަފުގެ އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނޭފަދަ ހުރިހާ އަމަލަކުން ދުރުވުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ. އެ ހާދިސާ ހިނގީ އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުންނެވެ. ”މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.“ […]
ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އޭޑީކޭއަށް

ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އަނިޔާވި ސްޓެލްކޯ މުވައްޒަފަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ. މި ހާދިސާއެއްގައި މިއަދު އެމީހާގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާ ވަނީ ލިބިފައި ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. މިހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. އޭޑީކޭއަށް […]
އިސްލާމޯފޯބިއާއަށް ސަރުކާރުތަކުން ހިތްވަރު ދެނީ

އެމެރިކާއާއި ޔޫރަޕާއި އޭޝިއާގެ ބައެއް ހިސާބުތަކުގައި މި ދުވަސްވަރު މުސްލިމުންނާ ދެކޮޅު އިސްލާމޯފޯބިއާގެ ޝުއޫރުތައް ވަނީ އިތުރުވެފައެވެ. ސިޔާސީ ބޭފުޅުން ވަނީ ބިރުވެރިކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް މުސްލިމުން ނުބައި މީސްކުރުން ވަސީލަތެއްގެ ގޮތުގައި ބޭނުން ކޮށްފައެވެ. އެގޮތުން މުސްލިމުންގެ މެދުގައި ގަދަރު ދެވިފައިވާ މީހުންނަށް ކުޑައިމީސް ބަސްތައް ރައްދުކޮށް އިހާނެތިކޮށް ހިތުން އާންމު ކަމަކަށް ހަދާފައި ވެއެވެ. އެއާ ޚިލާފަށް ޓެރަރިސްޓް އަމަލުތައް ހިންގާފައިވާ އެމީހުންގެ މުޖުތަމައުގެ މީސްމީހުން ބަޠަލުންގެ ގޮތުގައި ދައްކައި އެމީހުން މޮޅުކޮށްގެން […]
އިސްމާއީލް ރަފީގަކީ އެންމެ ތަޢުލީމީ ގާބިލް މޭޔަރު: ޑރ. ޖަމީލް

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި (ތަޖްރިބާގެ އަލީގައި) މިފަހަރު ބަލަންވާނީ ކަމަށް ގާބިލް، ތަޢުލީމީ އަދި ހުނަރުވެރި ކެންޑިޑޭޓުންނަށް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. އެގޮތުން އެމަނިކުފާނުގެ ޒާތީ ޚިޔާލުގައި އިސްމާއީލް ރަފީގަކީ މުޅި ރާއްޖޭގައި މިވަގުތު ތިއްބެވި މޭޔަރުންގެ ތެރެއިން މިކަމަށް ކުރިމަތިލައްވާފައިވާ އެންމެ ތަޢުލީމީ އަދި ގާބިލް ބޭފުޅާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ”ޒާތީ ނުވެ އަތޮޅަށާއި ރަށަށް ފައިދާ ހުރިގޮތް ޚިޔާރު ކުރުން ބުއްދިވެރިވާނެ،“ […]
ބޯހިޔާވަހިކަމުގެ ވައުދު ފުއްދޭނެ: ރައީސް

ބޯހިޔާވަހިކަމުގެ ވަޢުދަކީ ފުއްދޭނޭ އަދި ފުއްދަވައިދެއްވާނޭ ވަޢުދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިމަހު ފަންސަވީސްވަނަ ދުވަހުގެރޭ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ. އަމީނިއްޔާ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުންފާޅުކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލަތަކާ ގުޅުވައިގެންނެވެ. ރައްޔިތުންގެ މިކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އެކި މަޝްރޫޢުތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތަކުގެ އަޕްޑޭޓު ރައްޔިތުންނާ ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން […]
ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސް އަޅުއްވައި ދެއްވައިފި

ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ. ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައި ހަދާ، މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ. ވިހިހާސް އަކަފޫޓުގެ ސަރަހައްދެއްގައި، އާރް.ސީ.ސީ އާ ހަވާލުކޮށްގެން ތަރައްޤީކުރާ 12 ފަންގިފިލާގެ މި މަޝްރޫޢަކީ، 244.5 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. ޢިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ […]
މާލޭގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަންނަން ފަށައިފި

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މި މަސައްކަތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިންނެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ފެން ހިންދުމަށްޓަކައި މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން މިވަގުތު މަސައްކަތްކުރަމުންދާ ކަމަށެވެ. ފެންބޮޑުވެ މާލޭގެ ބައެއްގެތަކަށް މިހާރުވަނީ ފެން ވަންނަން ފަށައިފައެވެ. އެހެންވެ ފެންހިންދުމުގެ އިތުރަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ކުރަމުންނެވެ.
ޅ. އަތޮޅުން ފެށިގެން އދ. އަށް ރީނދޫ ސަމާލު ނެރެފި

ޅ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މިއަދު އިރުއޮއްސި 6:30 އާ ހަމައަށް މިސަމާލު ދެމިއޮންނާނޭ ކަމަށެވެ. ރީނދޫ ސަމާލު ނެރުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނޭ ކަމަށް ލަފާ ކުރެވޭތީ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދާވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
ސްވިޗްގިއަރެއް ރަނގަޅު ކުރަނިކޮށް ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާ ވެއްޖެ

ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ސްޓެލްކޯއިން ވިދާޅުވެފައިވަނީ މިހާދިސާގައި އެކުންފުނީގެ މުވައްޒަފަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އެމީހާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ވެސް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެއްވައެވެ. ހުޅުމާލޭ ބައު އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހުޅުމާލެއާއި މާލޭގެ ބައެއް ގޭގެއިން މިއަދުވަނީ ކަރަންޓުވެސް ގޮސްފައެވެ. އެހެނަމަވެސް ބޮނޑިބަތްޕާކު ސަރަހައްދުގެ ގެތައް […]
ރައީސް އިސްކުރައްވާނީ ރައްޔިތުންގެ ހައްގުތައް: އިހްސާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ސިޔާސީ ހިސާބު ޖެއްސެވުމުގެ ބަދަލުގައި އަބަދުވެސް އިސްކުރައްވާނީ ދިވެހި ރައްޔިތުންގެ ޙައްގުތައް ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ. އިހްސާން ވިދާޅުވީ ރައީސް މުޢިއްޒަކީ ރައްޔިތުންގެ ޙައްގުގައި ނިންމަވަންޖެހޭ ކޮންމެ ނިންމެވުމެއްވެސް ސިޔާސީ ހިސާބަށް ބެއްލެވުމެއްނެތި ނިންމަވާ އިޚްލާސްތެރި ބޭފުޅެއް ކަމަށެވެ. ސަރުކާރަށް ދެ އަހަރުފުރުމުގެ މުނާސަބަތާ ގުޅިގެން ޕީއެސްއެމްގެ ”ހަފުތާ 104“ އަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ރައީސް ނިންމަވާ ކޮންމެ ނިންމެވުމަކީ ދިވެހިންގެ ހައްގުގައި ނިންމަވާ […]
