އަބްދުﷲ ވަހީދަށް ސަތާޅީސް ވޯޓުލިބި ޗެއަރޕާސަނަކަށް ނުހޮވުނު

އެމްޑީޕީއަށް ވަގުތީ ޗެއަރޕާސަނަކު ހޮވުމަށް މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބރު އަބްދުﷲ ވަހީދަށް 47 ވޯޓު ލިބި މަގާމަށް ނުހޮވުނެވެ. އޭނާއަށް އެއަދަދަށް ވޯޓު ލިބުނީ ޖަލްސާގައި ބައިވެރިވި 96 މެންބަރުންގެ ތެރެއިންނެވެ. އޭނާ މަގާމަށް ނުހޮވުނީ މަގާމަށް ހޮވޭވަރަށް ވަހީދަށް ވޯޓު ނުލިބޭ ކަމަށް ރިޔާސަތުގައި އިންނެވި އިބްރާހީމް ވަހީދު ނިންމެވުމުންނެވެ. މިޖަލްސާގައި ވަނީ އެމްޑީޕީ ވަގުތީ ޗެއަރޕާސަންގެ މަގާމައަށް ބޭފުޅަކު ހޮވުމަށް ތިން ބޭފުޅެއްގެ ނަން […]
ރަމަޟާންމަހުގެ ކުރީން ފަނަރަ މިސްކިތް ހުޅުވޭނެ: ރައީސް

ސަރުކާރުން މަސައްކަތްކުރައްވަނީ އަންނަ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. ދިއްދޫ އިސްލާމީ މަރުކަޒު، މިސްކިތަކާއި އިސްލާމީ ކުތުބުޚާނާއަކާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕަކާއެކު ނިންމައި މިއަދު ހުޅުވިގެން ދިޔުމުން އެކަން ފާހަގަ ކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވެފައިވަނީ ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ގެންދާ މިސްކިތް ބިނާކުރަމުގެ މަޝްރޫޢުތަކުގެ […]
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް ޔާމީން ފާޑުވިދާޅުވެއްޖެ

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށާއި، އެއީ ހަގީގަތެއް ނެތް ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ހަރަދު ކުޑަކުރާ ވާހަކައަކީ ހަމައެކަނި ރައްޔިތުންގެ ”ލޮލުގައި އަނދުން އަޅުވަން“ ދައްކާ ވާހަކައެއް ކަމަށެވެ. މި ސަރުކާރުން އެފަދަ […]
ބަސް އޮޔާ ދިޔައިރު ފަސިންޖަރުން ފުރާޅުމަތީގައި: އަދިވެސް ސަލާމަތެއް ނުވޭ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ދަތުރުކުރަމުންދިޔަ ބަހެއް ތާށިވެ އޭގައި ތިބި ގިނަ ބަޔަކު ހާލުގައި ޖެހިއްޖެއެވެ. އަނޫރާދަޕޫރާ އާއި ޕުޓަލަމް އާ ދެމެދު އޮންނަ ކަލަވޭވާ ބްރިޖު މަތިން ދަތުރުކުރަނިކޮށް ތާށިވި މި ބަހުގައި 70 ވަރަކަށް މީހުން ތިއްބެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ސަރަހައްދުގައި ފެންބޮޑުވެފައިވާ މިންވަރު ހުރީ މީހުންގެ ކޮނޑާ ހަމައަށެވެ. މި ހާދިސާ ހިނގުމާއެކު އެ ސަރަހައްދުގައި ތިބި މީހުން ސަލާމަތް ކުރުމަށް ނޭވީގެ ބޯޓެއް ހަރަކާތްތެރިވި ނަމަވެސް، […]
ދެ ޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލޭ ފޭސް ތިނެއް ހިއްކަނީ

ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ދެ ޑްރެޖަރއިން މަސައްކަތް ކުރަން ފަށައިފިއެވެ. ހުޅުމާލެ ފޭސް 3 ހިއްކުން އެއްފަހަރާ 2 ޑްރެޖަރ އިން ކުރަމުންދަނީ،“ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ހުޅުމާލެ ފޭސް ތިނެއް ހިއްކުން އަވަސް ކުރުމަށް ދެ ޑްރެޖަރުން މަސައްކަތް ފެށޫ އެތަން ހިއްކުން ލަސްވުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ހުޅުމާލެ ފޭސް ތިނެއްގެ ޔޫނިއަނުން ބުނެފައިވަނިކޮށްނެވެ. އެ ޔޫނިއަނުން ބުނެފައިވަނީ މިސަރުކާރު […]
ލަންކާގައި ދިވެހި އާއިލާއެއް ގެއްލިގެން ހޯދަނީ

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ތޫފާނުގެ ހާދިސާގައި ދިވެހިއާއިލާއެއް ގެއްލިގެން ރިޕޯޓު ކޮށްފިއެވެ. މިއީ އެގައުމުގެ ނުވަރައެލިޔާ ސަރަހައްދަށް ޗުއްޓީއަކަށް ދިޔަ އާއިލާއެއް ކަމަށް އެނގިފައިވެއެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނި ގޮތުގައި، ގެއްލިގެން ރިޕޯޓުކޮށްފައިވާ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަ ކުއްޖެއްގެ އިތުރުން ސްރީ ލަންކާގެ އަންހެނެކެވެ. ސްރީ ލަންކާ ކައިރިން އުފެދިފައިވާ ”ދިޓްވާ“ ނަމަކަށް ކިޔާ ތޫފާނާ ގުޅިގެން އެގައުމުގެ ބޮޑު ބަޔަކަށް ވަނީ އޭގެ ނޭދެވޭ އަސަރު ކޮށްފަ އެވެ. މިގޮތުން، […]
ނަޝީދަށް އިންޒާރުދިނުން: އިސްމާއިލް ޔާފިސްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލާގައި، ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. ޔާފިސްގެ މައްޗަށް މި ހުކުމް އިއްވީ، ދައުލަތުން އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމާ ގުޅުން ހުރި ތިން ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ. ދައުލަތުން ޔާފިސްގެ މައްޗަށް ކުރި ދައުވާތަކަކީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް […]
ޓައިވާނާ އިންޑިއާއިން ގުޅިގެން ތިމާވެށްޓަށް މަސައްކަތް ކުރަނީ

ފަގީރުކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އިންޑިއާ އާއި ޓައިވާނުން އެއްބާރުލުން އިތުރު ކުރަމުންދާ ކަމަށް ޓައިޕޭ ޓައިމްސްގެ އެޑިޓޯރިއަލްއެއް ގައި ބުނެފައިވެ އެވެ. ޓައިވާނަކީ ޗައިނާގެ ބާޣީ ޕްރޮވިންސެކެވެ. އަދި ޗައިނާއިން ބާރު އަޅަނީ ގައުމުތަކުން ޗައިނާގެ ރައްޔިތުން ތަމްސީލު ކުރާ ފަރާތަކީ ޗައިނާ ކަމަށް ބަލައި ގަތުމަށެވެ. މި އެޑިޓޯރިއަލްގައި ވަނީ މޫސުމީ ކާރިސާގެ ސަބަބުން ފާއިތުވި 20 އަހަރު ތެރޭގައި 400 މިލިއަނަށް ވުރެ ގިނަ މީހުން ފަގީރުކަމުން ސަލާމަތްކުރުމުގައި […]
ޕޫޓިންގެ ކުރިއަށް އޮތް އިންޑިއާ ދަތުރުފުޅަށް ދުނިޔޭގެ ސަމާލުކަން

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޑިސެމްބަރު މަހުގެ ކުރީކޮޅު ނިއުދިއްލީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 23 ވަނަ އިންޑޯ-ރަޝިޔާ އަހަރީ ސަމިޓަށެވެ. މިއީ ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އިގްތިސާދީ އަދި ޑިޕްލޮމެޓިކް މުހިއްމު ބައިވެރިއެއްގެ ގޮތުގައި އިންޑިއާއަށް ރަޝިޔައިން ބަރޯސާވާކަން ފާހަގަކޮށްލެވެއެވެ. އިންޑިއާ ވެފައިވަނީ ރަޝިޔާއިން އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ގަންނަ ގައުމަށެވެ. އަދި، 2022 ވަނަ އަހަރުން ފެށިގެން އިންޑިއާއިން […]
ޝާހް ވަލިޔުﷲ މުޙައްދިސް ދެހްލަވީ

މިފަހު ޒަމާނުގެ އެންމެ އިޚުލާޞްތެރި، މޮޅު ދަންނަބޭކަލެއް ކަމަށް ފާހަގަ ކުރެވޭ މޮރިޓޭނިޔާގެ ޝެއިޚު ޑރ. އަޙުމަދު ޙަސަން އައްދަދޫ އަކީ ޙަދީސް ޢިމްލާއި ތަފްސީރު އިލްމުގެ ރޮނގުން އެންމެ އަރައި ހުންނެވި ޝަޚުޞިއްޔަތެވެ. އޭނާ ހަދީސް ވިދާޅުވާއިރު ރާވީންގެ ސިލްސިލާގައި ޝާހު ވަލިއްޔުﷲ ރާވީއެއްގެ ގޮތުގައި ފާހަގަ ކުރައްވައެވެ. ޝާހު ވަލިއްޔުﷲއަކީ އިންޑިއާގައި އިސްލާމްދީން އަލުން ދިރުއްވި އިލްމުވެރިއެކެވެ. ދިއްލީގެ ބޭފުޅެކެވެ. އޭނާ މަޝްހޫރުވެ ވަޑައިގެންފައި ވަނީ ދިއްލީގެ ޙަދީސް އިލްމުވެރިޔާ، މުޙައްދިސް ދެހްލެވީ ގެ […]
