ހަސަން ނަޒީފުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި

އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ދިހަމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މީގެ އިތުރުން ހާކޯޓު އަމުރެއްގެ ދަށުން ދިހަތަނެއް ވަނީ ބަލައި ފާސްކޮށްފައި ކަމަށް ވެސް ވިދާޅުވެފައެވެ. މިމީހުންގެ ތެރެއިން 6 މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ވަނީ ބަންދުގެ […]

މަރުވެފައި އޮއްވައި ފެނުނު ނޭޕާލް މީހާގެ ބަނޑުން އަށުހަތްތެރި ބުލެޓް

ހުޅުމާލޭ ގެސްޓު ހައުސްއެއްގައި މަރުވެފައި އޮއްވައި ފެނުނު ނޭޕާލް މީހާގެ ބަނޑުން 78 ބުލެޓް ނަގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެތަކެތި ނަގައިފައިވަނީ އޮޕަރޭޝަން ކޮށްގެންނެވެ. ފުލުހުން ވިދާޅުވެފައިވަނީ އުމުރުން 40 އަހަރުގެ މި ފިރިހެން މީހާ އިތުރު ދެމީހަކާއެކު ރާއްޖެއަށް އައިސްފައިވަނީ ނޮވެމްބަރު 26 ވަނަ ދުވަހު ކަމަށް އެނގިފައިވާ ކަމަށެވެ. އެމީހުން ރާއްޖެ އައިސް މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަކަށް ޗެކިންގ ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނު ކަމަށް ފުލުހުން […]

ޣައްޒާގައި ޔަހޫދީން ޖެނޮސައިޑް ހިންގި ކަމަށް ވިދާޅުވޭ

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކަކީ އަސާސީ ގޮތުން ގޯހެއް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއެވެ. އިނގިރޭސި މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ ޣައްޒާގައި ހިންގި އޮޕަރޭޝަނަކީ ހަމާސް ނައްތާލުމަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށާއި ނަމަވެސް އެ ހަމަލާތަކުގައި ޣައްޒާ ވަނީ ހަލާކުކޮށް ސުންނާފަތި ކޮށްލާފައެވެ. އޭނާ ވިދާޅުވީ ޣައްޒާގައި އިސްރާއީލުން ހިންގާ މި އޮޕަރޭޝަންތަކުން އިސްރާއީލުގެ ސިފައިންނާ ދެކޮޅަށް ހެކިތައް ހުރި ކަމަށާއި އިސްރާއީލު ސިފައިން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ […]

ނަވާވީސް އުޅަނދެއް ޗެކުކޮށް ހަތަރު އުޅަނދު ޓޯކޮށްފި

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފާއިތުވު 48 ގަޑިއިރުތެރޭގައި ވަނީ ނަވާވީސް އުޅަނދެއް ޗެކްކޮށްފައި ކަމަށް ފުލުހުން ވިދޅުވިއެވެ. އަދި ހަތަރު އުޅަނދެއް ވަނީ ޓޯކޮށްފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ހިންގި މި އޮޕަރޭޝަނުގައި ވަނީ ”ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 585 ފަހަރު ބަލައިފާސްކޮށް، 113 އިންޓަރެކްޝަން ހަދާފައިވެއެވެ.“ އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވާ ކަމަށާއި، ޖުމްލަ 12 ގަޑިއިރަށްވުރެ […]

އާދަމް އާޒިމް ދެއްވާ ބޮނޑިބަތް ޖާފަތެއް މިރޭ

މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް އެމްޑީޕީގެ މެންބަރުންނަށް ދެއްވާ ބޮނޑިބަތް ޖާފަތެއް މިރޭ އޮންނާނެއެވެ. ޖާފަތް އޮންނާނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ. އާދަމް އަޒިމަކީ ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އެއް ކެންޑިޑޭޓެވެ. އޭނާއާ ވާދަކުރައްވާ އަނެއް ކެންޑިޑޭޓަކީ ރައްޔިތުންގެ މަޖިލީގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.

ދިއްލީގެ ހައިދަރްއާބާދު ހައުސް

އިންޑިއާގައި ވެރިކަން ކުރި މުޣައްލައާއި ނިޒާމް ޚާންދާން މަތިން ހަނދާން ކުރަންޖެހޭނީ ހަމައެކަނި ވެރިންގެ ގޮތުގައެއް ނޫނެވެ. އިންޑިއާގެ ތަރައްގީގައި އެމީހުންގެ ހިއްސާ ބަލައި ގަންނަން ޖެހޭނީ އިމާރާތް ކުރި އާކިޓެކްޗަރުންނާއި، ސަގާފަތާއި ޑިޕްލޮމެސީއަށް ކުރާ އިންވެސްޓްމަންޓްތަކުން އިންޑިއާގެ ޒަމާނީ ސިޔާސީ އައިޑެންޓިޓީ ބައްޓަން ކުރަމުންދާ ބާނީންގެ ގޮތުގައެވެ. މިއަދު އިންޑިއާ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ރަޝިޔާގެ ޕޫޓީންއާ ބައްދަލު ކުރެއްވި ހައިދަރުއާބާދު ހައުސް އަކީ ގަނޑުވަރަކަށްވުރެ މާ މުހިންމު އިމާރާތެކެވެ. އެއީ އިންޑިއާގެ ޕްރިންސްލީ […]

ކްލާސްރޫމް ގައި ބޭނުންކުރާ އޭއައި އެޕްތަކުން ކުދިން ޕޯން ސައިޓްތަކަށް ވައްދާ

ޔޫކޭގެ ސްކޫލްތަކުގެ ކްލާސްރޫމްގައި ބޭނުން ކުރާ އޭއައި އެޕްލިކޭޝަންތަކަކީ ކުދިންނަށް ސީރިއަސް ނުރައްކާތަކެއް ކުރިމަތިކުރުވާ އެއްޗެއްކަން ތދިރަސާއެއްގައި ހާމަވެއްޖެއެވެ. 5ރައިޓްސް ފައުންޑޭޝަން އިން ހެދި ތަހުގީގެއްގައި ދައްކާ ގޮތުގައި، މި އެޕްތައް ބޭޢނުން ކުރާ ކުދިން އެޕް ބޭނުންކުރާތާ ދުވަސް ކޮޅަކަށް ފަހު ޕޯން ސައިޓްތަކަށް ވަނުމަށް މަގުފަހި ކޮށްދެއެވެ. ދިރާސާއަށް ފާހަގަވީ އެންމެ ބޮޑު ކަންބޮޑުވުމަކީ، އޭއައި އެޕްތަކުން ކުދިންނަށް ގެއްލުންދެނިވި ކޮންޓެންޓްތަކަށް ހުށަހަޅާ ކަމެވެ. 5ރައިޓްސް ފައުންޑޭޝަނުން ބުނާ ގޮތުގައި މި އެޕްތަކަކީ ހަމައެކަނި […]

މަސްތުވާތަކެތީގެ ބޮޑުންތަކެއް އައްޑޫން ހައްޔަރު ކޮށްފި

މަސްތުވާތަކެތީގެ ބޮޑުންތަކެއް އައްޑޫސިޓީން ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން މިހާރު ކުރިއަށް ގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައެވެ. މި މީހުންނަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތައް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ހައްޔަރުކޮށްފައިވަނީ: ސ.ހިތަދޫ / […]