ދުރު ރާސްތާގެ ހަމަލާދިނުމުގެ ގާބިލުކަން އިތުރުކޮށްފި

އިންޑިއާއިން އަމިއްލައަށް އުފައްދާފައިވާ ޕިނާކާ ލޯންގް ރޭންޖް ގައިޑެޑް ރޮކެޓް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މިއީ އެ ގައުމުގެ އަސްކަރިއްޔާގެ ދުރު ރާސްތާގެ ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި އާ ސިސްޓަމުގެ ސަބަބުން އެމެރިކާގެ ހައިމާސް ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ސިސްޓަމްތަކާ އިންޑިއާގެ ގާބިލުކަން ގާތްކުރާނެ ކަމަށް ބެލެވެއެވެ. ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން އިން ފަރުމާކޮށްފައިވާ މި ރޮކެޓް، މިދިޔަ އަހަރުގެ ފަހުކޮޅު ކުރި ޓެސްޓުތަކުގައި […]
އިންސާނީ ހައްގުތަކާ ޚިލާފުވަމުންދާ ކަމަށް ބުނެފި

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީ.ސީ.ޕީ) އިން ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ނިޒާމީ ގޮތެއްގައި ހިލާފުވެ، އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް އެމެރިކާގެ ކޮންގްރެޝަނަލް-އެގްޒެކެޓިވް ކޮމިޝަން އޮން ޗައިނާ (ސީ.އީ.ސީ.ސީ) އިން ނެރުނު އާ ރިޕޯޓެއްގައި ތުހުމަތުކޮށްފިއެވެ. 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބެއިޖިންގްއިން ގާނޫނީ އަދި ޑިޕްލޮމެޓިކް އިލްތިޒާމްތަކާ ތަކުރާރުކޮށް ހިލާފުވަނީ ވެރިކަން ހިންގުމުގެ އުސޫލެއްގެ ގޮތުގައެވެ. ޗައިނާގެ އިންސާނީ ހައްގުތަކާއި ގާނޫނީ ހާލަތު ބެލުމަށް 2000 ވަނަ އަހަރު އުފެއްދި މި ކޮމިޝަނުން […]
މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ޖަގަހަ

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ. އާޓިފިޝަލް ބީޗް ކުރިމަތީ ހުންނަ ޕީއެންސީގެ އޮފީހުގައި ހުޅުވި މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސާ އަލީ […]
ފަސްގައުމެއްގެ އިއްތުިހާދެއް

ތުރުކީވިލާތާއި، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުގެ މެދުގައި ދިފާއީ ގޮތުން އާ ގުޅުންތަކެއް ބަދަހިވަމުން އަންނަކަން ހާމަވެއްޖެއެވެ. މި ގައުމުތަކާ އެކު މިސްރައި ސޯމާލިއާ ވެސް ގުޅޭނެ ކަމަށް ޚަބަރުތައް ބުނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި މުސްލިމް ދުނިޔޭގެ ޖިއޯޕޮލިޓިކްސްއަށް އަންނަ އެންމެ ބޮޑު އެއް ބަދަލު ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ. ނުރަސްމީ ސިފައެއްގައި ޕާކިސްތާނާއި ސައޫދީއާ ދެމެދު ފެށިގެން އައި މި ގުޅުމަކީ މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އަދި މެދުތެރޭ އޭޝިއާގެ އިސްލާމީ ގައުމުތަކުގެ މެދުގައި […]
މުހިންމު ބައިވެރިއަކު ގެއްލިދާނެ

އެމެރިކާއިން އިންޑިއާއާއެކު އޮންނަ ގުޅުން އަވަސް ފުރުސަތެއްގައި ހަމަޔަކަށް އަޅުވަން ޖެހޭ ކަމަށާއި، އެހެންނޫންނަމަ ދުނިޔޭގެ ޖިއޯޕޮލިޓިކަލް މައިދާނުގައި ނުފޫޒުގަދަ ”ގްލޯބަލް ސްވިންގް ސްޓޭޓް“ އެއްގެ ގޮތުގައި ބެލެވޭ އިންޑިއާގެ އެއްބާރުލުން ގެއްލިދާނެ ކަމަށް އެމެރިކާގެ ތަޖުރިބާކާރުން އިންޒާރު ދީފިއެވެ. ރިޗަޑް ފޮންޓެއިން އަދި ލީސާ ކާޓިސް ތައްޔާރުކުރި މި އެނަލިސިސްގައި ބަޔާންކޮށްފައިވަނީ މި ދަނޑިވަޅަކީ ބައިނަލްއަގުވާމީ މަސްރަހުގައި ނުހަނު ނާޒުކު ވަގުތެއް ކަމަށެވެ. ފޮރިން އެފެއާޒް މަޖައްލާގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 […]
ނޭޕާލުގައި ތިބި ޓިބެޓް ރެފިއުޖީން

ނޭޕާލުގައި ބޭނުންކުރަމުންދާ ޗައިނާގެ ފާރަވެރިވުމުގެ ޓެކްނޮލޮޖީގެ ސަބަބުން، އެ ގައުމުގައި ދިރިއުޅޭ ޓިބެޓުގެ ރެފިއުޖީންނަށ ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފިއެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމާއަތްތަކުން ވަނީ ގޮވާލާފައެވެ. ދިރާސާ ކުރާފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޓިބެޓްގައި މީހުން ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ފަދަ ވަސީލަތްތައް ނޭޕާލަށް އެތެރެކުރުމުގެ ސަބަބުން، އެ ސަރަހައްދުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުންގެ މިނިވަންކަން ހަނިކުރުން އާންމުވުމުގެ ބިރު އެބައޮތެވެ. އެހެންކަމުން، […]
