ޓެރަރިޒަމްގެ އަމަލުތަކުގައި 3،117 މީހުން މަރުވި

ފާއިތުވި ދުވަސްތަކުގައި އީރާނުގައި ހިނގާދިޔަ ޓެރަރިޒަމްގެ އެކި ހާދިސާތަކުގައި 3،117 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުގައި ހުންނަ އީރާނުގެ އެމްބަސީން ހާމަކޮށްފިއެވެ. މި ހާދިސާތަކަކީ އަރަބިގައުމަކާ އެމެރިކާ އިޒްރޭލުގެ ބޭރުގެ ނުފޫޒާއި އެހީތެރިކަމާއެކު ހިންގާފައިވާ އަމަލުތަކެއް ކަމަށް އެމްބަސީން ތުހުމަތު ކުރެއެވެ. އީރާނު އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މެންބަރުންނާއި އާންމު ރައްޔިތުން ހިމެނޭ ކަމަށެވެ. މީގެ ތެރެއިން 2،427 މީހުންނަކީ ޝަހީދުންގެ ގޮތުގައި އެގައުމުން ވަނީ ކަނޑައަޅާފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން […]
އެމެރިކާއާއި ޔޫރަޕް ހަނގުރާމައަކަށް

އެމެރިކާއާއެކު ގާއިމުކޮށްފައިވާ ވިޔަފާރީގެ މުހިންމު އެއްބަސްވުމެއް މެދުކަނޑާލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ރައީސް ގްރީންލޭންޑް ހޯއްދެވުމަށް ތަކުރާރުކޮށް ބިރު ދައްކައި، ޔޫރަޕްގެ އުފެއްދުންތަކުން ނަގާ ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެންނެވެ. މިދިޔަ އަހަރު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ޔޫރަޕްގެ ގިނަ އުފެއްދުންތަކުން އެމެރިކާގައި ނަގާ ޓެރިފް 30 އިންސައްތައިން 15 އިންސައްތައަށް ދަށްކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ބަދަލެއްގެ ގޮތުން ޔޫރަޕުން އެއްބަސްވީ އެމެރިކާގެ […]
ސައިންސްވެރިންގެ އާ ހޯދުންތައް

ދިގު އަދި ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަކީ ކޮންމެ އިންސާނަކުވެސް ކުރާނެ އުންމީދެކެވެ. ދާދި ފަހުން އެމެރިކާގެ ހާވާޑް ޔުނިވަރސިޓީން ކުރި ދިގު މުއްދަތުގެ ދިރާސާއަކުން ވަނީ ދިގު އުމުރެއްގެ ސިއްރަކީ ދުވަހުން ދުވަހަށް ކުރާ އެކި ބާވަތުގެ ކަސްރަތުތައް ކަން ހާމަކޮށްފައެވެ. މި ދިރާސާއަކީ ގާތްގަނޑަކަށް އެއްލައްކަ އެގާރަ ހާހަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން 30 އަހަރުގެ ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ވަރަށް ފުޅާ ދިރާސާއެކެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ އަމިއްލަ މައުލޫމާތާއި، ސިއްހީ […]
އައިސް އުވާލާަން ގޮވާލަނީ

އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ އޭޖެންޓަކު މި މަހުގެ ކުރީކޮޅު މިނެސޯޓާގައި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ރެނީ ނިކޯލް ގުޑް ގަޔަށް ބަޑިޖަހައި މަރާލުމާ ގުޅިގެން، އެ އެޖެންސީ އުވާލުމަށް އާންމުން ގޮވަން ފަށައިފއެވެ. އިމިގްރޭޝަން އާބެހޭ ވަކީލުން ބުނާ ގޮތުގައި މި ހާދިސާއާއި، މިކަމާ ގުޅިގެން ޓްރަމްޕް ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުޅާކޮށްފައިވާ ޑިޕޯޓޭޝަން އެޖެންޑާއާ މެދު މުޅި ގައުމުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. […]
ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރަކީ ފަތުރުވެރިކަމެވެ. މި ދާއިރާއިން ލިބޭ ކުރިއެރުމަކީ ގައުމުގެ މާލީ ހާލަތަށް އަންނަ ހެޔޮ ބަދަލެކެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު އުއްމީދެކެވެ. ޖެނުއަރީ މަހުގެ ފުރަތަމަ 19 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8.0 ދުވަހު މަޑުކޮށްފައިވެއެވެ. […]
40 ބިލިއަން ފައުންޑްގެ ތައުލީމީ މަރުކަޒު

އިނގިރޭސިވިލާތުގެ ތައުލީމީ އެކްސްޕޯޓް 2030 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 40 ބިލިއަން ފައުންޑަށް އިތުރުކުރުމަށް އެކުލަވާލި އައު އިންޓަނޭޝަނަލް އެޑިއުކޭޝަން ސްޓްރެޓެޖީގެ އެންމެ މުހިންމު އެއް ގައުމަކަށް އިންޑިއާ ހަމަޖައްސައިފިއެވެ. އިކޮނޮމިކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އިނގިރޭސިވިލާތުގެ ބައިނަލްއަގުވާމީ ތައުލީމީ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ. މި އައު ވިސްނުމުގެ ދަށުން އިންޑިއާގެ އިތުރުން އިންޑޮނޭޝިއާ، ނައިޖީރިއާ، ސައުދީ އަރަބިއްޔާ އަދި ވިއެޓްނާމަކީ މައިގަނޑު ފޯކަސް މާކެޓްތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ސިޔާސަތުގެ […]
ގައުމީ ސަރުކާރެއް ގާއިމުކުރުން

ގިނަ ދުވަސްތަކަކަށްފަހު ބަންގްލަދޭޝްގައި ބާއްވާ އާންމު އިންތިޚާބާ ގާތްވަމުން އަންނައިރު، އިންތިޚާބަށްފަހު އުފެދޭނެ ސަރުކާރެއްގެ ބާވަތާ ބެހޭގޮތުން އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. މިގޮތުން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ ’ގައުމީ ސަރުކާރެއް‘ އުފެއްދުމުގެ ވާހަކައެވެ. މި މައުޟޫއުގައި ޖަމާއަތޭ އިސްލާމީން ގައުމީ ސަރުކާރެއް އުފެއްދުމަށް ތާއީދުކުރަމުންދާއިރު، ބީއެންޕީން ވިސްނުން ގެންގުޅެނީ އެ ޕާޓީއާ ގުޅިފައިވާ އިއްތިހާދުތަކާއެކު ސަރުކާރެއް އެކުލަވާލުމަށެވެ. ނަމަވެސް، ބަންގްލަދޭޝްގެ މިހާރުގެ ސިޔާސީ މާހައުލުގައި […]
ބަދަލުހިފުމަށް ބޮން އަޅައިފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ސަލާމަތީ ގޮތުން ވަރުގަދަ ސަރަހައްދެއްގައި ހުންނަ ޗައިނާ މީހުން ހިންގާ ރެސްޓޯރެންޓަކަށް ހޯމަ ދުވަހު ދިން ބޮމުގެ ހަމަލާއެއްގައި ޗައިނާގެ ރައްޔިތަކާއި އަފްޣާނިސްތާނުގެ ހަ މީހުން މަރުވެއްޖެއެވެ. މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިސިސް) ގެ އަފްޣާން ގޮފިން މިހާރު ވަނީ އުފުލާފައެވެ. ކާބުލްގެ ފުލުހުންގެ ތަރުޖަމާނު ޚާލިދު ޒަދްރާން ވިދާޅުވި ގޮތުގައި، މި ގޮވުން ގޮވާފައިވަނީ އޮފީސްތަކާއި ވިޔަފާރި މަރުކަޒުތަކާއި އެމްބަސީތައް ހުންނަ ޝަހްރޭ ނައު އަވަށުގައެވެ. މިއީ އެ […]
ވޯޓުލެވޭ އުމުރު 25 އަހަރަށް މަތިކުރުން

ޕާކިސްތާނުގައި ވޯޓުލެވޭ އުމުރު މިހާރު އޮތް 18 އަހަރުން 25 އަހަރަށް ބަދަލުކުރުމާ ގުޅޭގޮތުން ބާރުގަދަ ފަރާތްތަކުގެ މެދުގައި މަޝްވަރާތަކެއް ކުރެވެމުންދާކަމުގެ ޚަބަރުތަކެއް ފެންމަތިވެއްޖެއެވެ. މިކަމަކީ އަދި ރަސްމީކޮށް ނިންމާފައިވާ ނިންމުމެއް ނޫން ނަމަވެސް، މިއީ އާންމުންގެ ޚިޔާލު ހުރިގޮތް ބެލުމަށްޓަކައި ދޫކޮށްލާފައިވާ ”ފީލާ“ އެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. މި އިސްލާހު ގެނައުމަށް ދައްކާ އެއް ހުއްޖަތަކީ، ޕާލަމެންޓަށް އިންތިޚާބުވުމުގެ އުމުރަކީ 25 އަހަރު ކަމަށްވާއިރު، ވޯޓުލާ މީހުންގެ އުމުރުވެސް އެ މިންގަނޑަށް […]
