ހާސް ކަނޑާލާ: ބަނޑުގެ ސަރުބީއަކީ ފައިދާހުރި އެއްޗެއް

އާންމު ގޮތެއްގައި ބަނޑާއި އެތެރެހަށީގެ ގުނަވަންތަކުގެ ވަށައިގެން ޖަހާ ސަރުބީ ހަކުރު ބައްޔާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރުވާ އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، އާ ދިރާސާއަކުން މިކަމާ މެދު އާ ތަސައްވުރެއް ވަނީ ލިބިފައެވެ. ސްވިޑަންގެ ކެރޮލިންސްކާ އިންސްޓިޓިއުޓްގެ ދިރާސާވެރިން ހާމަކުރި ގޮތުގައި ބަނޑުގެ ސަރުބީއަކީ ހަމައެކަނި އެއް ބާވަތެއްގެ މަސްގަނޑެއް ނޫނެވެ. މި ދިރާސާގެ އިސް މުސައްނިފު ޖިއާވީ ޗޮންގް ވިދާޅުވި ގޮތުގައި، ސަރުބީއަކީ ހަމައެކަނި ހަކަތަ ރައްކާކުރާ އެއްޗެއް […]

އެމްޕީންގެ މާލީ ބަޔާން ސިއްރު

ޕާކިސްތާނުގެ ގައުމީ މަޖިލީހުން ވަނީ މެމްބަރުންގެ މުދަލާއި މިލްކިއްޔާތުގައި ހިމެނޭ ތަކެތީގެ މައުލޫމާތު އާންމުންނަށް ސިއްރު ކުރުމަށް ފާސްކޮށް އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ގެނަސް ފައެވެ. މި އިސްލާހުގެ ދަށުން، މެންބަރެއްގެ ނުވަތަ އެ މެންބަރެއްގެ އާއިލާގެ ފުރާނައަށް ނުވަތަ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި، އެ މެންބަރެއްގެ މުދަލާއި ފައިސާގެ ބަޔާން އާންމުކުރުން ހިފެހެއްޓުމުގެ ބާރު ލިބިދެއެވެ. އިންތިޚާބާ ބެހޭ ގާނޫނުގެ 138 ވަނަ މާއްދާއަށް ހުށަހަޅާފައިވާ މި އިސްލާހުގައިވާ ގޮތުން، […]

ޗައިނާގެ ބިޔަ އެމްބަސީ ޔޫކޭގައި

ރޯޔަލް މިންޓް ކޯޓުގައި ޗައިނާގެ ’މެގާ އެމްބަސީ‘ އެޅުމަށް ޔޫކޭއިން ހުއްދަ ދިނުމާއެކު، ގެދޮރު ގެއްލިދާނެ ކަމުގެ ބިރު ރައްޔިތުންނަށް ކުރިމަތިވެއްޖެ ކަމަށް ބުނެ ނުރުހުން ފާޅުކުރަން ފަށައިފިއެވެ. ލަންޑަނުގެ ތާރީޚީ ރޯޔަލް މިންޓް ކޯޓު ސަރަހައްދުގައި ޗައިނާގެ ބޮޑު އެމްބަސީއެއް ބިނާކުރުމަށް އިނގިރޭސި ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ކަންބޮޑުވުމަކާއި ބިރުވެރިކަމެއް އުފެދިއްޖެއެވެ. މި ނިންމުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ 200 އެއްހާ މީހުންގެ ގެދޮރު ގެއްލިދާނެ […]

ޗައިނާ އަންހެނުން ކުދިން ނުވިހަނީ ކީއްވެ؟

ޗައިނާގައި ކުދިން ވިހާ މިންވަރު ރެކޯޑް މިންވަރަކަށް ދަށަށް ގޮސް، ޖެހިޖެހިގެން ހަތަރުވަނަ އަހަރަށް އެ ގައުމުގެ އާބާދީ މަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެން.ބީ.އެސް) އިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، 2025 ވަނަ އަހަރު އެ ގައުމުގެ އާބާދީން 3.39 މިލިއަން މީހުން ވަނީ މަދުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 އާއި 2025 އާ ދެމެދު ކުދިން ވިހާފައިވާ މިންވަރު ވަނީ 17 އިންސައްތަ ދަށަށް ގޮސްފައެވެ. […]

ބަނގްލަދޭޗްގެ އާންމު އިންތިޚާބާ ހަތިޔާރު

2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ފޭރިގަތް ހަތިޔާރުގެ ތެރެއިން ގާތްގަނޑަކަށް 15 އިންސައްތަ ހަތިޔާރާއި، 30 އިންސައްތަ ވަޒަން އަދިވެސް ނުފެނި އޮތުމުން، ކުރިއަށް އޮތް އާންމު އިންތިޚާބުގައި ބަޑީގެ ހަމަލާތައް އިތުރުވެދާނެ ކަމުގެ ބިރު ސަލާމަތީ މާހިރުން ފާޅުކޮށްފިއެވެ. ޝައިޚް ހަސީނާގެ ސަރުކާރު ވެއްޓުމަށް މެދުވެރިވި ޖުލައި-އޮގަސްޓް 2024 ގެ ހަމަނުޖެހުންތަކުގެ ތެރޭގައި، ފުލުހުންގެ މަރުކަޒުތަކާއި އުޅަނދުތަކުން 5,753 ހަތިޔާރާއި 651,609 ވަޒަން ފޭރިގެންފައިވެއެވެ. މި ތަކެތި ހޯދުމަށް އަހަރެއްހާ ދުވަހު […]