ފަތިސް ނަމާދުން ދުވަސް ފެށުމަށް ޢަޒުމް ކަނޑައަޅާ: ރައީސް
ފަތިސް ނަމާދަށް ގަޑިއަށް ހޭލައި، ނަމާދުން ދުވަސް ފެށުމަށް ޢަޒުމް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލޭ ފޭސް 2 ގައި މިއަދު ހުޅުވި ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ކިޔަވާ ކުދިން، ދުވަސް ފަށަނީ ގަޑިއަށް ފަތިސް ނަމާދުކޮށްގެންތޯ ކަށަވަރު ކުރުމަކީ މައިންބަފައިގެން ޒިއްމާއެއް ކަމަށް ދެކިވަޑައިގެން އެކަން ކަށަވަރުކުރެއްވުމަށް މައިންބަފައިންގެ ފަރާތުންވެސް […]
ފޯމުލާން ދީފައިވާ މުއްދަތު ކުރު، ހައްލު ކޮށްދެއްވާ: އެމްޑީޕީ

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތު ވަރަށް ކުރުކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ބުނެފައިވަނީ އޭގެ ސަބަބުން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެން ކަމުން އެމައްސަލަ ހައްލު ކޮށްދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން ”ދީފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށްވީތީ، ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވަމުން އެބަދެއެވެ. ދައުލަތުގެ އިދާރާތަކުން ރިކޯޑް ސާފުކުރުމާއި އެހެނިހެން ކަންކަން ފުރިހަމަކުރުމަށް […]
އިދިކޮޅު ޕާޓީތަކުން ވަކިން ވާދަކުރުމަކީ ރައްޔިތުންނަށް ދެވޭ ގެއްލުމެއް: ސައްޕެ

ކުރިއަށްއޮތް ލޯކަލް ކައުންސިލުން އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން ވަކިން ވާދަކުރުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އެކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ މިސާލަކަށް ނަންގަވާފައިވަނީ ދަ ޑިމޮކްރެޓުސް އެވެ. Sarukaarun Javaabudhaaree kurumah Idhikolhugai oiy Party thakun, @TheDemocratsMV Fadha Party thakun Council Inthikhaabugai Vakivakin Vaadhakurumakee Mi Aniyaaveri Sarukaaru Javaabudhaaree kurumuge badhalugai Ithurah Gaumaai Rayyithunnah dhevey […]
ހަރުދަނާ ދަރީން ބިނާކުރެވޭނީ ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން: ރައީސް

ހީވާގި ދަރީންތަކެއް މި ގައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށް ރައީސް ޑރ.. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވވެ. އައުއަހަރުގެ ކިޔެވުމުން މިއަދު ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ގައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން،“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ދިރާސީ އައު އަހަރު މިއަދު ފެށުމުން އެމަނިކުފާނު ވަނީ ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި […]
އިންޑިއާ އާއި އީޔޫއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ގިނަ އަހަރުތަކެއް ވަންދެން ކުރި މަޝްވަރާތަކަށްފަހު، އެ އެއްބަސްވުން ރަސްމީކޮށް ނިންމާލައިފިއެވެ. މިއީ ދުނިޔޭގެ ބޮޑު ދެ އިގްތިސާދުގެ މެދުގައި އޮތް ސްޓްރެޓީޖިކް ގުޅުން އާ ހަރުފަތަކަށް ގެންދިޔުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ބްރަސަލްސްގައި ބޭއްވި ފަހު ބުރުގެ މަޝްވަރާތަކަށްފަހު އިންޑިއާގައި ސޮއިކުރި މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ފަރާތުގެ ދެމެދުގައި ނަގާ ޓެރިފްތައް ކުޑަކުރުމާއި، ކަސްޓަމްސްގެ އުސޫލުތައް ފަސޭހަކުރުމުގެ […]
ފަރެސްމާތޮޑާ ކައުންސިލަށް މުޒޭ: ”ތަރައްގީ ކުރެވޭނީ އެފަދަ ރޫހެއް ހުރެގެން،“

އެމްޑީޕީގެ ޓިކެޓުގައި ފަރެސްމާތޮޑާ ކައުންސިލަށް ވާދަކުރާ އަންހެން ކެންޑިޑޭޓު މަރްޔަމް މުޒައިނާ (މުޒޭ) ގެ އެންމެބޮޑު މަގުސަދަކީ މުޅިރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމެވެ. ޚާއްސަކޮށް އަންހެނުންގެ ތަރައްގީއަށެވެ. ތަރައްގީގައި އަންހެނުންގެ ދައުރު ބޮޑުކަމަށާއި އެހެން ކަމުން އެކަމަށް އެންހެނުން ބާރުވެރި ކުރުވަންޖެހޭ ކަމަށް އޭނާ ބުންޏެވެ. މުޒޭގެ ވިސްނުމަކީ ކައުންސިލާއި ޑަބްލިޔުޑީސީ ގުޅިގެން މަސައްކަތް ކުރުމެވެ. އެކަން އޭނާ ކުރާނެއެވެ. ”ބާރުވެރި ކުރުވަން ބޭނުންވާނީ މައުލޫމާތާއި، އިލްމާއި ހަކަތައާއި ހިތްވަރުދޭނޭ ބައެއް. އެބަޔަކަށް ވާންޖެހޭނީ (ސިޔާސީގޮތުން) ކައުންސިލަރުން. […]
