ދަންޖައްސާ ގާޒީގެ ޖަނާޒާގައި ބައިވެރިވާނެ ބަޔަކު ނުވި

ގާޒީން ހުކުމް ކުރާ ގޮތުންނާއި ކޯޓު ރޫމުގައި އަމަލުތައް ބަހައްޓާ ގޮތުން މީހުންގެ މެދުގައި ފާހަގަ ކުރެވޭ ޝަޚުސިއްޔަތަކަށް ވެދެއެވެ. އެފަދ ގާޒީންނަށް ބޭނުން ކުރާ މަޖާޒީ ނަންތަކެއްވެސް ހުރެއެވެ. މިސާލަކަށް ހުކުމް ކުރުމުގައި އިންތިހާއަށް ލަސް ގާޒީއެއް ނަމަ ”ޕެންޓިއަމް“ގެ ލަގަބުން މުޚާތަބު ކުރެވެއެވެ. އަދި ނިއްކުރީގައި ބޮޑު ކުރަގަނޑެއް ހުރުމުން ”ޑޮޓް ޖަޖް“ގެ ނަމުން ގޮވާލެވެއެވެ. މިސްރުގައި މީހުން ދަންޖެއްސުމަށް މަޝްހޫރު ވެފައިވާ ގާޒީއެއް އުޅުނެވެ. އޭނާއަށް މީހުން ކިޔައި އުޅެނީ ”ކަޅު އައިނު […]

ޓްރަމްޕް މޮޔަވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ ރާމާމަކުނުގެ ގޮތުގައި ސިފަކޮށްފައިވާ ވީޑިއޯއެއް އާންމުކުރެއްވުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ”ޓްރޫތް ސޯޝަލް“ ގައި އާންމުކުރި އެއް މިނެޓުގެ މި ވީޑިއޯ ނިމޭކޮޅުގައި، އޮބާމާގެ ދެމަފިރިންގެ މޫނު ރާމާމަކުނުތަކެއްގެ މޫނުގެ ގޮތުގައި ގާތްގަނޑަކަށް އެއް ސިކުންތަށް ފެނިގެންދެއެވެ. މި ވީޑިއޯގައި 2020 ވަނަ އަހަރުގެ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް […]

ހަމާސްއަށް ސިގިރެޓް ސަޕްލައި ކޮށްދިނީ ޔަހޫދީ ބޮޑު ޖާސޫސްގެ ބޭބެ

އިޒްރޭލުގެ ޝިން ބެޓް ޖާސޫސީ އިދާރާގެ އިސްވެރިޔާ ޑޭވިޑް ޒިނީގެ ބޭބެ، ބެޒަލެލް ޒިނީ، ހަމާސްއަށް ސިގިރެޓް ސަޕްލައި ކޮށްދިން ކަން ސާބިތު ވެއްޖެއެވެ. ޣައްޒާގެ ބޯޑަރު ހުރަސްކޮށް ސިގަރެޓް ސްމަގްލްކުރި މައްސަލައެއްގައި އޭނާގެ މައްޗަށް މިއަދ ދައުވާ އުފުލައިފިއެވެ. އިޒްރޭލުގެ ސިފައިންގެ ރިޒާވް ފޯސްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ބެޒަލެލް ޒިނީގެ މައްޗަށް ތުހުމަތު ކުރެވެނީ ރަސްމީ ވާޖިބެއް އަދާކުރާ ކަމަށް ދައްކައިގެން ހަމާސްއަށް ސިގަރެޓް ވިއްކި ކަމަށެވެ. މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ޒިނީ […]

ކެނެޑާ ފުލުހުންގެ ކޮރަޕްޝަން

ކެނެޑާގެ ޓޮރޮންޓޯ ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ހަތް އޮފިސަރަކާއި ކުރީގެ އޮފިސަރަކު، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މީހަކު މަރާލަން ރޭވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.  މި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ފެންޓަނީލް އާއި ކެނަބިސް ޓްރެފިކް ކުރުމާއި، ޖަލުތަކުގެ އިސްވެރިއަކު މަރާލަން ރޭވުމާއި، ފުލުހުންގެ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ބިރުދައްކައިގެން ފައިސާ ހޯދުން ހިމެނެއެވެ. މި މައްސަލައިގެ ތަހުގީގު ފެށިގެން އައީ ޖޫން 2025 ގައި، ފުލުހުންގެ ވަގަށް ނަގާފައިވާ ކާރެއް ބޭނުންކޮށްގެން ޖަލު އޮފިޝަލަކު މަރާލަން […]

ގުރުއާނާ ބެހޭ ޔުނިވާސިޓީއެއް އުފައްދަނީ

މެލޭޝިއާގެ ފަހަންގް ސްޓޭޓްގައި ހުންނަ ޔުނިވާސިޓީ އިސްލާމް ފަހަންގް ސުލްތާން އަހުމަދު ޝާހް ގެ ނަން ”ޔުނިވާސިޓީ އަލް-ގުރުއާން“ އަށް ބަދަލުކުރުމަށް އެ ސްޓޭޓްގެ ސުލްތާން، އައްސުލްތާން އަބްދުﷲ ރިއާޔަތުއްދީން އަލް-މުސްތަފާ ބިލާހް ޝާހް ނިންމަވައިފިއެވެ. މިއީ މެލޭޝިއާގައި މިފަދަ ގޮތަކަށް ގުރުއާނަށް ހާއްސަކޮށްގެން އުފައްދާ ފުރަތަމަ ޔުނިވާސިޓީއެވެ. ސުލްތާން އަބްދުﷲ ވިދާޅުވީ، ފަހަންގްގައި އިސްލާމްދީން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް، ގުރުއާނުގެ އިލްމަށް ބިނާވެފައިވާ ޔުނިވާސިޓީއެއްގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ނަމަށް […]

މުސްލިމުންނަށް ޖާސޫސްކޮށްފި

ނެދަލޭންޑްސްގެ މުސްލިމް މުޖުތަމަޢުތަކުގެ މީހުންނަށް ނޭނގި އެމީހުންގެ ޒާތީ މަޢުލޫމާތަށ ޖާސޫސްކޮށް، ދިރާސާތައް ކުރި މައްސަލައެއްގައި އެ ޤައުމުގެ 10 މުނިސިޕަލިޓީއެއް ޖޫރިމަނާކޮށްފިއެވެ. ނެދަލޭންޑްސްގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީ (އޭޕީ) އިން މި ފިޔަވަޅު އަޅާފައިވަނީ ޕްރައިވެސީ ޤާނޫނުތަކާ ޚިލާފަށް ސިއްރުން މަޢުލޫމާތު އެއްކޮށްފައިވާތީއެވެ. މި މުނިސިޕަލިޓީތަކުން ސިއްރުން ދިރާސާތައް ހަވާލުކޮށް، މުސްލިމް ރައްޔިތުންގެ ނާޒުކު މަޢުލޫމާތުތައް ހިމެނޭ ފައިލްތައް ބަލަހައްޓާފައިވާކަން ފުރަތަމަ ފަޅާއެރީ 2021 ވަނަ އަހަރުއެވެ. މި ތަޙުޤީޤުތައް ފަށާފައިވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައާއި […]

ދުނިޔޭގެ އެންމެ ބޮޑު މުސްހަފް ދައްކާލައިފި

ދުނިޔޭގައި މިހާތަނަށް ދައްކާލާފައިވާ އެންމެ ބޮޑު މުސްހަފް، ސައުދީ އަރަބިއްޔާގެ މައްކާ މިއުޒިއަމްގައި ދައްކާލައިފިއެވެ. ސައުދީ ޕްރެސް އެޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މުސްހަފްގެ ބޮޑުމިނަކީ 312 ސެންޓިމީޓަރު ގުނަ 220 ސެންޓިމީޓަރެވެ. ޖުމްލަ 700 ސަފްހާގެ މައްޗަށް އެކުލެވޭ މި މުސްހަފާއެކު، އެ މިއުޒިއަމަށް ވަނީ ދުނިޔޭގެ އެންމެ ބޮޑު މުސްހަފް ދައްކާލުމުގެ ޝަރަފާއެކު ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ލިބިފައެވެ. މި މުސްހަފަކީ 16 ވަނަ ގަރުނުގެ ތާރީޚީ މުސްހަފެއްގެ ބޮޑުކޮށްފައިވާ ކޮޕީއެކެވެ. […]

ޖަމަލުތަކަށް ’ޕާސްޕޯޓު‘ ތައާރަފުކޮށްފި

ސައުދީ އަރަބިއްޔާގެ ސަރުކާރުން ބައިނަލްއަގުވާމީ ފެންވަރުގައި ޖަމަލުތަކަށް ހާއްސަ ’ޕާސްޕޯޓެއް‘ ދޫކުރަން ފަށާނެކަން އިއުލާނުކޮށްފިއެވެ. މި މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސައުދީގެ އެންވަޔަރަންމަންޓް، ވޯޓަރ އެންޑް އެގްރިކަލްޗަރގެ ނައިބު ވަޒީރު މަންސޫރު އަލް މުޝައިތީއެވެ. ސައުދީ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، މި ޕާސްޕޯޓަކީ ޖަމަލުތައް ދެނެގަތުމަށާއި ޖަމަލާގުޅޭ ކަންކަން އިންތިޒާމުކުރުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔުމެކެވެ. މިއީ ޖަމަލުތަކުގެ މައުލޫމާތު އެއްކުރެވިފައިވާ ފުރިހަމަ ލިޔުމެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެކެވެ. މި ޕާސްޕޯޓުގައި ޖަމަލުގެ މައިކްރޯޗިޕް ނަންބަރާއި، ޕާސްޕޯޓު ނަންބަރު އަދި އުފަން ތާރީހު ހިމެނޭނެއެވެ. […]

ދުނިޔޭގެ އެންމެ ދިގު ހަރުފަ ފެނިއްޖެ

ދުނިޔޭގައި މިހާތަނަށް ފެނުނު އެންމެ ދިގު ޖަންގަލީ ހަރުފަ އިންޑޮނޭޝިއާ އިން ފެނިފައިވާކަން ގިނެސް ވޯލްޑް ރެކޯޑްސް އިން ކަށަވަރުކޮށްދީފިއެވެ. އިންޑޮނޭޝިއާގެ މާރޯސް ސަރަހައްދުން ފެނުނު މި ހަރުފައަކީ ދުނިޔޭގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ދިގު ޖަންގަލީ ހަރުފަ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ގިނެސް ވޯލްޑް ރެކޯޑްސްގެ ބަޔާނުގައިވާ ގޮތުން، މި ހަރުފަގެ ދިގުމިނުގައި 23 ފޫޓު 8 އިންޗި ހުރިކަން ހެކިތަކުން ވަނީ ކަށަވަރުވެފައެވެ. މި ހަރުފަ މިހާރު އޮތީ ޖަންގަލީ ދިރުންތައް ހިމާޔަތްކުރާ […]

ރާޖްޕާލް ޔާދަވް ޖަލަށްލައިފި

ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް، ޗެކް ބައުންސްވި މައްސަލައެއްގައި ކޯޓުން ދީފައިވާ މުހުލަތުގެ ތެރޭގައި ފުލުހުންނާ އަމިއްލައަށް ހަވާލުވެއްޖެއެވެ. އޭނާ ފުލުހުންނާ ހަވާލުވެފައިވަނީ ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ. އިންޑިއާގެ މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނިއުދިއްލީ ހައިކޯޓުން ވަނީ ރާޖްޕާލް ޔާދަވްގެ މައްޗަށް ހުށަހެޅިފައިވާ ޗެކް ބައުންސްގެ ގިނަ މައްސަލަތަކެއްގައި ކުރިން ދީފައިވާ ލުއިތައް އަނބުރާ ގެންގޮސްފައެވެ. އަދި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ކުރިން ޖަލުގެ […]