ޒަޔަނިސްޓު ޔަހޫދީންނަށް މި ހުޅުކޮޅު ނިއްވައެއް ނުލެވޭނެ

ރަމަޟާން މަހުގެ ފުރަތަމަ ހުކުރުގައި 80،000 މީހުން މަސްޖިދުލް އަޤްޞާގައި ނަމާދުކޮށްފިއެވެ. މިއީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރި ގިނަ ހުރަސްތަކަކާ އެކުވެސް ޖަމާވި އަދަދެކެވެ. ހިފާފައިޥާ ޤުދުސްގެ އިސްލާމީ އައުޤާފު އިދާރާއިން ހާމަކުރި ގޮތުގައި، ހުޅަނގު އައްސޭރިން ޤުދުސްއަށް ވަންނަން އުޅުނު މީހުންނަށް އިސްރާއީލުން ވަނީ ހުރަސް އަޅާފައެވެ. މިގޮތުން ޤަލަންދިޔާ އަސްކަރީ ޗެކްޕޮއިންޓްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، މިސްކިތަށް ވަންނަން އުޅުނު މީހުންގެ އައިޑީ ކާޑުތައް ޗެކްކޮށް ގިނަ އިރު ވަންދެން […]
ޖެނޮސައިޑް ހެކި ފޮހެލުމުގެ މަސައްކަތް ޖެނޮސައިޑް ސަރުކާރަށް

ޣައްޒާގައި ހިންގާފައިޥާ ފަލަސްޠީނުގެ ޖެނޮސައިޑް ކަމަށް އދން ސިފަކޮށްފައިވާ ޖެނޮސައިޑްގެ ހެކިތައް ނައްތާލުމުގެ މަސައްކަތް އިޒްރޭލާ ހަވާލު ކުރުމަށް ނިންމައިފިއެވެ. އިސްރާއީލުގެ ނޫހެއް ކަމަށްވާ ”ޔެދިއޮތް އަހްރޮނޮތް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮންއަޅައި ސުންނާފަތިކޮށްފައިވާ އިމާރާތްތަކުގެ ކޮންކްރިޓްތައް ނެގުމުގެ މަސައްކަތް އިސްރާއީލުން އިސްވެ އޮވެ ހިންގުމަކީ އެ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ. ވޮޝިންގޓަންގައި ބޭއްވި ޓްރަމްޕްގެ ”ޕީސް ކައުންސިލް“ ކޮންފަރެންސްގެ ހަވާސާގައި ވާހަކަދެއްކެވި މަސްދަރަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ޓްރަމްޕް ވަނީ މިމަސައްކަތް […]
ހަމާސްގެ ހަތިޔާރު އަތުލުމަށް އިންޑޮނޭޝިއާއިން 8،000 ސިފައިން ފޮނުވަނީ

ޓްރަމްޕްގެ ރައްޓެހިންނާއި އާއިލީ ކުންފުންޏަށް ޣައްޒާގެ ބިންތައް ފޭރިގަތުމަށް އެކުލަވާލާފައިވާ ޕްލޭންގެ ދަށުން ޙަމާސްގެ ހަތިޔާރު އަތުލުމަށް އިންޑޮނޭޝިއާއިން 8،000 އަށްވުރެ ގިނަ ސިފައިން ފޮނުވުމަށް ނިންމައިފިއެވެ. މިކަން އިއުލާނު ކުރެއްވީ އެމެރިކާގެ ވޮޝިންޓަނުގައި ބޭއްވި ޓްރަމްޕްގެ ”ޕީސް ކައުންސިލް“ ބައްދަލުވުމުގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސުބިއަންޓޯ ވިދާޅުވީ، ރައީސް ޓްރަމްޕްގެ ޣައްޒާ ފޭރިގަތުމުގެ ރޭވުމަށް އިންޑޮނޭޝިއާއިން ތާއީދުކުރާ ކަމަށާއި، ޣައްޒާގައި ހަމަޖެހުން ގާއިމުކުރުމަށް ފޮނުވާ ފައުޖަށް 8،000 […]
އިސްތިރި އޮބިގެން އަނދާފައި ހުރި ގަމީހެއް 1,139 ޑޮލަރަށް

ފެޝަންގެ ދުނިޔޭގައި އާދަޔާ ހިލާފު ތަފާތު ކަންކަން ތައާރަފްކުރުމަށް މަޝްހޫރު ސުވިޒަލޭންޑުގެ ބްރޭންޑެއް ކަމަށްވާ ވެޓެމެންތްސް އިން، އިސްތިރި އޮބިގެން އަނދާފައި ހުރި ކަމަށް ދައްކުވައިދޭ ގްރެފިކްސްއެއް ޖަހާފައިވާ ގަމީހެއް ބާޒާރަށް ނެރުމާ ގުޅިގެން ސޯޝަލް މީޑިއާ ހަލަބޮލިވެއްޖެއެވެ. ”ރަނގަޅަށް އިސްތިރިކޮށްފައި“ މި ނަމުން ނަންދީފައިވާ މި ހުދު ގަމީހަކީ އާދައިގެ ރަސްމީ ގަމީހެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. ނަމަވެސް މި ގަމީހުގެ އެންމެ ޚާއްސަ އަދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމަކީ ގަމީހުގެ ޖީބާ […]
ނަތަންޔާހޫ ބޭބެގެ ބޮޑު ބުދެއް ޔޫގަންޑާގައި ބަހައްޓަނީ

ޔޫގެންޑާގެ އެންޓެބޭ އެއާޕޯޓުގައި މަރުވި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބޭބެ، ލެފްޓިނެންޓް ކާނަލް ޔޮނަޓަން ނަތަންޔާހޫގެ ހަނދާނުގައި ބުދެއް ބެހެއްޓުމަށް ނިންމާފައިވާކަން ޔޫގަންޑާ ސިފައިން ހާމަކޮށްފިއެވެ. ޔޮނަޓަން ނަތަންޔާހޫގެ ސިފަ ދައްކުވައިދޭ މި ބުދު ބިނާކުރުމަށް ހަމަޖެހިފައިވަނީ އޭނާ މަރުވި ސަރަހައްދުގައެވެ. އިސްރާއީލުގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކައިނިރުގާބާ ވިދާޅުވީ މިއީ އިސްރާއީލާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. ކައިނިރުގާބާ އަކީ އެގައުމުގެ ސިފައިންގެ ވެރިޔާއެވެ. އޭނާއަކީ ރައީސް މޮސޮވީނީގެ […]
ޞުލްޙައެއް ގެނެސް ނުދިން ”ޞުލްޙައިގެ މަޖިލިސް“

ޑޮނަލްޑް ޓްރަމްޕްގެ ވައިޓް ހައުސްގައި އަރަބި އަދި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއެކު ބޭއްވި ”ޞުލްޙައިގެ މަޖިލިސް“ އަކީ މެދުއިރުމައްޗަށް އާ އުންމީދުތަކެއް ގެނެސްދޭނެ ކަމަށް ބުނެ އިޝްތިހާރުކުރެވުނު ބައްދަލުވުމެކެވެ. ނަމަވެސް، މި ބައްދަލުވުމަށް ފަހު ފާއިތުވި މަސްތަކުން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް، ހުޅަނގު އައްސޭރީ ހިފައި އެތާނގައި ހިންގާ ލާއިންސާނީ އަމަލުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އިސްރާއީލުގެ ސަރުކާރުން މިހާރު ވަނީ ހުޅަނގު އައްސޭރީގެ […]
އީރާނުގައި ތިބި ޕޮލެންޑްގެ ރައްޔިތުން ވަގުތުން ފޭބުމަށް ބޮޑުވަޒީރު ގޮވާލައްވައިފި

އީރާނުގައި ތިބި ޕޮލެންޑްގެ ހުރިހާ ރައްޔިތުން ވަގުތުން އެގައުމުން ފޭބުމަށް ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ބުރާސްފަތި ދުވަހު ގޮވާލައްވައިފިއެވެ. ބޮޑުވަޒީރު އިންޒާރު ދެއްވި ގޮތުގައި، އެމެރިކާއިން ދީފާނެ އަސްކަރީ ހަމަލާއެއްގެ ސަބަބުން ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެގައުމުން މީހުން ބޭރުކުރުމުގެ ފުރުސަތު ބަންދުވެގެން ހިނގައިދާނެއެވެ. ބޮޑުވަޒީރު ޓުސްކް ވިދާޅުވީ، ”އާދޭސްކޮށްފައި ބުނަން، ވަގުތުން އީރާނުން ފައިބާ. އަދި އެއްވެސް ހާލެއްގައި އެ ގައުމަށް ދަތުރުނުކުރޭ،“ ކަމަށެވެ. މި ގޮވާލުމަކީ އީރާނަށް ހޮނިހިރުގެ ފަހުން ދީފާނެ […]
ޗައިނާގެ ކަނޑުގެ ސިފައިން މަދުން ނޫނީ ނުފެންނަ ދުރު ރާސްތާގެ މަތިންދާބޯޓުގެ ފޮޓޯތަކެއް އާންމުކޮށްފި

ޗައިނާގެ ކަނޑުގެ ސިފައިން، އެ ގައުމުގެ ސިފައިން މަދުން ނޫނީ ބޭނުންނުކުރާ ދުރު ރާސްތާގެ ޖޭ1 ބީއެސްއެޗް މަރުކާގެ ދެ ގޮނޑި ހުންނަ ފައިޓާ ޖެޓުތަކެއްގެ ފޮޓޯތަކެއް އާންމުކޮށްފިއެވެ. މި ފޮޓޯތަކުން ފެންނަނީ ޗައިނާގެ ސަަދަން ތިއޭޓަރ ކޮމާންޑުގެ ދަށުން މި މަތިންދާބޯޓުތައް އުދުހުމުގެ ތަމްރީނުތަކެއް ފުރިހަމަކުރަމުންދާ މަންޒަރެވެ. މިލިޓަރީ ވޮޗް މެގަޒިންގެ ރިޕޯޓެއްގައިވާ ގޮތުން، ސަަދަން ތިއޭޓަރ ކޮމާންޑަކީ ޓައިވާން ކަނޑުއޮޅިއާއި ދެކުނު ޗައިނާ ކަނޑުގެ އޮޕަރޭޝަންތަކަށް ޒިންމާވާ ކޮމާންޑެވެ. މި ސަރަހައްދަކީ ޗައިނާއާއި ޓައިވާނާ […]
އެމެރިކާ ސިފައިން ވަޅުލާން 5 ހާސް ކައްވަޅު ކޮނެ އީރާނުން ސަހަރާއެއް ތައްޔާރުކޮށްފި

އީރާނުގެ ވެރިރަށް ތެހެރާންގައި އޮންނަ އެންމެ ބޮޑު ސަހަރާ ކަމަށްވާ ބެހެޝްތޭ ޒަހްރާއިން ބޭރުގައި، އެމެރިކާ ސިފައިން ވަޅުލުމަށް ޚާއްސަކޮށްގެން 5،000 އަށްވުރެ ގިނަ ކައްވަޅު ކޮނެ އައު ސަހަރާއެއް ތައްޔާރުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ސަހަރާގެ އިސްވެރިޔާއާ މުހައްމަދު ޖާވިދް ތާޖިކް އާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުގައެވެ. ތެހެރާންގެ ބޭރުގައި މިފަދަ ވަކި ސަރަހައްދެއް ތައްޔާރުކުރަން ޖެހުނީ، އީރާނުގެ ގަވާއިދުތައް ބުނާގޮތުން މުސްލިމް ނޫން ސިފައިން މުސްލިމުންގެ އާންމު ސަހަރާތަކުގައި ވަޅުނުލެވޭތީ ކަމަށް އެ މަސްއޫލުވެރިޔާ […]
