”ޢީދު ހަވީރު 1447“ ތިން ދުވަހު ކުލަގަދަކޮށް ފާހަގަކުރާ ގޮތަށް ނިންމަވައިފި

ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ގޮތުން، ކުރީ އަަހަރުތަކެކޭ އެއްފަދައިން “ޢީދު ހަވީރު 1447“ ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާގޮތަށް ނިންމަވައިފިއެވެ. މިއަހަރުގެ ފިޠުރު ޢީދުގެ މުނާޞަބަތުގައި ޢީދު ދުވަހުން ފެށިގެން ތިން ދުވަހު “ޢީދު ހަވީރު 1447“ އޮންނާނޭ ކަަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ”ޢީދު ހަވީރު 1447″ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް […]

ވިލިމާލެއިން ރައީސަށް ދެންނެވީ ހޫނުމަރުޙަބާއެއް

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވިލިމާލޭ ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދައި ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލެއަށް ވަޑައިގެންނެނެވުމުން އެއަވަށުން އެމަނިކުފާނަށް ހޫނުމަރުޙަބާއެއް ދަންނަވައިފިއެވެ. މިމަހު ދިވަހަވަނަ ދުވަހު ކުރެއްވި މިޒިޔާރަތުގައި އެމަނިކުފާނުގެ އިސްތިގުބާލުގައި ތިއްބެވި ބޭފުޅުންނާ ވަރަށްގާތް ގުޅުމެއް ބާއްވައި އެންމެނާ އެމަނިކުފާނު ވަނީ ސަލާމް ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި ކުޑަކުދިންނާއި ތުއްތު ކުދިންނާ ވެސް އެމަނިކުފާނު ވަނީ ވާހަކަ ދައްކަވައި ސަމާސާ ކުރައްވައި ހައްދަވާފައެވެ. […]

ޕީއެންސީގެ މެންބަރުން ވަނީ ގޮނޑީގެ މިނިވަންކަން ރައީސަށް ދެއްވާފައި: ޑރ. ޖަމީލް

ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންވަނީ އެބޭފުޅުންގެ އަމިއްލަފުޅު ގޮނޑީގެ މިނިވަންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވާފައި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޖަމީލް ވިދާޅުވެފައިވަނީ އެވަރުން ނުވެގެން ބަޖެޓުވެސް ވަނީ މުޢިއްޒަށް ދީފައި ކަމަށް ވިދާޅުވެފައިވެއެވެ. މިކަންކަން މިގޮތަށް ކުރެއްވުމަށްފަހު ފުވައްމުލަކުގެ މަޖިލިސް މެންބަރުން ގެންދަނީ އެރަށުގެ މީހުން އެއްކުރައްވައިގެން ހުރިހާ ކުށްވެރިން ދޫކޮށްލައްވާނޭ ކަމަށް ވިދާޅުވަމުން ކަމަށް ވެސް އެ ޕޯސްޓުވައި […]

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-13

ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސަފުޅުކަމާއި ރަސޫލުﷲ ﷺ އަކީ އެކަލާނގެ ރަސޫލާކަން އަންގައިދޭ ހެއްކަކީ ކޮބައިތޯއެވެ؟ ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސްފުޅުކަން އަންގައިދޭ އެންމެބޮޑު ހެއްކަކީ ޚުދު ރަސޫލުﷲ ﷺ އެވެ. ޤަލަމް ސޫރަތުގެ ހަތަރުވަނަ އާޔަތުން މިކަން އެނގެއެވެ. މިއާޔަތުގައި ﷲ ބަޔާންކުރައްވަނީ އެކަލޭގެފާނުގެ ޚުލްޤުފުޅުގެ މަތިވެރިކަމެވެ. ޔަޢުނީ އެކަލޭގެފާނަކީ ދޮގު ވާހަކަ ނުދައްކަވާނެ ބޭކަލެއްކަމެވެ. އެކަލޭގެފާނުގެ ޒާތީ ހަޔާތްޕުޅާއި އާންމު ހަޔާތްޕުޅުން ކަށަވަރުވި އެންމެބޮޑު ކަމަކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި […]

ޓްރަމްޕުގެ އިންޒާރުތަކަށް އީރާނުގެ ރައީސްގެ ރައްދު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވަމުން ގެންދަވާ އިންޒާރުތަކަށް، އީރާނުގެ ރައީސް ވަނީ ފަސްޖެހުމެއް ނެތް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ދަނޑިވަޅުގައި އީރާނުން ވަނީ އެގައުމުގެ ސާބިތުކަން ހާމަކޮށްފައެވެ. އީރާނުގެ ރައީސް ވިދާޅުވީ: އަމާނެއް ނުދޭނަން: އެއްވެސް ބާރެއްގެ ކުރިމަތީގައި އީރާނުން އިސްޖަހާލައި އަމާން ނުދޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. ވެރިކަން ބަދަލެއް ނުކުރެވޭނެ: ބޭރުގެ ނުފޫޒަކުން އީރާނުގެ ވެރިކަމުގެ ނިޒާމަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި، އެއީ ރައްޔިތުންގެ ނިންމުމެއް […]

އިޒްރޭލުގައި ހުންނަވާ ސްޕޭނުގެ ސަފީރު އަނބުރާ ގެންދަން ނިންމަވައިފި

ސްޕެއިނުން އީޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނާ މާރިއާ ސަލޮމޮން ޕެރޭޒް އަނބުރާ ގައުމަށް ގެންދަން ސްޕޭނުން ނިންމައިފިއެވެ. އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ޖަރީމާތައް ހިންގާތީ ސްޕެއީނާއި އިޒްރޭލާ ދެމެދުވަނީ ޑިޕްލޮމެޓިކް ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ސްޕެއިންގެ ސަފީރު އަނބުރާ ގެންދަން ނިންމި ނިންމުމަކީ މި ގުޅުން އިތުރަށް ގޯސްވެފައިވާކަން އަންގައިދޭ ކަމެކެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދަނީ ”ޖެނޮސައިޑް“ ކަމަށް މިދިޔަ އަހަރުން ފެށިގެން ސްޕޭނުން ވަނީ […]

މެދުއިރުމަތީން އެމެރިކާގެ ނުފޫޒު ފޮހެލައިފިން: އީރާން

މެދުއިރުމަތީގައި އޮތް އެމެރިކާގެ 70 އަހަރުވީ ނުފޫޒު، އެންމެ 11 ދުވަހުގެ ތެރޭގައި ފޮހެލެވިފައިވާ ކަމަށް އީރާނުގެ އިސްލާމީ އިންގިލާބީ ގާޑުންގެ ފައުޖު (އައި.އާރް.ޖީ.ސީ) އިން ބުނެފިއެވެ. މިއީ ސަރަހައްދީ ސިޔާސީ މަސްރަހަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ނިޝާނެކެވެ. ދިގު މުއްދަތަކަށް ދެމިގެންދިޔަ ހުޅަނގުގެ ބާރުވެރިކަން ކުޑަވެ، އިސްލާމީ އުންމަތުގެ ހިތްވަރާއި ސާބިތުކަން މިވަނީ ހާމަވެފައެވެ. ދުނިޔޭގެ ބާރުތަކުގެ ތަރުތީބު ބަދަލުވަމުންދާ މި ދަނޑިވަޅުގައި، މިއީ އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި […]

ޔަހޫދީ އާންމުންނަށް ހަމަލާދޭނަން: އީރާން

ޒަޔަނިސްޓުން އީރާނުގެ އާއްމު ރައްޔިތުންނަށް އަމާޒުކޮށް، (އެއްވެސް ރަހުމެއްނެތި) ބޮން އަޅަމުންދާ ދިއުމަށް ނިމުމެއް ގެނައުމަށް ތެހެރާނުން ވަރުގަދަ ވަޢުދެއްވެއްޖެއެވެ. އީރާނުން ހާމަކުރި ގޮތުގައި، ޒަޔަނިސްޓުންގެ ލާދީނީ މި އަމަލުތަކުގެ ބަދަލު ހިފުމުގެ ގޮތުން ދެން ޔަހޫދީ އާއްމުންނަށް އަމާޒުކޮށް ސީދާ ހަމަލާދޭން ފަށާނެއެވެ. މީގެ ފަހުން ހަމަލާ ދިނުމުގައި ވަކި މިންތަކެއް ނުވަތަ ހައްދެއް ނޯންނާނެއެވެ. ނުބައިވެގެންވާ ޝައިތާނުންގެ ފުރާނަ ދުއްވާލުމުގައި އެއްވެސް ޖެހިލުމެއް ނުވާނެ ކަމުގެ އިންޒާރު މިވަނީ މުޅި ދުނިޔެއަށް ދީފައެވެ. އިސްލާމީ […]

ފަލަސްތީނުގެ ބިންތައް ދޫކޮށްދިޔުމަށް ދިން މުހުލަތު ހަމަވެއްޖެ

ރެއަކީ ތާރީޚީ ބަދަލެއްގެ ފެށުމެވެ! ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްތިޢުމާރީންނަށް އެ ބިން ދޫކޮށް ދިއުމަށް ދެވުނު ފުރުސަތު ރެއާ ހަމައަށްމިވަނީ މުޅިން ބަންދުވެފައެވެ. ރޭ އީރާނުން ދެމުންގެންދިޔަ ވަރުގަދަ ހަމަލާތައް އަމާޒުވެފައިވަނީ ފަލަސްތީނުގެ ތާރީޚީ ބިމުގައި ނުގަވައިދުން އާބާދުކޮށްފައިވާ އިސްރާއީލުގެ އާބާދީތަކަށެވެ. ޔަހޫދީންގެ ބޯޓުތަކާއި އުޅަނދުތައް މަތީގައި އުދުހި އުދުހި ތިއްބާ، އީރާނުގެ މިސައިލްތައް ދަނީ އެތަކެއްޗަށް އަމާޒުވެ، ޔަހޫދީންގެ ކިބުރުވެރިކަން ފުނޑުފުނޑު ކުރަމުންނެވެ. ފަލަސްތީނުގެ ބިން ދޫކޮށް ސަލާމަތްތެރިކަމާއެކު ދިއުމަށް އިސްތިޢުމާރީންނަށް ދެވުނު […]

ނަތަންޔާހޫ ކޮބާ؟ ދައްޖާލު މަރުވީތަ؟

މި ނުލަފާ ޖައްބާރު ނަތަންޔާހޫ އެއްވެސް ތަނަކުން ނުފެންނަތާ މިހާރު 4 ދުވަސް ވެއްޖެއެވެ. އީރާނުން ބުނަމުންދަނީ އޭނާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ނުވަތަ މަރުވެފައި ކަމަށެވެ. ނަމަވެސް މިކަމުގެ ހަޤީޤަތް އަދި އޮތީ ސިއްރުވެފައެވެ. އެންމެ ފަހުން ނަތަންޔާހޫ ފެނިފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އޭރު އޭނާ ދިން ތަޤުރީރުގައި ވަރަށް ބޮޑާކަމާއެކު ބުނެފައިވަނީ އީރާނުގެ ބާރު ކަނޑުވާލާނެ ކަމަށެވެ. އެކަމަކު އެ ވާހަކަތަކަށް ފަހު މިއަދާ ހަމައަށް ވެސް އޭނާގެ […]