ޑިއޭގޯގާސީއަށް މިސައިލް ފޮނުވައި އީރާނުން ފެންވަރު ދައްކާލައިފި

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް މިހާރު ފަށާފައިވާ ހަނގުރާމައިގައި ޑިއޭގޯގާސީއާގައި ގާއިމްކޮށްފައި އިނގިރޭސީންގެ އަސްކަރީ މަރުކަޒަށް ހަމަލާދީފިއެވެ. މިހަމަލާ ދީފައިވަނީ މިސައިލް ބޭނުން ކޮށްގެންނެވެ. އެމެރީކާއިން ބުނެފައިވަނީ މީގެ ތެރެއިން އެއް މިސައިލް ވަނީ އަމާޒަށް ނުފޯރަނީސް ފޭލިވެފައި ކަމަށެވެ. އަނެއް މިސައިލް ހުއްޓުވުމުގެ މަސައްކަތް ކުރިކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އަމާޒަށް ވާސިލްވުމުގެ ކުރިން އެ ވައްޓާލެވުނުތޯ ނޫންތޯ އެމެރިކާއިން ވެސް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ބައެއް މަސްދަރުތައް ބުނާގޮތުގައި އެ މިސައިލް ވަނީ އަސްކަރީ […]
ކާޑެއްދޫއެއާޕޯޓު ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައެއްނުވާނެ: ޚަލީލް

އީރާނަށް ހަމަލާ ދިނުމަށް ގދ. ކާޑެއްދޫ އެއަރޕޯޓު ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ވެސް އަދި އެހެން ބަޔަކަސް ވެސް ދީފައި ނުވާނޭ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ދރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. މިފަދަ ހުއްދައެއް އެމެރިކާއަށް ރާއްޖެއިން ދީފައިވާ ކަމަށް މީޑިއާގައި ފެތުރިފައިވާ ޚަބަރަކާ ގުޅިގެން ”ހިރި“ އިން ސުވާލު ދެންނެވުމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ އެއީ ”ދޮގެއް“ ކަމަށެވެ. މީގެ ކުރިން އެމަނިކުފާނު ވިދާޅުވެފައިވަނީ އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ރާއްޖެގެ […]
ސަރުކާރަށް ދެއަހަރުވީއިރު ފުވައްމުކަށް ކޮށްދިން ކަމެއްނެތް: ފައިސަލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތިންވަނަ އަހަރު ކުރިއަށްދާއިރު ފުވައްމުލައް ސިޓީއަށް ކޮށްދެއްވި ތަރައްގީގެ އެއްވެސް ކަމެއްނެތް ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. މިއީ އެސިޓީ ސަރުކާރަށް މުހިންމު ނޫންކަން އަންގައިދޭ ހެއްކެއް ކަމަށް ވެސް ފައިސަލް ވިދާޅުވެފައިވެއެވެ. ”ވެރިކަމުގެ ތިން ވަނަ އަހަރު މިސަރުކާރުން ގުނަމުންދާއިރު، އަދި މިހާތަނަށް އެއްވެސް ކަމެއް ފުވައްމުލަކުގެ ތަރައްޤީއަށް ކޮށްފައި ނެތުމަކީ މިރަށުގެ މުހިއްމު ކަމެއް ސަރުކާރަށް ނެތް ކަމުގެ ހެއްކެއް،“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ. […]
އައްޑޫގައި ދުއްވި ކާރެއް ފުރޮޅާލައި ހަތަރު މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައިފިއެވެ. ހާދިސާ ހިނގި ވަގުތު ކާރުގައި ތިބީ ހަތަރު މީހުން ކަމަށާއި އެ އެނެމެނަށް ވެސް މިހާދިސާގައި ވަނީ އެކިވަރުގެ އަނިޔާ ލިބިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެތެރެއިން ކާރު ދުއްވަންއިން މީހާއަށް ސިރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަނިޔާވި އެނެމެނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ. […]
ލޯންޗު ބަންޑުންޖަހާލި ހާދިސާ: އެކެއްގެ އަތްވަނީ ބުރިވެފައި: ފުލުހުން

ވ. ފެލިދޫ ކައިރީގައި 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އަނިޔާވި މީހުންނަށް އެންމެފުރަތަމަ ފަރުވާދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި […]
