ދެއަހަރުގެ ފިރިހެން ކުއްޖަކު ނިޔާވި މައްސަލައެއް ބަލަން ފަށައިފި

އުމުރުން ދެ އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވި މައްސަލައެއް ބަލަން ފަށައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އެމައްސަލަ ބަލަނީ އެކުއްޖާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާތީ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ 2026 މާރިޗު 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރު އެވެ. ފުލުހުން ވިދާޅުވީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް އެކުއްޖާ ވެއްޓި […]
ކުޑަކުދިންގެ ލެއިން ތަޣައްޔަރު ވެފައިވާ ޔަހޫދީންނަށް އޮތީ ހިތިނިމުމެއް

ކުޑަކުދިންގެ މައުސޫމް ލެއިން އަތްތިލަ ތަޣައްޔަރުކޮށްފައިވާ ޖައްބާރު ޔަހޫދީންނަށް އޮތީ ބިރުވެރި އަދި ހިތި ނިމުމެއް ކަމަށް ވިދާޅުވެ އިރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ނޭވަލް ފޯސްގެ ކޮމާންޑަރު އެޑްމިރަލް އަލީ ރައްޒާ ޓަންކްސީރީ، ނުލަފާ އިސްތިއުމާރީ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ”އަޅުގަނޑުމެން މިވަނީ ކުޑަކުދިން މަރާ މީހުންނަށް އީރާނުގެ ހުރިހާ ޖަޒީރާތަކެއްގައި ކަލޭމެންގެ ގަބުރުތަކަށް ފައްކާ ކުރެވިފައެވެ. އޭ ނުލަފާ ޖައްބާރު ޔަހޫދީންނޭވެ! ކަލޭމެންގެ ނިމުން ލޯމަތިން އެބަފެނޭ ހެއްޔެވެ؟“ މިއީ އަނިޔާވެރިކަމާއި ލޭ އޮހޮރުވުމުގެ […]
އީރާނުގެ ނަތަންޒް ނިއުކުލިއަރ މަރުކަޒަށް އަނެއްކާވެސް ހަމަލާދީފި

އީރާނުގެ ނިއުކްލިއަރ މައިމަރުކަޒަށް އިޒްރޭލުން ހަމަލާދީފިއެވެ. އެތަނަށް ހަމަލާ ދިނުމަށްފަހު އިޒްރޭލުން ބުނެފައިވަނީ މިއީ އީރާނުން ޑިއެގޯގާސިއާއަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. އީރާނުގެ ނިއުކްލިއަރ މަރުކަޒަށް އެމެރިކާއާއި އިސްރާއީލުން ހަމަލާ ދީފި ކަމަށް އީރާނުން ކަށަވަރު ކޮށްދީފައެވެ. އީރާނުގެ ތަސްނީމް ނޫހުނުން ބުނެފައިވަނީ ހަމަލާދީފައިވަނީ އީރާނުގެ ނަތަންޒް ނިއުކުލިއަރ މަރުކަޒަށް ކަމަށެވެ. މިއަދު ހެނދުނު ދިން މިހަމަލާއާ ބެހޭގޮތުން އީރާނުން ބުނެފައިވަނީ މިއީ އެގައުމަށްދިން ޖިނާއީ ހަމަލާތަކެއް ކަމަށެވެ. މި […]
ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން އެމެރިކާއަށް ވާގިވެރިވާން ނިންމައިފި

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންގެންދާ ހަނގުރާމައަށް ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން ތާއީދުކޮށްފި ކަމަށް މިޑްލް އީސްޓް އައި (އެމްއީއީ) އިން ރިޕޯޓް ކޮށްފިއެވެ. މި ހަނގުރާމައިގައި ބައިވެރި ނުވާނޭ ކަމަށް ގަލްފުގެ ގައުމުތަކުން ކުރިން ބުނެފައި ވިޔަސް އީރާނަށް ހަމަލާ ދިނުމަށް އެގައުމުތަކުން ދިޔައީ އެމެރިކާއާއި އިސްރާއީލަށް އެހީވަމުންނެވެ. އެގޮތުން އެގައުމުތަކުގައި ހުރި މިލިޓަރީބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށްދީ ފުރުސަތު ފަހިކޮށްދީފައިވެއެވެ. އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދަނީ އެގައުމަށް ހަމަލާދިނުމަށް […]
އަރަބި ގައުމުތަކުން ފަސް ޓްރީލިއަން ޑޮލަރު ހޯދަން ޓްރަމްޕް ދިމާކޮށްފި

އެމެރިކާއާއި އިސްރާއީލުން އިސްވެ އޮވެ އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމާ ނުހުއްޓައި ކުރިއަށް ގެންދަން ބޭނުން ކަމަށް ވާނަމަ ގަލްފް ކޯޕަރޭޝަން ކައުލްސިލް (ޖީސީސީ) ގެ ގައުމުތަކުން އެމެރިކާއަށް ފަސް ޓްރީލިއަން ޑޮލްރު ދޭންޖެހޭނެ ކަމަށްބުނެ އެ ހޯދަން ޓްރަމްޕް ދިމާކޮށްފިއެވެ. ޖީސީސީގައި ހިމެނޭ ގައުމުތަކަކީ ބަހްރެއިން، ކުވެއިތު، އޮމާން، ގަތަރު، ސައުދީއަރަބިއްޔާ، ޔޫއޭއީ އެވެ. ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ މިހަނގުރާމައަށް އެތައް ބިލިއަން ޑޮލަރެއް އަދިވެސް ބޭނުންވާ ކަމަށެވެ. މީގެ ކުރިން ޖީސީސީގެ ގައުމުތަކުން […]
ކަނޑަށް ގެއްލުނު ދެމީހުން ނުފެނޭ: އެމްއެންޑީއެފް

ވ.ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަދި އެއަރ ކޯރ ދަނީ ކުރަމުންނެވެ. މިހާތަނަށް ކުރި މަސައްކަތުން އަދި އެމީހުން ފެނިފައެއް ނުވެއެވެ. އެ ދެމީހުން ގެއްލުނު ކަމުގެ މައުލޫމާތު ލިބިފައިވަނޯ މާރިޗު 20ވަނަ ދުވަހުގެ ދަންވަރު 00:40 ހާއިރު ކަމަށް އެމްއެންޑީފުން ވަނީ ވިދާޅުވެފައެވެ. ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާ އެކު، […]
ޑައުންސިންޑްރޯމް ތަޙައްމަލު ކުރަމުންދާ މީހުންނަށް ހެޔޮކޮށް ހިތަންޖެހޭ: ރައީސް

ދިވެހި މުޖްތަމަޢުގައި، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް އުފުލަންޖެހޭ މަސްއޫލިއްޔަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަހާ ގުޅިގެން އެމަނިކުފާނު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅިވެފައިވަނީ ”މިއަހަރު، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުން،“ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިދިޔަ […]
ގިރާވަރުފަޅުން ގޯތިދޭން ފެށޭނީ ޖޫންމަހު: ރައީސް

މިއަހަރު ޖޫންމަސްތެރޭގައި ގިރާވަރުފަޅުން ގޯތިދޭން ފެށޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެފަޅު ހިއްކުމުގެ މަސައްލަތް މިއަހަރު އެޕްރީލްމަސްތެރޭގައި ނިންމާލެވޭނޭ ކަށެވެ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިޔަށްދާ ކަމަށް ރައީސް ވަނީވިދާޅުވެފައެވެ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށުނު ރައީސް އިއުލާން ކުރެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފަޅު ހިއްކުމުގެ މަސައްކަތުގައި ދެ ޑްރެޖަރުދަނީ ބޭނުން ކުރަމުންނެވެ. […]
އީރާނުގެ މަސްއޫލުވެރިން އެހާ ފަސޭހަކަމާ އެކު ޝަހީދުކޮށްލެވެނީ ކީއްވެ؟

އީރާނުގެ އެންމެމަތީ ފަންތީގެ މަސްއޫލުވެރިންނާއި، ދީނީ އަދި އަސްކަރީ ލީޑަރުންނާއި މަޝްހޫރު ސައިންސްވެރިންނަށް އަމާޒުކޮށް އިޒުރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގައި ވަރަށްގިނަ އަދަދެއްގެ ލީޑަރުން ޝަހީދުކޮށްލައިފިއެވެ. އެހާ ފަސޭހައިން އީރާނުގެ ލީޑަރުން ޚާއްޞަކޮށް ޤައުމުގެ އެންމެ އިސް މަސްއޫލުވެރިން ޝަހީދުކޮށްލެވެނީ ކީއްވެގެންތޯއެވެ؟ އިޒުރޭލުން ދީފައިވާ ހަމަލާތަކުގައި އީރާނުގެ އަސްކަރީ އަދި ސައިންޓިފިކް ދާއިރާގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ވަނީ ޝަހީދުކޮށްލާފައެވެ. އެ ލިސްޓަށް އީރާނުގެ ރޫޙީ ލީޑަރ އާޔަތުﷲ ޢަލީ ޚާމަނާއީ އާއި ސިޔާސީ އެތައް […]
ޑިއޭގޯގާސީއަށް ދިން ހަމަލާ އިނގިރޭސީން ކުށްވެރި ކޮށްފި

ރާއްޖޭގެ ދެކުން އޮންނަ ޑިއޭގޯ ގާސިއާގައި ހުންނަ އިނގިރޭސި ވައިގެ މަރުކަޒަށް އީރާނުން ދިން މިސައިލް ހަމަލާތައް އިނގިރޭސިވިލާތުން ކުށްވެރިކޮށްފި އެވެ. އިރާނުން އެ ހަމަލާ ދިފައިވަނީ ދެ މިސައިލް ބޭނުންކޮށްގެން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. އެހެންނަމަވެސް އިނގިރޭސީން މީގެ އެއްވެސް ތަފްސީލެެއް އަދި ދީފައެއް ނުވެއެވެ. އީރާނާ 2،500 މޭލު ދުރުގައި އޮންނަ އިނގިރޭސީންގެ މި އަސްކަރީ މަރުކަޒަށް ދިން ހަމަލާ އަމާޒަށް ވާސިލްވި ކަމެއް ނުވަތަ ނޫންކަމެއް އިނގިރޭސީން ބުނެފައެއް ނުވެއެވެ. އީރާނުން މިހަމަލާ […]
