ޑޮނަލްޑް ޓުރަމްޕަށް ހޫނު ރައްދެއް!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕަށް ވަރަށް ހޫނު ރައްދެއް ދެއްވަމުން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ތާރީޚުގެ ތެރޭގައި މޫލާފައިވާ، އަދި ބުރަ މަސައްކަތުން ދަސްވެ ވަޑައިގެންނެވި ފިލާވަޅުތަކެއް ޙިއްޞާ ކުރައްވާފައެވެ. އޭނާ އިޝާރާތް ކުރެއްވީ، މީގެ 23 އަހަރު ކުރިން، އެމެރިކާ އިސްވެ އޮވެ، ކެމިކަލް ހަތިޔާރާއި އަދި ފަނާކުރަނިވި ހަތިޔާރު ނައްތާލުމުގެ ނަމުގައިޔާއި، އަދި ޑިމޮކްރަސީ ކުރިއެރުވުމުގެ ނަމުގައި ޢިރާޤަށް އަރައިގަތް އަރައިގަތުމުގެ މައްޗަށެވެ. ސަންޗޭޒް އަލިއަޅުއްވައިލެއްވީ ވަރަށް މުހިންމު ޙަޤީޤަތެއްގެ މައްޗަށް […]
އިޒުރޭލުގެ 114 މެރުކާވާ ޓޭންކު ހަލާކުކޮށްލައިފި!

އިޒުރޭލާއި، ޙިޒުބު الله އާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި އިޒުރޭލުގެ 114 ޓޭންކް ހަލާކުކޮށްލާފައިވާ ކަމަށް ޙިޒުބު الله އިން ބުނެފިއެވެ. މިއީ، ލުބުނާނަށް ޙަމަލާދޭން ފެށިފަހުން އިޒުރޭލުގެ އަސްކަރީ އުޅަނދުތަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ. ޙިޒުބު الله ގެ ބަޔާނުގައި އަލިއަޅުވާލާފައިވާ ގޮތުގައި، އެ ޖަމާޢަތުން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ، އިޒުރޭލުގެ ބިންމަތީގެ މައިގަނޑު ބާރު ކަމަށްވާ، އެޤައުމުގެ މެރުކާވާ ޓޭންކް ޔުނިޓްތަކަށް ސީދާ އަމާޒުކޮށްގެން އެންޓި ޓޭންކް […]
އީރާނުން ހަމަލައެއް ނުދޭހާ ހިނދަކު ހަނގުރާމައަށް ނުވަންނާނަން: ސީރިއާ

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި އިރާނުގެ ހަމަލައެއް ސީދާ ސީރިއާއަށް އަމާޒު ނުވާހާ ހިނދަކު ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުން ނުވާކަށް އެގައުމުގެ މިހާރުގެ ރައީސް އަލް ޝަރާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ސީރިއާގައި 14 އަހަރު ވަންދެން ކުރި ހަނގުރާމަ އެގައުމަށް ފުދޭ ކަމަށެވެ. އެހެން ކަމުން އީރާނުން ސީދާ އެގައުމަށް ހަމަލާ ނުދޭހާ ހިނދަކު ހަނގުރާމައިގެތެރެއަށް ވަންނަން ބޭނުންނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސީރިއާގެ ރައީސް އަހުމަދު އަލް ޝަރަޢު ވިދާޅުވީ ސީރިއާ […]
ހަނގުރާމައާ ބޭހޭގޮތުން ޓްރަމްޕް ނިންމާގޮތެއް މާދަންރޭ ހާމަކުރަނީ

އީރާނާއެކު ކުރަމުންދާ ހަނގުރާމައާ ބެހޭ ތަގުރީރެއް މާދަންރޭ ޓްރަމްޕް ދޭނޭ ކަމަށް ބޭރުގެ ޚަބަރުތައް ބުނެފިއެވެ. މި ތަގުރީރު އޭނާ ދޭނީ އެމެރިކާގަޑިން މާދަންރޭ 9:00 ޖަހާއިރުއެވެ. ބޭރުގެ ބައެއް މަސްދަރުތަކުން ބުނެފައިވަނީ މި ތަގުރީރުގައި އީރާނު ހަނގުރާމައާ ބެހޭގޮތުން އޭނާ ނިންމާ ގޮތެއް ހާމަކުރާނެއެވެ. އެއްގޮތަކީ ހަނގުރާމަ ހުއްޓާލިކަން އިޢުލާން ކުރުމެވެ. ދެވަނަ ގޮތަކީ އެމެރިކާގެ އެއްގަމު ސިފައިން އީރާނަށް ފޮނުވައި ބިންމަތީ ހަނގުރާމައެއް ފަށަން ނިންމިކަން އިއުލާން ކުރުމެވެ. މިތަގުރީރު އޭނާ ދޭނީ ޓީވީ […]
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކާ ގާތްވެއްޖެ: ރޫބިއޯ

އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ ކުރަމުންއަންނަ ހަނގުރާމަ ނިމުމަކާ ގާތްވެއްޖެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުނެފިއެވެ. ފެބުރުވަރީ 28 ވަނަ ދުވަހު ފެށި މިހަނގުރާމައަށް މިހާރު މިވަނީ ފަސްވަނަ ހަފްތާއެޅިފައެވެ. އެމެރިކާއިން ބުނެފައިވަނީ ހީކުރިވަރަށްވުރެ ހަނގުމާ ދިގުލައިފި ކަމަށެވެ. ”ހަނުރާމަ ނިންމާ ރޮނގު އަހަރެމެންނަށް އެބަފެނޭ. އެއީ މިއަދެއް ނޫން، މާދަމާއެއް ނޫން، އެކަމަކު ނިމުން އަންނާނެ،“ ފޮކްސް ނިއުސްގެ ”ހެނިޓީ“ ޝޯގައި ރޫބިއޯ ބުންޏެވެ. އޭނާ ބުނެފައިވަނީ އީރާނުގެ މަސްއޫލުވެރިންނާއެކުވެސް […]
ވަރަށް އަވަހަށް އީރާން ދޫކޮށްދާނަން: ޓްރަމްޕް

ކުރިއަށްއޮތް ދެތިން ހަފްތާ ތެރޭގައި އެމެރިކާ ސިފައިން އީރާނު ދޫކޮށްދާނޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ތެލުގެ އަގުހެޔޮވާނީ ކިހިނެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ އެގޮތަކީ އީރާނު ދޫކޮށް އެމެރިކާ ސިފައިން ދިއުން ކަމަށެވެ. އެކަން ވަރަށް އަވަހަށް ކުރާނޭ ކަމަށް ވެސް ބުންޏެވެ. ”އަހަރެން ހަމައެކަނި ކުރަން ޖެހޭ ހަމައެކަނި ކަމަކީ އީރާން ދޫކޮށް ދިއުން. އޭރުން ތެލުގެ އަގުހެޔޮވާނެ.“ ޓްރަމްޕް ބުންޏެވެ. އޭނާ ބުނެފައިވަނީ ބޭނުންވީ އީރާނުގެ […]
އިޒުރޭލުގެ މަރުގެ އަދަބުގެ ޤާނޫނު: ލާއިންސާނީ ޖަރީމާއަށް އާ ބޮޅެއް

އަނިޔާވެރި އިޒުރޭލުގެ އިސްތިޢުމާރީ ބާރުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ”ޓެރަރިސްޓުންނަށް“ މަރުގެ އަދަބު ދިނުމުގެ ނަމުގައި ފާސްކުރި ޤާނޫނަކީ ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާއަށް އިތުރުކުރި އާ ބޮޅެކެވެ. 2026 މާރިޗު 30 ވަނަ ދުވަހު ފާސްކުރި މި ޤާނޫނަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު އިޒުރޭލަކީ އެމެރިކާއާއި ޒަޔަނިސްޓުންގެ ތާއީދާއި މަދަދާއި ރުހުން ލިބިގެން ބައިނަލް އަޤުވާމީ ޤާނޫނުތަކަށް ގޮންޖަހައި […]
ޓުރަމްޕް ޢަރަބިންނަށް ސަލާންޖަހަނީ!

ރިޕޯޓްތައް ބުނާ ގޮތުގައި، ޓުރަމްޕު ވަނީ ސަޢޫދީ ޢަރަބިއްޔާއާއި، ޢަރަބި ޢިމާރާތާއި، އަދި ޤަޠަރު ފަދަ މުއްސަނދި ޢަރަބި ޤައުމުތަކުން ”އީރާން ހަނގުރާމައިގެ ޚަރަދު ދެއްކުމަށް“ ރަސްމީކޮށް ގޮވާލާފައެވެ. މިއީ، ޓްރަމްޕުގެ އިންތިހާއީ ލޭންދޭނު ”އެމެރިކާ ފުރަތަމަ“ ޚާރިޖީ ސިޔާސަތަށް، ބުނިޔާދީ ގޮތެއްގައި އެނބުރި އައި އައުމެއް ކަމަށް ބެލެވެއެވެ. އޯވަލް އޮފީހުގެ މަންޠިޤު ވަރަށް ސާފެވެ. އެމެރިކާގެ އަސްކަރިއްޔާއިން ދަނީ މި ހަނގުރާމައަށް ބޮޑެތި ޚަރަދުތައް ކުރަމުންނެވެ. 10،000 އަށް ވުރެ ގިނަ ސިފައިން ވަނީ […]
ގަލޮޅު ދެކުނަށް ބެސްޓު ޗޮއިސް އުހުދު ޝަރީފް

ގަލޮޅު ދެކުނު ދާއިރާ އެދި ގޮވަނީ ތަރައްގީއަށެވެ. ކުރިއެރުމަށެވެ. ލުއިފަސޭހަތަކަށެވެ. ހަމަޖެހިގެން އުޅެވޭނޭ މާހައުލަކަށެވެ. ފަސޭހަކަމާއެކު ޚިދުމަތް ލިބޭނޭ ވަސީލަތްތަކަށެވެ. މިކަންކަން ހާސިލްކުރުމަށް އެދާއިރާއަށް ލިބިފައިވާ ރަނުގެ ފުރުސަތަކީ އެޕްރީލް 4 ގައި އޮންނަ ލޯކަލްކައުންސިލް އިންތިޚާބެވެ. އެ އިންތިޚާބުގައި ތެދުވެރި، އިޚްލާސްތެރި ޚިދުމަތްތެރިއަކު ދާއިރާއަށް ހޮވީމައި މިކަންކަން ވުމުގެ ފުރުސަތު ވަރަށްބޮޑެވެ. އެމީހަކީ ކާކު؟ އެފަދަ ކެރޭ އިޚްލާސްތެރި ބޭފުޅަކީ ގަލޮޅު ދެކުނުދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ އުހުދު ޝަރީފް އެވެ. އުހުދަކީ މިނިވަން ކެންޑިޑޭޓެކެވެ. […]
