އެމެރިކާއިން ފޮނުވާ މެސެޖުތަކަކީ މަޝްވަރާއެއް ނޫން: އަރަގްޗީ

ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން އެމެރިކާއާއެކު މަޝްވަރާ ނުކުރާ ކަމަށާއި ނަމަވެސް ވިޓްކޯފާއި އެހެން ފަރާތްތައް މެދުވެރިކޮށް އެމެރިކާއިން މެސެޖުތަކެއް ފޮނުވަމުން ގެންދާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. މީހުން މެދުވެރިކޮށް ފޮނުވާ އެފަދަ މެސެޖުތަކަކީ މަޝްވަރާއެއް ކަމަށް ނުދެކޭ ކަމަށް ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަނީ އަލްޖަޒީރާގައި ވިދާޅުވެފައެވެ. އަލްޖަޒީރާއަށް ދެއްވި އިންޓަރވިއެއްގައި އޭނާ ވަނީ އެމެރިކާއާއެކު މަޝްވަރާ ނުކުރާކަމަށް ކަނޑައެޅިގެން ވިދާޅުވެފައެވެ. އަރަޣުޗީ ވިދާޅުވީ އެމެރިކާއާއެކު ކުރި މަޝްވަރާތަކުގައި އެއްވެސް އިތުބާރެއްނެތް ކަމަށެވެ. […]
އެމްޑީޕީން އޭސީސީ ދޮށަށް ގޮސް ޝަކުވާ ކޮށްފި

އޭސީސީއަށް ހުށަހަޅާ މައްސަލަތައް އެކޮމިޝަނުން ނުބަލާކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުން މިއަދު އެ ކޮމިޝަން ދޮށަށް އެއްވެއްޖެއެވެ. އެތަނަށް އެއްވި މީހުންވަނީ އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝާމިލުގެ އިސްތިއުފާއަށް ގޮވާފައެވެ. އެތަނަށް އެއްވި މީހުންވަނީ ސަރުކާރުން ގެންދަވަނީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަމުން ކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލާފައެވެ. އެފަދަ ކަންކަމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަންކަން ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ. މިސަރުކާރުން ގެންދަވަނީ ވަކިވެފައިވާ ތިން ބާރު އަލުން އެއްކޮށް […]
”ހޭވައްލާ ތައްޔާރު“ ބޮޑު ޖަލްސާ މިރޭ

އެމްޑީޕީން ބާއްވާ ”ހޭވައްލާ ތައްޔާރު“ ބޮޑު ޖަލްސާ މިރޭ ހުޅުމާލޭގައި އޮންނާނެއެވެ. މިޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރި ވަޑައިގަންނަވާނޭ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިއީ މިމަހު 4 ވަނަދުވަހު ބާއްވާ ލޯކަލްކައުންސިލް އިންތިޚާބުތަކާއި ޑަބްލިޔުޑީސީގެ އިންތިޚާގެ ކުރިން ބާއްވާ ބޮޑި ޖަލްސާއެކެވެ. ޖަލްސާ އޮންނާނީ ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު ދޭއްގައެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގައެވެ. މިޖަލްސާއަށް ”ހުރިހާ ބޭފުޅުންވެސް ވަޑައިގެންނެވުމަށް ދަޢުވަތު އަރުވަން،“ […]
ޝީޝާނުގެ ހަނގުރާމަވެރިންގެ އިންޒާރު!

އެމެރިކާއިން އީރާނަށް ބިމުން ޙަމަލާ ދިނުމުގެ ބިރު ބޮޑުވެފައިވާ އިރު، އީރާން ދިފާޢު ކުރުމަށްޓަކާ ’ޝީޝާން‘ ނުވަތަ ޗެޗްނިޔާގެ ހަނގުރާމަވެރިން އީރާނަށް އެތެރެވާނެ ކަމުގެ އިންޒާރު، ޝީޝާންގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ދީފިއެވެ. އެކުވެރިންނޭވެ! މަދު ދުވަސްކޮޅެއްގެ ތެރޭގައި ގަދަބަދަވިކަމުން ހަނގުރާމަ ކާމިޔާބު ކުރާނޭކަމުގެ އުއްމީދުގައި، ބޮޑާކަމާއެކު ހަނގުރާމަ ފެށި ސާމުރާޖީ ބާރުތަކުގެ ކަރުގައި ޖެހިފައިވާ ކައްޓަކަށް، މި ހަނގުރާމަ މިވަނީ ވެފައެވެ. އަދި އެ ޖައްބާރު، އަނިޔާވެރި، ބާރުތަކުގެ ސަބަބުން، މުޅި ދުނިޔެ މިވަނީ ތިންވަނަ ބޮޑު […]
ބުރަފައްޗެއްގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ ޖަރުމަނުވިލާތުން ރާއްޖެއަށް އައިސް އުޅުނު މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ. ހާދީސާ ހިނގާފައިވަނީ އދ. އަތޮޅު މަންތާ ޕޮއިންޓުގައެވެ. ފަތުރުވެރިޔާ އެތަނަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔާ ދޯނީގެ ބުރަފަތީގައި ޖެހި މަރުވިކަމުގެ ރިޕޯޓު ލިބިފައިވަނީ އޭޕްރީލް 1 ވަނަ ދުވަހުގެ ހެނދުނު 09:59 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލެއް ފުލުހުން ނުދެއެވެ. ފަތުރުވެރިޔާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއްވެސް ފުލުހުން ހާމައެއް […]
އޭއީއެޗަކީ ރައްޔިތުންގެ ހިތުގެ ވިންދު: ޑރ. އަދީލް

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގެ އައު ސީއޯ ޑރ. އަޙުމަދު އަދީލް ނަސީރު އެދިވަޑައިގަންނަވަނީ ހޮސްޕިޓަލުގެ ކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި އެންމެން ވެސް އޭނާއެކު ތިއްބެވުމަށެވެ. އޮފީހަށް ނުކުމެ ވަޑައިގެން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ފުރަތަމަ މެސެޖުގައި ޑރ. އަދީލް ވިދާޅުވެފައިވަނީ އޭއީއެޗައަކީ އައްޑޫގެ ފަޚުރެއް ކަމަށެވެ. އެ ހޮސްޕިޓަލް އޭނާ ސިފަކުރައްވައިފައިވަނީ ”ރައްޔިތުންގެ ހިތުގެ ވިންދު،“ ގެ ގޮތުގައެވެ. ”އޭއީއެޗްގެ ސީއޯގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑު އައްޔަން ކުރެއްވުމަކީ އެމަނިކުފާނު އަޅުގަނޑަށް ކުރައްވާ އިތުބާރު […]
މަތިންދާބޯޓް އަނބުރާ ފޮނުވައި ދިނުމަށް އެދިއްޖެ!

މިއަދުގެ އެންމެ ހޫނު ޚަބަރުތަކަށް ބަލާއިރު، ޤަޠަރުން، އެމެރިކާގެ ރައީސް ޓުރަމްޕަށް ހަދިޔާކުރި ލަގްޒަރީ ބޮއިންގް 747-8 މަތިންދާބޯޓް، އަނބުރާ ދިނުމަށް ޤަޠަރުގެ ސަރުކާރުން އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޤަޠަރުން އެގޮތަށް އެދިފައިވާއިރު، އެއަރފޯސް އެކެއްގެ ބަދަލުގައި، އެ މަތިންދާބޯޓު ބޭނުންކުރުމަށް ސެކިއުރިޓީ އަޕްގްރޭޑްތައް ދަނީ ކުރަމުންނެވެ. ކޮންމެއަކަސް، ޤަޠަރުގެ އެ ގޮވާލުމަކީ، ޑިޕްލޮމެޓިކް ގޮތުން ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާ ކަމުގެ އިޝާރާތެކެވެ.
ޖީމެއިލް އެޑްރެސް ބަދަލުކުރެވޭ އާ ފީޗާއެއް ގޫގުލް އިން ތައާރަފުކޮށްފި

ގޫގުލްގެ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް އައު އެކައުންޓެއް ހުޅުވަން ނުޖެހި، މިހާރު ބޭނުންކުރަމުންދާ ޖީމެއިލް އެޑްރެސް ބަދަލުކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ. މިއީ ގޫގުލް ބޭނުންކުރާ ގިނަ ބަޔަކު އެދެމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ބަދަލެކެވެ. މިކަމާ ގުޅޭގޮތުން ގޫގުލްގެ ސީ.އީ.އޯ ސުންދަރު ޕިޗާއި އެކްސް މެދުވެރިކޮށް ވިދާޅުވީ، މީގެ އެތައް އަހަރެއް ކުރިން ހަދާފައިވާ އީމެއިލް އެޑްރެސްތަކުގައި މީހުން ހިފެހެއްޓިފައި ތިބެން މިހާރު ނުޖެހޭނެ ކަމަށެވެ. ”2004 ވަނަ އަހަރަކީ ރަނގަޅު އަހަރެއް، ނަމަވެސް […]
ހުރުމުޒު ކަނޑުއޮޅިއަށް ހުރުމުޒު ކިޔުނީ ކީއްވެ؟

ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ އެއް މަގު ކަމުގައި ބެލެވޭ ތަނެކެވެ. ނަމަވެސް މި ނަމުގެ ފަހަތުގައި ފޯލްކްލޯރާއި، ވިޔަފާރިއާއި، އަދި ބޮޑެތި ހަނގުރާމަތައް އެކުލެވިގެންވާ ވާހަކަތަކެއް ފޮރުވިފައިވެއެވެ. އެއް ނަޒަރިއްޔާއެއް ބުނާގޮތުން، ހުރްމުޒް ކަނޑުއޮޅީގެ ނަން ނިސްބަތްވަނީ މީލާދީން 10 ވަނަ ގަރުނުގައި އުފެދުނު ގަދީމީ ”ހުރްމުޒް ރަސްކަމަށެވެ“. މި ރަސްކަން ފުރަތަމަ އޮތީ އީރާނުގެ އައްސޭރިފަށުގައެވެ. އޭގެ ފަހުން ”ޖަރޫން“ ޖަޒީރާއަށް އަދި މިހާރުގެ ހުރްމުޒް ރަށަށް ބަދަލުވިއެވެ. މި ރަސްކަމަކީ […]
ކްރިސްޓީ ނޯމްގެ ފިރިމީހާގެ ބަދުއަޚުލާގީ އަމަލުތަކެއް ފަޅާއަރައިފި

އެމެރިކާގެ ކުރީގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކްރިސްޓީ ނޯމްގެ ފިރިމީހާ، ބްރަޔަން ނޯމް، އަންހެން ހެދުން އަޅައިގެން ހުރެ ކޮށްފައިވާ ބަދުއަޚުލާގީ މުއާމަލާތްތަކެއް ބޭޒާރުވުމާ ގުޅިގެން އެމެރިކާގެ ވެރިރަށުގެ ސިޔާސީ މަސްރަހު ހޫނުވެއްޖެއެވެ. އާންމު އަދަބާ ޚިލާފް މަންޒަރުތަކެއް ކަމުން ހިރިން މި ފޮޓޯތައް ގެނަސް ދިއުމަށް އުޒުރު ވެރިވަމުއެވެ! މީޑިއާ ރިޕޯޓެއްގައިވާ ގޮތުން، އިންޝުއަރެންސްގެ ދާއިރާގެ މަހުޖަނެއް ކަމަށްވާ އަދި ތިން ކުދިންގެ ބައްޕަ ބްރަޔަން ނޯމް (56 އަހަރު) ވަނީ އޭނާގެ އަނބިމީހާ ސަރުކާރުގެ […]
