މިސަރުކާރުއައި ފަހުން ރައްޔިތުންނަށްވީ ފައިދާއެއްނެތް: ޢާޒިމް

ރާއްޖޭގެ ވެރިކަމަށް ޕީއެންސީ އައިފަހުން ރައްޔިތުންނަށްވީ އެއްވެސް ފައިދާއެއްނެތް ކަމަށް މާލޭސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރުކަމުގެ ދެވަނަ ދައުރެއް ހޯދުމަށް ކުރެއްވި ދިގު ކެންޕޭން ނިންމާލުމަށް މާލޭގައި މިއަދު ހަވީރު ބޭއްވި ހިނގާލުމުގައި ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ މިސަރުކާރު އައިފަހުން ފައިދާގެ ބަދަލުގައި ރައްޔިތުންނަށް ލިބެމުން އަންނަނީ ނިކަމެތިކަން ކަމަށެެވެ. އެގޮތުން ސިއްހީދާއިރާ މިހާރުވަނީ އެއްކޮށް ހުއްޓިފައި ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޭސް ރައްޔިތުންނަށް ކާންދޭން އައި ސަރުކާރަށް ސިއްހީދާއިރާއިން […]

ފެންނަ ނުފެންނަ ވޯޓުގައި ބުނަންޖެހެނީ ”އާއެނކޭ“: ދިޔާނާ

އިންތިޚާބީ ޚަރަދުތައް ކުޑަކޮށް، އަދި ޖުމްލަކޮށް ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރަން ބޭނުންނަމަ މަދަމާ ނަގާ ފެންނަ ނުފެންނަ ވޯޓުގައި ބުނަންޖެހެނީ އާނއެކޭ ކަމަށް  ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ދިޔާނާ ވަނީ އެކަމުގެ ސަބަބުތައްވެސް ވިދާޅުވެދެއްވައިފައެވެ. (1) ”ދެއިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ސަލާމަތްކުރެވެނީ ހުސްއެކަނި އިންތިޚާބު ބޭއްވުމަށް ހިނގާ އިދާރީ ޚަރަދުގެ 80 މިލިއަނެއްހާ ރުފިޔާއެއްނޫން. ކޮންމެ އިންތިޚާބަކާ ދިމާކޮށް އެކިއެކިސަރުކާރުތަކުން، ދަތުރުފަތުރާއި ނުފޫޒުފޯރުވުމަށް ދައުލަތުގެ މާލިއްޔަތުން […]

ކޮމާންޑަރުގެ ސުވާލެއް ހެގުސެތަށް: މަހާނަ ގައު ތައްޔާރު ކޮށްފީމުތަ؟

ދުނިޔޭގެ ސުޕަރޕަވަރުގެ ގޮތުގައި ދަޢުވާ ކުރަމުން އަންނަ އެމެރިކާގެ ދިފާޢީ ވާޒީރު ޕީޓު ހެގްސެތު ނުދަންނަ މީހަކު މިހާރު މަދުވާނެތާއެވެ. ޚާއްސަކޮށް އިރާނާއެކު މިހާރު ސަލީބީ ގައުމުން ކުރަމުންދާ ހަނގުރާމައާ ބެހޭގޮތުން ”ފެންނެތް ބޮޑެތިކާށި“ ބިންނަން ޕޯޑިއަމަށް އަރަން ފެށުމުން މި ކާފަރުކަލޭގެ ކާފަރުކަން މިވަނީ މާބޮޑަށް އާންމުވެފައެވެ. އަމިއްލައަތުގައި ”ބޮޑު ކާފަރު“ މިހެންޖަހައިގެން ފަޚުރުވެރި ވަމުން އަންނަނިކޮށް އީރާނުން މިވަނީ ނުރައްކާތެރި ސުވާލެއްކޮށް އޭނާއަށް ”އިންޒާރެއް“ ދީފައެވެ. އީރާނުގެ އިންގިލާބީ ލަޝްކަރުގެ ވައިގެ ކޮމާންޑަރު ސައްޔިދު […]

ވޯޓުގެ ނަތީޖާ ނިކުންނަ ގޮތަކުން ޑިމޮކްރަސީ ނިމުމަކަށް އަތުވެދާނެ: ޑރ. ޖަމީލް

މުޅިރާއްޖޭގައި މާދަމާ ނަގާ ފެންނަ ނުފެންނަ ވޯޓަކީ އޭނާގެ ހަޔާތުގައި ނެގޭ އެންމެ މުހިންމު ވޯޓުކަމުގައި ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމްދު ވިދާޅުވެއްޖެއެވެ. އެ ވޯޓު މުހިންމުވާ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން ޑިމޮކްރަސީ ނިމުމަކަށް އަތުވެދާނޭ ކަމަށެވެ. ”މާދަމާ ނަގާ ވޯޓުގެ ނަތީޖާ އަންނަ ގޮތަކުން ދިވެހި ރާއްޖޭގެ ޑިމޮކްރަސީ ނިމުމަކަށް އަތުވެދާނެ،“ އޭނާ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ރައީސް ޑރ. މުއިއްޒު މިހާރުވެސް ވަނީ ރައްޔިތުންގެ […]

ޓެކްސީލައިން ތަޢާރަފްކޮށްފި، އާންމު ޓެކްސީތަކަށް ހުރަހެއް ނޯންނާނެ

މާލޭ ޓެކްސީލައިންގެ ޚިދުމަތް ރޭ ރަސްމީކޮށް ފަށައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި މިޚިދުމަތް ފަށްޓަވައު ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ 24 ގަޑިއިރުގެ ޚިދުމަތެކެވެ. މިކަމަށް 150 ކާރުވަނީ ގެނެސްފައެވެ. މީގެ ތެރޭގައި ތިން ސައިޒެއްގެ ކާރުތައް ހިމެނެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި ކާރުތަކެކެވެ. މި ޚިދުމަތަކީ މާލޭސަރަހައްދުން ޓެކްސީލިބުމުން ފަހަކަށް އައިސް ދަތިވެފައިވާތީ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށްޓެވި ކަމެކެވެ. މި ޚިދުމަތާއެކު ޓެކްސީ ލިބުމުގެ މައްސަލައަށް […]

ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ކުރީގެ ހަތަރު ރައީސަކު ދެކޮޅު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ރައްޔިތުންނަށް ފެނޭތޯ ”ފެންނަ ނުފެންނަ“ ވޯޓު މާދަމާ މުޅި ރާއްޖޭގައި ނަގާނެއެވެ. މި ކަމަށް އިލެކްޝަންސް ކޮމިޝަން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އެހެންނަމަވެސް ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ރާއްޖޭގެ ކުރީގެ 4 ރައީސަކު މިވަނީ ވިދާޅުވެފައެވެ. އެބޭފުޅުންނަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީނާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ […]