އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް ދިރުން ލިބޭނެ

އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ސިޓީސް، ލޯކަލްގަވަރމެންޓް، ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ. އެކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވާ ކަމަށެވެ. ”އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި […]
ފަލަސްތީނުގެ ދިހަހާސް ގައިދީންގެ ބަދަލުގައި އެމެރިކާގެ ޕައިލެޓު ދޫކޮށްލެވިދާނެ: އީރާން

އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގައި އިރާނުން އަތުލައިގެންފައިވާ ޕައިލެޓު ދޫކޮށްލުމުގެ ބަދަލުގައި އިޒްރޭލު ޖަލުތަކުގައި ހައްޔަރު ކޮސްފައިވާ ފަލަސްތީނުގެ ގައިދީންގެ ތެރެއިން ދިހަ ހާސް ގައިދީން މިނިވަން ކޮށްދިނުމުން އީރާނުގެ ބެލުމުގެ ދަށުގައިވާ އެމެރިކާގެ ޕައިލެޓު ދޫކޮށްލެވިދާނޭ ކަމަށް އީރާނުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. އެމެރިކާގެ ޕައިލެޓެއް ގެއްލިގެން ހޯދަމުންދާ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އެފަހުން އެ ގައުމުގެ ރައީސް ޓުރަމްޕު ވިދާޅުވެފައިވަނީ ބޮޑު އޮޕަރޭޝަނެއް ހިންގައި އެ ޕައިލެޓު ހޯދާފައިވާ […]
ރައްޔިތުން އިއްޔެ އެޅީ ބަދަލު ހިފުމުގެ ވޯޓެއް: މަލީހު

އިއްޔެ ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުގައި ރައްޔިތުން ނުކުމެ އެޅީ ބަދަލު ހިފުމުގެ ވޯޓެއް ކަމަށް ޕީއެންއެފްގެ ސެކްރެޓަރީޖެނެރަލް އަދި ކުރީގެ ކޮމިޔުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. އެކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ”އިއްޔެ ރާއްޖޭގެ ރައްޔިތުން ނިކުމެ އެޅީ ބަދަލުހިފުމުގެ ވޯޓެއް. މި ވޯޓުން އެންމެ ސާފުވި އެއްކަމަކީ މުއިއްޒުގެ އޮޅުވާލުމާއި ހީލަތްތެރިކަން ރައްޔިތުން ބަލައި ނުގަންނަކަން،“ އޭނާ ވިދާޅުވެފައިވެއެވެ. ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިނަށް އޮތް ތާއީދުގެ ބޭނުން […]
އަބަދުވެސް ހުންނާނީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅު މީހެއްގެ ގޮތުގައި: ޒަރިޔަންދު

މުސްތަގުބަލުގައި ވެސް ހުންނަވާނީ މާލޭސީޓީގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކަށް އިންތިހާއަށް ދެކޮޅު ހަދާ ބޭފުޅެއްގެ ގޮތުގައި ކަމަށް މާލޭސިޓީގެ މޭޔަރު ކަމަށް އަމިއްލަގޮތުން ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ. ”އަޅުގަނޑު މާލޭސިޓީގެ ރައްޔިތުންނަށް ކަށަވަރުކޮށް މިއަރުވަނީ ކުރިއަށްއޮތް މުސްތަގުބަލުގައި ވެސް އަޅުގަނޑު ހުންނާނީ ހަމަ މާލޭސިޓޫގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާމީހެއްގެ ގޮތުގައި ކަމާއި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކަށް އިންތިހާއަށް އިދިކޮޅު ހަދާމީހެއްގެ ގޮތުގައި،“ ސޯޝަލްމީޑިއާގައި އާންމުކުރައްވާފައިވާ ކުރު ވީޑިއޯއެއްގައި އޭނާ ވިދާޅުވެފައިވަނީ […]
ކާމިޔާބާ އެއްވަރަށް އުފުލަންޖެހޭ ޒިންމާވެސް ބޮޑުވާނެ: ފައްޔާޒު

އިއްޔެ ރާއްޖޭގައި ބޭއްވި އިންތިޚާބު ތަކުން އެމްޑީޕީއަށް ލިބުނު ކާމިޔާބީއާ އެއްވަރަށް އުފުލަންޖެހޭ ޒިންމާ ވެސް ބޮޑުވާނޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ގައުމީ މަޖިލީސްގެ މެންބަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މި ކާމިޔާބީއާއެކު މަސައްކަތް ކުރައްވާނީ ރައްޔިތުންާ ގުޅިގެން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކަންކަމަށް ހައްލު ހޯއްދެވުމަށް ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ދެ އިންތިޚާބާއި ފެންނަނުފެންނަ ވޯޓުގައި ރައްޔިތުން ވަނީ ސަރުކާރަށް ބޮޑުތަނުން […]
ސަރުކާރުން ދެން ކުރައްވަންވީ ކަމަކީ ސިޔާސަތުތަކަށް ބަދަލު ގެނައުން: އިބޫ

އިއްޔެ ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއިން ދައްކައިދެނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިވާކަން ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެޑުވައިޒަރު އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިނަތީޖާއިން ބުނެދެނީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ. ރައްޔިތުން މި އަދު އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ،“ އިބްރާހީމް މުޙައްމަދު ސާލިހު […]
ރައީސްގެ ދެކަނބަލުން މާދަމާ ޢުމްރާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒައި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާދާ ސަޢުދީޢަރަބިއްޔާއަށް ފުރައިވަޑައިގަންވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސްގެ ދެކަނބަލުން އެޕްރީލް ހަވަނަ ދިވަހު ސަޢޫދީއަށް ފުރައިވަޑައިގަންނަވަނީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ކަމަށެވެ. މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސަވައިފައި ކަމަށް ވެސް ރައީސް […]
އިންތިޚާބުގެ ނަތީޖާއަކީ އިސްލާހު ކުރަން ލިބޭ ފުރުސަތެއް: ޝިޔާމް

މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށް ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށާއި ޓީމުތަކަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ ކަމަށެވެ. މި އިންތިޚާބުގައި ބައިވެރިވެ ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނު ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންގެ ޓީމުތައް ކުރެއްވި މަސައްކަތާއި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”އިންތިޚާބު ކާމިޔާބުކަމާއެކު ނިންމާލުމަށް […]
މެދުއިރުމަތި ދޫކޮށް، އެމެރިކާ ފިލައި ރައްކާވަނީބާ؟

އެމެރިކާއާއި އިޒުރޭލު ގުޅިގެން، އީރާނަށް ދިން ޙަމަލާތަކާއި، ރައްދުގައި އީރާނުން ދިން ވަރުގަދަ ޙަމަލާތަކާއި، އަދި އޭގެ ފަހުން ޢާލަމީ ސިޔާސަތަށް އައި ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ ސިޔާސީ ޗާޓު މުޅިން ބަދަލުކޮށްލައިފިއެވެ. އެތައް އަހަރެއް ވަންދެން ދުނިޔޭގައި ޤާއިމުވެފައި އޮތް ނިޒާމު، މިހާރު ވަނީ ރޫޅި، ފޫވައް ވެއްޓިފައެވެ. ދުނިޔެ މިވަގުތު ހުއްޓި މިއޮތީ ވަރަށް ޚުޠޫރަތްތެރި ހަތަރު އަނގޮޅިއެއްގެ ކަންމަތީގައެވެ. އަދި ބާރުގެ ތަވާޒުނު މިދަނީ ވަރަށް ހަލުވި ކަމާއެކު ތަބުދީލު ވަމުންނެވެ. ދާދިފަހުން […]
ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް: ފައްޔާޒު

މި ސަރުކާރު ބަދަލު ކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އިއްޔެ ބޭއްވި އންތިޚާބުތަކުގައި އެމްޑީޕީ ހޯދި ކާމިޔާބީއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ މި ކާމިޔާބީއާއެކު ”ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މި ފެށުނީ،“ ކަމަށެވެ. ”މިއަދުގެ (އިއްޔެ) ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ދިވެހި ރައްޔިތުން ވަނީ ރައީސް މުއިއްޒަށް ސާފުކޮށް ނޫނެކޭ ބުނެފަ. ސަރުކާރު […]
