އަލުން ހޮރުމުޒުކަނޑުއޮޅި ބަންދު ކުރަންޖެހިދާނެ: އިރާން

ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުމާ އިޒްރޭލުން ޚިލާފުވަމުންދާ ކަމަށް ބުނެ އަލުން ހޮރުމުޒު ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން ތައްޔާރުވަމުންދާ ކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ. ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގައި އިއްޒްރޭލުން ލުބުނާނަށާއި ފަލަސްތީނަށް ހަމަލާ ދީގެން ނުވާވާނޭ ކަމަށް އީރާނުންވަނީ ބުނެފައެވެ. އެހެންނަމަވެސް އެއާ ޚިލާފުވެ އިޒްރޭލުން ގެންދަނީ ލުބުނާނަށް ހަމަލާ ދެމުން ކަމަށް އީރާނުން ބުނެއެވެ. އީރާނުން މިހެން ބުނެފައިވިޔަސް އީޒްރޭލުން ބަނަނީ ހަނގުރާމަ ހުއްޓާލުމާއި ލުބުނާނަނަށް ހަމަލާދިނުމާ ގުޅުމެއްނެތް […]
އިޒްރޭލުގެ މެންބަރަކު ޓްރަމްޕަށް މަލާމާތްކޮށްފި

އީރާނާއެކު ހަނގުރާމަ މެދުކަނޑާލުމަށް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުމާ ގުޅިގެން، ދުނިޔޭގެ މަސްލަހަތު ނަގާލުމަށް މަސައްކަތްކުރާ އިޒްރޭލުގެ ޕާލަމެންޓުގެ މެންބަރެއް ކަމަށްވާ ޒްވިކާ ފޯގަލް ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް މަލާމާތްކޮށްފައެވެ. ޒްވިކާ ފޯގަލް ކުރި ޓްވީޓެއްގައި ޓްރަމްޕް ސިފަކޮށްފައިވަނީ ”އަސްދޫންޏެއް“ (duck) ގެ ގޮތުގައެވެ. ދުނިޔޭގެ އިގްތިސާދު ފުނޑާލައި، ގައުމުތަކުގެ މެދުގައި ފިތުނަ އުފައްދަން ބޭނުންވާ އިޒްރޭލުގެ މިފަދަ ވެރިންނަށް، ސުލްހައިގެ އެއްވެސް ފިޔަވަޅަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން މި އަމަލުން ހާމަވެއެވެ. ނަމަވެސް، މި ޓްވީޓާ […]
ސައްޕެ އެމްޑީޕީ ޗެއަރޕާސަން ކަމަށް ވާދަ ކުރައްވަނީ

ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ސާލިހާ ގުޅިގެން މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ފައުންޑަރިން މެންބަރެއް ކަމަށްވާ އަޙުމަދު ޝަފީގު (މީމު ސައްޕެ) އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިއްލަވާނޭ ކަމަށް އަނެއްކާވެސް ވިދާޅުވެއްޖެއެވެ. އެމްޑީޕީގައި މިވަގުތު ހުންނެވީ ވަގުތީ ޗެއަރޕާސަނެކެވެ. ދާއިމީ ޗެއަރއެއް ހޮވުމަށް އިންތިޚާބަށް ހުޅުވާލުމުން ރަސްމީކޮށް އެމަގާމަށް ކުރިމަތި ލައްވާނޭ ކަމަށް މީގެކުރިން ވެސް ސައްޕެވަނީ ވިދާޅުވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ޗެއަރޕާސަންގެ މަގާމަށް އޭނާ ހޮއްވަވައި […]
އިންސާނާ ބަދަލުވޭ!

ޢަބްދުލްމަލިކު އިބުނު މަރުވާނަކީ އުމަވީ ޚާންދާނުގެ ފަަސްވަނަ ޚަލީފާއެވެ. ޚަލީފައަކަށްވެ ވަޑައިގަތުމުގެ ކުރިން، އޭނާ ބެލެވުނީ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރެއިން އެއް ބޭފުޅެއްގެ ގޮތުގައެވެ. އޭނާ ގިނަ ވަގުތު ހޭދަކުރެއްވީ މިސްކިތްކޮޅުގައެވެ. އަޅުކަންކުރެއްވުމާއި، ދީނީ ޢިލްމު ދަސްފުޅު ކުރެއްވުމުގައި ގިނަ ވަގުތު ހޭދަކުރެއްވެވިއެވެ. މީސްތަކުން އޭނާއަށް މުޚާޠަބު ކުރައްވަނީ ”ހައްމާމަތުލް މަސްޖިދު“ ނުވަތަ މިސްކިތު ދޫނީގެ ނަންފުޅުންނެވެ. ހިޖުރައިން 65 ވަނަ އަހަރު، އޭނާގެ ބައްޕާފުޅު މަރުވާން ބިން އަލް ޙަކަމް އަވަހާރަވީއިރު، އޭނާ އިންނެވީ […]
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން ޣަފޫރު ވަކިކުރަން ޕެޓިޝަނެއް

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަނަކަށް ހުންނެވި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުލް ޣަފޫރު މޫސާ ޗެއަރޕާސަން ކަމުން ވަކިކުރުމަށް އެދި މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓިޝަނުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން 55 މެންބަރުން ވަނީ ސޮއި ކުރައްވައިފައެވެ. ”އިތުރު މެންބަރުން ބޭނުންވޭ ސޮއި ކުރަން. އެކަމަކު އޭގެ ތެރެއިން ގިނަ މެންބަރުންނަކީ މާލޭއިން ބޭރުގައި މިވަގުތު ތިއްބެވި މެންބަރުން،“ ޕެޓިޝަނުގައި ސޮއި ކުރެއްވި މެންބަރަކު ވިދާޅުވިއެވެ. މި ޕެޓީޝަނުގައި ސޮއިކުރައްވާފައިވަނީ ކުރީގެ […]
އެންމެ ފަހުން ޓްރަމްޕަށް ޖެހުނީ އީރާނުގެ ހުށަހެޅުން ގަބޫލުކޮށް ހަތިޔާރު ބަހައްޓަން

ސަލީބީންނާއި ސަހުޔޫނީން އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ވަނަ ދުވަހު ފެށިގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. މި ހަނގުރާމަ ހުއްޓާލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް އީރާނަށް ދެއްވި ބިރުވެރި އަދި ފަނާ ކުރުވަނިވި އިންޒާރުތަކަށް އީރާނުން ދީލާނުލުމުންނެވެ. ޓްރަމްޕް ހަތިޔާރު ބެހެއްޓީ އޭނާ ދެއްވާ އިންޒާރަކަށް ދައްކަވާ ބިރަކަށް އީރާނު ނުގުޑާނޭކަން ކަށަވަރު ވުމުންނެވެ. ހަނގުރާމަ މެދުކަނޑާލުމަށް ފަހު އިރާނާއި އެމެރިކާވަނީ ހުކުރުދުވަހު ޕާކިސްތާނުގައި ސުލްހައިގެ ވާހަކަތައް ބޭއްވުމަށް އެއްބަސް ވެސް ވެގެންނެވެ. ޓްރަމްޕު […]
އެސްޓީއޯއިން ގޭސްޝިޕްމެންޓެއް ގެނެސް ވިއްކަން ފަށައިފި

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭސް ޝިޕްމެންޓެއް އިއްޔެ ރާއްޖެއަށް ގެނެސްފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. އެ ޝިޕްމަންޓު މިހާރު ވަނީ އާންމުކޮށް ވިއްކަން ފަށައިފައެވެ. މި ޝިޕްމެންޓު ލިބުމުން ގޭސް ލިބުމަށް ދިމާވި ދަތިކަން މިހާރުވަނީ ފިލައިފައި ކަމަށް ވެސް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ. އެ ދަތިކަން ހައްލުކޮށް އެކުންފުނީން ދިހަ ކިލޯގެ ގޭސް ފުޅި މިހާރު ލިބެންހުންނާނޭ ކަމަށް ވެސް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ. ”ގޭހުގެ އައު ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށް […]
ފީނަން ފޭބި ނޭޕާނުގެ މީހަރު މަރުވެއްޖެ

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް މީހަކު މަރުވެއްޖެއެވެ. އޭނާ ފީނަންދިޔަ ފަހުން ޚަބަރެއް ނުވެގެން މިއަދު ހެނދުނު 06:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހަށް ރިޕޯޓު ކުރުމާއެކު ވިލިމާލެ ޕޮލިހާއި، މެރިން ޕޮލިސް ގުޅިގެން އޭނާ ހޯދަން މަސައްކަތް ފެށިއެވެ. އެ މަސައްކަތުން އެ މީހާ ފެނިފައިވަނީ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މީހާ ނިޔާވީ މޫދުން ނަގައިގެން ވިލިމާލެ ހޮސްޕިޓަލަށް […]
