ޢުމްރާގެ އަޅުކަމަށްފަހު ރައީސްގެ ދެކަނަބަލުން މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަތީ މިހިނގާ އެޕްރީލު މަހުގެ 6 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
އަލްބަރޓް ޕައިކުގެ، ބޮޑު ތިން ހަނގުރާމައިގެ ރޭވުން

1958 ވަނަ އަހަރު ފޮތެއް ލިޔެ ޗާޕްކުރެވުނެވެ. ފޮތުގެ ނަމަކީ ”ޕޯންސް އޮފް ދި ގޭމް“ އެވެ. އެ ފޮތުގެ މުސައްނިފަކީ ކެނެޑާގެ ނޭވީ އޮފިސަރެއް ކަމަށްވާ ވިލިއަމް ގައި ކާރު އެވެ. އެފޮތުގައި ވިލިއަމް، ސިޓީއެއްގެ ވާހަކަ ބަޔާން ކޮށްފައިވެއެވެ. އޭނާ، އިނގިރޭސިވިލާތުގެ ލަންޑަނުގެ ދާރުލްއާސާރުގެ ކުތުބުޚާނާއިން، އެ ސިޓީ ދުށްކަމަށް ލިޔެފައިވެއެވެ. ވިލިއަމްގެ ފޮތް ޗާޕްކޮށްގެން ނުކުތުމާއެކު، އޭގެފަހުން އެ ސިޓީ އެއްވެސް މީހަކަށް ފެނިފައި ނުވެއެވެ. އެ ހިސާބުން އެ ސިޓީ ގެއްލިއްޖެއެވެ. […]
އައްބާސް އަރަގްޗީ: ކުރުކޮށް ފޮނިކޮށް ވާހަކަދައްކަވާ ކެތްތެރި ބޭފުޅެއް!

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއަށް އޮންލައިން މަންސަތަކުގައި ލިބެމުންދާ ސަމާލުކަން ވަރަށް ބޮޑަށް އިތުރުވެ، އޭނާގެ ތަޤުރީރުތަކާއި އިންޓަވިއުތައް މީސްމީޑިއާގެ އެކި މަންސަތަކުގައި ދަނީ ފެތުރެމުންނެވެ. އޭނާ ދައްކަވާ ވާހަކަފުޅުތަކުގެ ކުރު ވީޑިއޯތަކާއި މުހިންމު ބައިތައް ގިނަ ބަޔަކު ހިއްސާކުރަމުންދާއިރު، މިއީ އާންމު ސިޔާސީ ދާއިރާގެ ބޭރުންވެސް ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދާ ކަމެކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާގެ މަޤުބޫލުކަން އިތުރުވަމުންދާ މައިގަނޑު ސަބަބަކީ ވާހަކަދެއްކުމުގައި ގެންގުޅުއްވާ ކެތްތެރިކަމާއި ސާބިތުކަމެވެ. އޭނާގެ މުއާސަލާތީ […]
އީރާނުގެ ވަފުދުގެ މެންބަރުން އަވަހާރަށްކޮށްލަން ހިތްވަރުދެނީ

ޕާކިސްތާނުގައި މިހާރު ކުރިއަށްދާ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ކަމަށްވާނަމަ މަޝްވަރާގައި ބައިވެރިވާ އީރާނުގެ އިސްވެރީން އަވަހާރާކޮށްލަން ބައެއް ފަރާތްތަކުން އެމެރިކާއަށް ލަފާދޭ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމައިލް ބަޣާއީ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ އެމެރިކާއަށް މިގޮތަށް ލަފާދެނީ އެގައުމުގެ މީޑިއާއި އެގައުމުގެ ސިޔާސަތުތަކާ ގުޅުން އޮންނަ ފަރާތްތަކުން ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ މިއީ ބިރުވެރި ކަމާއި އަނިޔާވެރިކަމެއް ކަމަށެވެ. މިދެވެނީ ގަސްތުގައި ބަޔަކު މަރާލުމުގެ އިންޒާރު ކަމަށް ވެސް […]
އީރާނުން ހޮރްމުޒު ކަނޑުއޮޅު ހުޅުވަންޖެހޭ: މެކްރޯން

އީރާނުގެ ރައީސް ފްރާންސްގެ ޕެޒެޝްކިއަންއަށް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވައިފި ކަމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ. އިސްލާމްއާބާދުގައި މިއަދު ފެށި މަޝްވަރާތަކުން ލިބިފައިވާ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިއްޕެވުމަށް ޕެޒެޝްކިއަންއަށް އިލްތިމާސް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއާއެކު ސޯޝަލްމީޑިއާ ޕްލެޓު ފޯމް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި މެކްރޮން ވިދާޅުވެފައިވަނީ އީރާނުން ވީހާވެސް އަވަހަކަށް ސްޓްރޭޓް އޮފް ހޮރްމުޒް ކަނޑުއޮޅި ހުޅުވަންޖެހޭ ކަމަށެވެ. އަދި އެތަނުން ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި ރައްކާތެރިކަން […]
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ލުބްނާން ވެސް ހިމަނަން ޖެހޭ: ޕްރޮފެސަރ އިގްބާލް

އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ލުބްނާން ވެސް ހިމަނަން ޖެހޭނޭ ކަމަށް ޕާކިސްތާނުގެ ޕްލޭނިން އެންޑް ޑިވެލޮޕްމެންޓް އެންޑް ސްޕެޝަލް އިނިޝިއޭޓިވްސް މިނިސްޓަރު ޕްރޮފެސަރ އަހްސަން އިގްބާލް ވިދާޅުވެއްޖެއެވެ. ބީބީސީގެޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޕާކިސްތާނުން ގަބޫލުކުރާ ގޮތުގައި ހަނގުރާމަ ހުއްޓާލެވޭނީ އޭގައި ހިމެނޭ ހުރިހާ ދިމާއަކުން (މުޅި ޕެކޭޖު) ހުއްޓުވައިގެން ކަމަށެވެ. ”މި ސަރަހައްދުގައި އެއްފަޅީގައި ލޭ އޮހުރުވަމުން އަނެއްފަޅީގެ ވާހަކަ ނުދެއްކޭނޭ. އަޅުގަނޑު ދެކޭ ގޮތުގައި އިޒްރޭލުން […]
މަޝްވަރާއަށް އޮތީ އުންމީދެއް، އިތުބާރެއްނެތް: ޤާލިބާފް

އެމެރިކާއާއެކު ބާއްވާ ސުލްހައިގެ މަޝްވަރާއަށް އޮތީ އުންމީދެއް ކަމަށާއި އެމެރިކާއަށް އިތުބާރެއް ނުކުރެވޭ ކަމަށް އީރާނުގެ ވަފުދުން ވިދާޅުވެއްޖެއެވެ. މި ވަފުދުގެ އެންމެ އިސްލީޑަރު މުހައްމަދު ބާޤިރް ޣަލިބާފް ޕާކިސްތާނުގެ އިސްލާމްއާބާދު އެއާޕޯޓުގައި ހުންނަވައިގެން ރޭ ވިދާޅުވީ އެބޭފުޅުންގެ ވަފުދުގައި ހިތްސާފުކަމާއި އުންމީދެއް އޮތަސް އެމެރިކާއާއި އެގައުމުގެ ބައިވެރިންނާމެދު އިތުބާރެއް ނެތްކަމަށެވެ. ޤާލިބާފް ވިދާޅުވީ އެމެރިކާ އިންވެސް ހަގީގީ އެއްބަސްވުމަކަށް ތައްޔާރުވާންޖެހޭނޭ ކަމަށެވެ. އެފަދަ ތައްޔާރީތަކެއް އިތުބާރާއެކު އެމެރިކާއިން ވެއްޖެ ކަމަށްވާނަމަ، އީރާނަށް ވެސް މިކަންކަން ފަސޭހަކަމާއެކު […]
ބޮޑުމަޝްވަރާއަށް ތައްޔާރު: ތިންސަތޭކައާއި އެކާހަތްތެރީގެ ތަފާތު ފެންނާނެ!

އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ސުލްހައިގެ މަޝްވަރާ ތަކަށް ދެގައުމުންވެސް ތައްޔާރު ވެއްޖެއެވެ. މަޝްވަރާތައް ބާއްވާ އަދި މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދޭ ޕާކިސްތާނުން ވެސް ވަނީ ތައްޔާރު ވެފައެވެ. މި މަޝްވަރާތަކަށް އީރާނުގެ ވަފުދު ވަނީ ރޭގެ ވަގުތެއްގައި ޕާކިސްތާނުގެ އިސްލާމްއާބާދަށް ވަޑައިގެންފައެވެ. އެމެރިކާ ވަފުދުގެ ބައެއް މެންބަރުންވެސް ވަނީ ވަޑައިގެންފައެވެ. މި ދެ ގައުމުގެ ދެ ވަފުދުގެ އެންމެ ބޮޑު ތަފާތަކީ އަދަދެވެ. އެމެރިކާ ވަފުދުގައި 300 މެންބަރުން ހިމެނެއެވެ. އެއީ މަޝްވަރާގައި ބައިވެރިވެ […]
އީރާނުގެ ވަފުދުގައި ޓެކްނިކަލް ތަޖުރިބާކާރުން ވެސް ހިމެނޭ

އެމެރިކާއާއެކު ޕާކިސްތާނުގައި ބާއްވާ މަޝްވަރާތަކަށް އީރާނުން ވަޑައިގެންނެވި ވަފުދަށް ޕާކިސްތާނުން ހޫނު މަރުހަބާއެއް ކިޔަވައިފިއެވެ. އީރާނުގެ ރޭ ޕާކިސްތާނަށް ވަޑައިގެންނެވުމުން ވަފުދަށް ޕާކިސްތާނުން މަރުޙަބާ ދެންނެވީ އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި، ފޮރިން މިނިސްޓަރ ސެނެޓަރ އިސްޙާޤު ދާރާއި، ޗީފް އޮފް ޑިފެންސް ފޯސަސް އަދި ޗީފް އޮފް އަރމީ ސްޓާފް ފީލްޑް މާޝަލް އާސިމް މުނީރާއި، ޕާލަމެންޓްގެ ރައީސް ސަރުދާރު އަޔާޒް ސާދިގާއި އިންޓީރިއަރ މިނިސްޓަރ މުހުސިން ނަގުވީ އެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ […]
