އީރާނަށް ފީދައްކާ އުޅަނދުފަހަރަށް ރައްކާތެރި ކަމެއްނެތް: ޓްރަމްޕް

އީރާނަށް ފީއެއް ދައްކައިގެން ބައިނަލްއަގުވާމީ ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރު ހޯދައި އެމީހުންލައްވައި އެފީދެއްކުން ހުއްޓުވަން އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަންގާފައިވާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ”ގަވާއިދާ ޚިލާފަށް ޓޯލް ދައްކާ އެއްވެސް މީހަކަށް ކަނޑުމަތީގައި ރައްކާތެރިކަމާއެކު ދަތުރު ކުރެވޭނެ ގޮތެއް ނޯންނާނެ. އަދި ކަނޑުއޮޅީގައި އީރާނުން އަޅާފައި ހުރި މައިންތައް ނައްތާލުމުގެ މަސައްކަތް ވެސް ފަށާނަން. އަހަރެމެންނަށް ނުވަތަ ސުލްހަވެރި އުޅަނދުތަކަށް އީރާނުން ހަމަލާދީފިނަމަ އީރާން ”ނަރަކައަށް“ ފޮނުވާލާނަން،“ ޓްރަމްޕް ވިދާޅުވިއެވެ. އީރާނުން […]
ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމަށް އެމެރިކާ ސިފައިންނަށް އަމުރުކޮށްފި

މިހާރު އީރާނުން ކޮންޓްރޯލް ކުރުމުންގެންދާ ހޮރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމުރު ކޮށްފި ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ. ޓްރަމްޕު ބޭނުންފުޅުވަނީ އޭނާގެ އަރާއިބާރު ދުނިޔެއަށް ދައްކަވައިގެން މުޅިދުނިޔެ އޭނާގެ މުށުތެރެއަށް ލައްވާށެވެ. ހޮރްމުޒު ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އީރާނުގެ އުޅަނދުފަހަރަށް ވެސް އެތަނާ ގާތްވިޔަނުދިނުމަކީ ޓްރަމްޕުގެ މަގުސަދެވެ. ޓްރޫތް ސޯޝަލް ގައި އޭނާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ އެންމެބާރުގަދަ އެންމެ ކުޅަދާނަ ކަނޑުގެ ސިފައިން […]
މައިން ސާފުކުރާ އުޅަނދުފަހަރު އިނގިރޭސީން، ހޮރުމުޒު ކަނޑުއޮޅިއަށް ފޮނުވަނީ

އިނގިރޭސިވިލާތާއި އެކުވެރި ބައެއް އެހެން ގައުމުތަކުން ހޮރްމުޒު ކަނޑުއޮޅިއަށް މައިންސާފުކުރާ އުޅަނދު ފަހަރު ފޮނުވާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ފޮކްސް ނިއުސްއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިނގިރޭސިވިލާތާއި އެހެން ބައެއް ގައުމުތަކުން އެސަރަހައްދަށް އެފަދަ އުޅަނދު ފަހަރު ފޮނުވާނޭ ކަމަށެވެ. އެހެންނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެން ގައުމެއްގެ ނަމެއް އޭނާ ވިދާޅެއް ނުވެއެވެ. އެމެރިކާ އަސްކަރިއްޔާގެ ސެންޓްކޮމް އިން ހޮނިހިރު ދުވަހު ބުނީ މައިންތައް ސާފުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އީރާނަށް އެކަން […]
މުހޫޒީގެ ދެޑިމާންޑެއް ތުރުކީއަށް: އެންމެ ރީތި އަންހެނާއި، އެއްބިލިއަން ޑޮލަރުދީ

ޔުގެންޑާގެ އަސްކަރީ ވެރިޔާ، ޖެނެރަލް މުހޫޒީ ކައިނެރުގާބާ، ތުރުކީވިލާތަށް އާދަޔާ ޚިލާފު ދެ ޑިމާންޑެއް ކޮށްފިއެވެ. ދެ ޑިމާންޑުވެސް އޭނާ ކުރެއްވީ ސޯޝަލް މީޑިއާގައެވެ. ފުރަތަމަ އޭނާކޮށްފައިވާ ޑިމާންޑަކީ ސޯމާލިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ޔުގެންޑާގެ ސިފައިން ކުރަމުންދާ މަސައްކަތުގެ ބަދަލުގައި ތުރުކީން 1 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށެވެ. ދެވަނަ ޑިމާންޑެއްގެ ގޮތުގައި އޭނާ ހުށަހަޅާފައިވަނީ ތުރުކީވިލާތުގައި އިން ”އެންމެ ރީތި އަންހެން މީހާ“ އޭނާއާ ކައިވެނިކޮށްދިނުމަށެވެ. މިއީ މަޖާޒީ ގޮތެއްގައި އޭނާ ކުރެއްވި ޕޯސްޓެކެވެ. […]
ދަރިވަރަކު މުދައްރިސަކަށް ހަމަލާދީ ޒަޚަމް ކޮށްފައިފި

ގދ. ގައްދޫގައި ހުންނަ އެއަތޮޅު، އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ މަދަރުސާގެ ދަރިވަރަކު އަނިޔާކޮށްފިއެވެ. މިއަނިޔާގައި އޭނާއަށް ވަނީ ގައްދޫ ސިއްހީމަރުކަޒުގައި ފަރުވާދީފައެވެ. ފުލުހުން ވިދާޅުވީ އެ މުދައްރިސަށް އިތުރުފަރުވާ ދިނުމަށް މިހާރުވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލު ބަދުކޮސްފައި ކަމަށެވެ. މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 12 ވަނަ ދުވަހުގެ 11:46 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރު […]
ހަތަރު މިލިއަން ރުފިޔާގެ މައްސަލަ މިދަނީ ބަލަމުން: ފުލުހުން

މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަހަރުގެ މާރިޗު ސޯޅަވަނަ ދުވަހު ހަވީރު 17:49 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ އެޕާޓުމެންޓުން ޖުމުލަ 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި މައްސަލާގައި […]
ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އެމެރިކާ އަދި އީރާނުގެ މަޝްވަރާތައް!

ފުރަތަމަ ހީކުރެވިފައިއޮތީ އެމެރިކާއަކީ ހަނގުރާމައިގައި ކާމިޔާބު ހޯދި ފަރާތް ކަމަށް ބުނެ، މަޝްވަރާތަކުގައި އީރާނަށް ޝަރުތުތަކެއް ލާޒިމުކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އީރާނުން، އެމެރިކާއަށް މަޖުބޫރުކުރީ ހަމަހަމަ ޝަރުތުތަކެއްގެ މަތިން މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ. މަޝްވަރާތަކުގައި ކުޅޭނެ އެންމެ ވަރުގަދަ ކާޑު ކަމަށްވާ ހުރުމޫޒު ކަނޑުއޮޅީގެ ކާޑު އޮތީ އީރާނުގެ އަތުގައި ކަމުން، މަޝްވަރާތަކުގައި އެމެރިކާގެ ނުފޫޒުވަނީ ގެއްލިފައެވެ. މުޢާމަލާތް ކުރުމުގެ ފުޅާދާއިރާއެއްގެ ތަޖުރިބާ އީރާނުގެ ވަފުދަށް ލިބިފައިވާއިރު، މުޢާމަލާތް ކުރުމުގެ ތަޖުރިބާ އެމެރިކާގެ ވަފުދުގެ […]
ރާއްޖޭގެ ރިސޯޓެއްގެ ރެސްޓޯރެންޓުގައި އަލިފާން ހިފައިފި

ނ. އަތޮޅުގެ ރިސޯޓެއްކަމަށްވާ ”ސޮނޭވާ ޖަނި ރިސޯޓު މޯލްޑިވްސް“ ގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ ފުލުހުންނާއި އެމްއެންޑީއެފާއި އެ ރިސޯޓު މުވައްޒަފުން ގުޅިގެން ކުރި މައްސަކަތުން މިހާރުވަނީ އަލިފާން ކޮންޓްރޯލްވެފައި ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 2026 އޭޕްރީލް 12 ވަނަ ދުވަހުގެ މެންދުރު ފަހު 14:04 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. […]
މެންބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ސ. ހިތަދޫ އުތުރުދާއިރާގެ، ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެކަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ. އެ ކޯޓުން މިގޮތަށް ހުކުމް ކުރެއްވީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޢާއިޝާ ޝުޖޫން އެވެ. ދެން ތިއްބެވީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި، ފަނޑިޔާރު، ޑރ. މުޙައްމަދު އިބްރާހީމާއި، ފަނޑިޔާރު، ޙުސައިން ޝަހީދާއި، ފަނޑިޔާރު، ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު މުޙައްމަދު ސަލީމެވެ. އޭނާގެ […]
އީރާނުގެ ކުރިމަތީގައި ޓްރަމްޕު ”ސައިޒު“ ވީ ކީއްވެ؟

ދުނިޔެ ހީކުރީ އެމެރިކާގެ ބިރުދެއްކުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި އީރާނުން ކުޑަކަކޫ ޖަހާނެ ކަމަށެވެ. ނަމަވެސް ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ޓްރަމްޕުގެ ހަރުކަށި ބަސްމަގާއި އިންޒާރުތަކުން އީރާނުގެ އަޒުމަކަށް ބަދަލެއް ނުގެނެވުނެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ އިސްލާމީ އުންމަތުގެ ހިތްވަރުގަދަ މުޖާހިދުންގެ ސާބިތުކަމެވެ. މުސްލިމުންނަކީ މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބިރުގަންނަ ބައެއް ނޫނެވެ. މިއީ ހަމައެކަނި ބަހެއް ނޫނެވެ، މިއީ އަމަލުން ދައްކަމުންދާ ހަގީގަތެކެވެ. އީރާނުގެ މި ޖެހިލުންކުޑަ ކަމާއި، […]
