އެއްދޮނުގައި ތިންބުޅި!

މަސްރަޙު ދިރާސާކުރާ ފަރާތްތަކުންނާއި މީޑިއާގައި ދައުރުވާ ފޮޓޯތަކަށް ބަލާއިރު، އީރާނުން މިހާރު ކުޅެމުންދާ ސިޔާސީ ”ޗެސް“ ކުޅިގަނޑަކީ ވަރަށް ބޮޑު ރޭވުމެއްގެ ތެރެއިން ކުރިއަށްދާ ކަމެއްކަން ފާހަގަކުރެވެއެވެ. މިކަން ކާމިޔާބުވެއްޖެނަމަ، މިއީ ހަމަ ހަގީގަތުގައިވެސް އެއްދޮނުގައި ތިންބުޅި ޖެހުން ކަހަލަ ކަމެކެވެ. އީރާނުގެ މި ސްޓްރެޓެޖީގެ ތިން އަމާޒަކީ: ހޮރުމޫޒު ކަނޑުއޮޅި: ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ހިތް ކަމަށްވާ ހޮރުމޫޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ހޯދައި، އިގްތިސާދީ ގޮތުން ހުޅަނގުގެ ބާރުތަކަށް ނުފޫޒު ފޯރުވުން. ހަނގުރާމައިގެ […]
މަޝްވަރާ ނާކާމިޔާބު ވުމަކީ ހިތާމަހުރި ކަމެއް: ވޮންގް

އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވުމަކީ ހިތާމަހުރި ކަމެއް ކަމަށް އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މުހިންމީ ހަނގުރާމައެއްނޫން ކަމަށެވެ. އެންމެ މުހިންމު ކަމަކީ ހަނގުރާމަ ހަނގުރާމަ ހުއްޓާލުމަށް ފަހު މަޝްވަރާއަށް ރުޖޫއަވުން ކަމަށް އޭނާ ވިދާޅުވިއެވެ. ”އަޅުގަނޑުމެން ބޭނުންވަނީ މި މައްސަލައަށް އަވަސް ހައްލެއް ހޯދުން،“ އޭނާ ވިދާޅުވިއެވެ. ހަނގުރާމައިގެ ސަބަބުން ހަމަނުޖެހުން އިތުރުވެ ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ […]
ހަނގުރާމަ ހުއްޓާލުމަށް ޕާކިސްތާނުން ގޮވާލައްވައިފި

އެމެރިކާއާއި އީރާނާ ދެމެދު ހުއްޓާލައިފައިވާ ހަނގުރާ އަލުން ނުފެށުމަށާއި ހަގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރް އީރާނާއި އެމެރިކާއަށް ގޮވާލައިފިއެވެ. އެދެގައުމުގެ މެދުގައި ސުލްހަ ގާއިމް ކުރުމަށް ޕާކިސްތާނުގައި ބޭއްވި ވިހިގަޑިއިރުގެ މަޝްވަރާ ވަނީ އެއްބަސްވުމަކަށް ނާދެވި ނިމުމަކަށް އައިސްފައެވެ. ކުރިއަށްއޮތް ތާނގައިވެސް އެދެގައުމުން ތާއިދު ކުރަންޖެހޭނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކަމަށްވެސް ވިދާޅުވިއެވެ. މި ހަނގުރާމަ ހުއްޓާލުމަށް ދެގައުމުން ވެފައިވާ ވައުދުތަކަށް ހުރުމަތްތެރިކޮށް ހިތައި އެކަން ދެމެހެއްޓުމަކީވެސް ވަރަށް މުހިންމު […]
އީރާނުގެ ހައްގުތަކާއި މަސްލަހަތު އެމެރިކާއިން ބަލައިނުގަތް: އީރާން

ޕާކިސްތާނުގައި ނިމިގެންދިޔަ ސުލްހައިގެ މަޝްވަރާތަކުގައި އީރާނުގެ ހައްގުތަކާއި މަސްލަހަތުތައް އެމެރިކާއިން ބަލައިގަނެފައި ނުވާކަމަށް އީރާނުން ބުނެފިއެވެ. މަޝްވަރާތައް ކާމިޔާބުކުރަން ބޭނުންވިނަމަ އެކަންކަން އެމެރިކާއިން ބަލައިގަތީސް ކަމަށް ވެސް އީރާނުގެ ފޮރިންމިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޤާއީ ވަނީ ސޯޝަލް މީޑިއަށް ދޫކޮށްލި މެސެޖެއްގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މަޝްވަރާތައް ދިޔައީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގެ ކާމިޔާބީ ބިނާވެފައިވީ އެމެރިކާގެ ސީރިއަސްކަމާއި ހެޔޮނިޔަތުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭގެ ބަދަލުގައި އެމެރިކާގެ ނިޔަތާމެދުވެސް ބަޤާއީ ވަނީ […]
މަޝްވަރާ ކާމިޔާބެއްނުވި، އެހެންވީ އެމެރިކާގެ ޝަރުތުތައް އީރާނުން ގަބޫލު ނުކުރުމުން: ވެންސް

އެހެން ގައުމުތަކުގެ މައްޗަށް އަމުރުކުރުމަށް އެމެރިކާ ގެންގުޅޭ ހިޓްލަރު އުސޫލުގެ ސަބަބުން ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާ ކާމީޔާބަކާ ހަމައަށް ނާދެވި ނިންމާލައިފިއެވެ. އެމެރިކާ ވަފުދުގެ ވެރިޔާ މަޝްވަރާއަށްފަހު ވޮޝިންޓަނަށް ފުރައިވަޑައިގެންނެވުމުގެ ކުރިން ވިދާޅުވީ މަޝްވަރާއިން ނަތީޖާއެއް ނުނެރެވުނީ އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސް ނުވުމުން ކަމަށެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމެރިކާ އިން ”ރެޑް ލައިންސް“ އީރާނަށް ސާފުކޮށްދިން ކަމަށެވެ. އެހެންނަމަވެސް އީރާނުން އެ ޝަރުތުތަކަށް އެއްބަސް […]
މަޝްވަރާތައް އިތުރުގަޑިތަކަށް ކުރިއަށްދާނެ

ޕާކިސްތާނުގައި މިހާރުކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް އިތުރުގަޑިތަކަށް ކުރިއަށްދާނޭ ކަމަށް އީރާނުގެ ފާރސް ނިއުސް އިން ބުނެފިއެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ދެފަރާތަށް ވެސް އެއްބަސްވުމަކާ ހަމައަށް އާދެވިފައެއްނެތެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޕާކިސްތާނުގެ ހުށަހެޅުމަށް މަޝްވަރާ ކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެވެސް ކާމިޔާބުވުން ވަރަށް ދުރުކަމަށް މީޑިއާއިން ބުނެއެވެ. ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ގަޑިން މިހާރު ފަތިހު 4:19 ވީއެވެ. ނޫސްވެރިން ފާރަލަމުން ގެންދަނީ މި މަޝްވަރާއިން ނެރޭނެ ނަތީއަކަށެވެ.
