އީރާނު ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގައިި ދެމިތިބޭނޭ ކަމަށް ވައުދުވެއްޖެ

އީރާނުގެ ރައްޔިތުންގެ މަސްލަހަތު ދިފާއު ކުރުމަށް ތައްޔާރަށް އެގައުމުގެ އަސްކަރިއްޔާ ދެމިއޮންނާނޭ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) އިން ވިދާޅުވެއްޖެއެވެ. އެސްއެންއެސްސީގެ ސެކްރެޓޭރިއަޓުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ހަނގުރާމަ ފެށުނތާ ހަފްތާއެއް ފަހުން އެމެރިކާ ސިފައިން ހަނގުރާމަ ހުއްޓާލުމަށް މެސެޖުތައް ފޮނުވަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކަން ހަގީގަތަކަށް ވާނީ މަޝްވަރާގެ އޮނިގަނޑެއްގެ ގޮތުގައި އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުން އެމެރިކާގެ ރައީސް ގަބޫލު ކުރެއްވުމުން ކަމަށް އެ ބަޔާނުގައިވެއެވެ. […]

އިޒްރޭލުގެ ސާޅީހަށްވުރެ ގިނަ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނިން: އިރާން

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރި 40 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުގެ 40 އަށް ވުރެ ގިނަ އަސްކަރީ މަރުކަޒުތަކަށް އީރާނުގެ އަސްކަރިއްޔާ އިން ކާމިޔާބު ހަމަލާތަކެއް ދީފައިވާނޭ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ. ބްރިގޭޑިއާ ޖެނެރަލް މުހައްމަދު އަކްރަމީނިއާ ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާގެ ގްރައުންޑް ފޯސް އިން ދުޝްމަނުންގެ އަމާޒުތަކަށް ކުރު އަދި މެދުރާސްތާގެ މިސައިލް ހަމަލާތައްދީ ބޮޑެތި ގެއްލުންތަކެއްވެސް ދީފައިވާނޭ ކަމަށެވެ. އިރާނުގެ އަސްކަރިއްޔާގެ ފުރިހަމަ ތައްޔާރީގެ ސަބަބުން އެމެރިކާގެ އެއްގަމު ސިފައިން […]

އީރާނުގެ އަސްކަރިއްޔާއަކީ ގައުމީ ކަރާމާތުގެ ރަމްޒެއް: އީރާނުގެ ރައީސް

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އަސްކަރިއްޔާ އަކީ އިރާނުގެ ގައުމީ ކަރާމާތާއި ބާރާއި މިނިވަންކަން ރަމްޒުކޮށްދޭ ބާރެއްގެ ގޮތުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސިފަ ކުރައްވައިފިއެވެ. ޕެޒެޝްކިއަން މިކަން މިގޮތަށް ސިފަކުރެއްވީ އީރާނުގެ އަސްކަރިއްޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނެރުއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ ސަރަޙައްދީ މިނިވަންކަމާއި އަމަންއަމާންކަން ދެމެހެއްޓުމުގައި އަސްކަރިއްޔާގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި ޢަޤީދާއާއި، އަޚްލާޤާއި ތަޖުރިބާއާއި، އިންޤިލާބީ ރޫޙު ވެސް އޭގައި ހިމެނޭ ކަމަށް އޭނާ […]

ހުރިހާ ރަށަކަށް ވެސް ސަރުކާރުގެ އެހީތެރިކަން އޮންނާނެ: ރައީސް

ނިމިދިޔަ އިންތިޚާބުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުމެފައިވިޔަސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އެއްވެސް ތަފާތެއްނެތި ހުރިހާ ރަށަކަށް ވެސް އޮންނާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އިންތިޚާބީގެ ކާމިޔާބީ ފާހަގަ ކުރަން އއ. ރަސްދޫގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އއ. ރަސްދުއާއި، އުކުޅަހާއި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި މިޖަލްސާގައި އެ  ތިން ރަށުން ވެސް ބައިވެރިވިއެވެ. ރައީސް ވިދާޅުވީ […]

ސާޅީސް ދުވަހު ހަނގުރާމަކުރީ އެންމެ ދެގައުމާ ދެކޮޅަށްނޫން: އީރާން

ސާޅީސް ދުވަހުގެ ހަނގުރާމާއިގައި އީރާނުން ހަނގުރާމަކުރީ ހަމައެކަނި ޒަޔަނިސްޓުންނާއި އެމެރިކާއާ ނޫންކަމަށް އީރާނުގެ އަސްކަރިއްޔާގެ އެގްޒެކެޓިވް ޑެޕިޔުޓީ ބްރިގޭޑިއަރ ޖެނެރަލް އަލީރޭޒާ ޝެއިޚް ވިދާޅުވެއްޖެއެވެ. އެ ދެގައުމުގެ އިތުރުން 12 ހަނގުރާމައެއް އެދުވަސްވަރު ކުރިއަށްދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުގެ ގައުމީ އަސްކަރިއްޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ތަގުރީރުގައި ބްރިގޭޑިއަރ ޖެނެރަލް އަލީރޭޒާ ޝެއިޚް ވިދާޅުވީ، އެއްވެސް ގައުމެއްގެ އެންމެ އިސް ލީޑަރާއި އިސް އަސްކަރިއްޔާގެ ކޮމާންޑަރުން ގެއްލިއްޖެ ނަމަ، ދުޝްމަނުންގެ ހަމަލާތަކާ ދެކޮޅަށް މިހާ […]

އިހްތިޖާޖު ކުރުން ހުއްޓުވުމުގެ ސަބަބެއް ސަރުކާރަށްނެތް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް/ފޮޓޯ އެމްޑީޕީ

އެމްޑީޕޕީން މިހާރު ކޮންމެރެއަކު މާލޭގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ އެއްވެސް ސަބަބެއް މިސަރުކާރަށް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ރޭ އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެހާ މެންބަރުން ދޫކޮށްލުމަށް ގޮވާލައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ރައްޔިތުންގެ 70 ޕަސެންޓު ނޫނެކޭ ބުނި ސަރުކާރަކަށް އިހުތިޖާޖު ކުރުން ހުއްޓުވުމުގެ އެއްވެސް ލެޖިޓިމަސީއެއް ނެތް،“ ކަމަށެވެ. ފައްޔާޒު ވިދާޅުވެފައިވަނީ ”އިންތިހާބުތަކުން ބަލިވުމުން އާންމުންނަށް އަނިޔާކުރުމަކީ ހުދުމުޚުތާރު […]

ކުލީ ސިފައިންގެ އިތުރު ޖަމާއަތްތައް ނައްތާލައިފިން: އިރާން

އީރާނުގައި ހަރަކާތްތެރިވަމުންދާ ކުލީ ސިފައިންގެ ފައުޖުތައް ނައްތާލުމަށް އީރާނުން ނިންމައިފިއެވެ. އެގައުމުން ނިންމާފައިވަނީ އީރާނުގެ އިރުމަތީ އަޒަރުބައިޖާން، ކަރްމަން އަދި މަޒަންދަރާން ޕްރޮވިންސްތަކުގައި ހަރަކާތެރިވާ އެފަދަ ޖަމާއަތްތަކެވެ. މިއީ އެމެރިކާ އާއި އިސްރާއީލާއި، އިނގިރޭސިވިލާތާ ގުޅުން އޮންނަ ހަތިޔާރު އެޅި ފުއުޖުތަކެއް ކަމަށް އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ބުނެފައެވެ. އައިއާރްޖީސީގެ އިންޓެލިޖެންސް އޯގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާއަތްތަކުން ހަރަކާތްތެރިވަނީ ހަތިޔާރު ދިނުމާއި، ޖާސޫސްކުރުމާއި، މާކެޓް ރޫޅާލުމާއި، މުދާ އެތެރެކުރުމާއި، […]