ޝެހެބާޒާއި ޕެޒެޝްކިއަން ފޯނުން މަޝްވަރާ ކޮށްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ފޯނުން ގުޅުއްވައި ސަރަހައްދުގެ ހާލަތާބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާގައި އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ އިތުރު މަޝްވަރާތަކެއް ކުރުމާބެހޭ ގޮތުން ވާހަކަ ދައްކާފައި ނުވާ ކަމަށް ބައެއް މީޑިއަމްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. ފަންސަޔާޅީސް މިނެޓަށް ދެމިގެންދިޔަ މި ކޯލްގައި ދެ ބޭފުޅުންވަނީ ސަރަހައްދީ ހާލަތާ ބެހޭ ގޮތުން ތަފްސީލުކޮށް މަޝްވަރާ ކުރައްވައިފައެވެ. އަދި މި މަހުގެ ކުރީކޮޅު އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތަކަށް އިރާނުން ވަފުދެއް […]
އެއްބަސްވުމަކަށް ނާދެވިއްޖަނަމަ އީރާނަށް ހަމަލާދޭނަން: ޓްރަމްޕް

އީރާނާ އެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނުގެ އިންޖީނުގެތަކަށާއި ބްރިޖުތަކަށް ހަމަލާދޭނޭ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. އދ އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޯލްޓްޒް ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހިންގާ ބްރިޖްތަކާއި ޕަވަރ ޕްލާންޓް ނުވަތަ އިންޖީނުގެތަކަކީ ސީދާ ”އަސްކަރީ ޓާގެޓްތަކެއް“ ކަމަށެވެ. މި އިންޓަރވިއުގައި އޭނާ ވިދާޅުވީ ނިއުކްލިއަރ ހަތިޔާރު ގެންގުޅުމަށް އީރާނުން ގެންގުޅޭ ވިސްނުން […]
ކޮންމެ ޢުދުވާނަކުން އީރާން ދިފާޢުކުރާނަން: އާމިރު ހާތަމީ

އީރާނަށް ޢާދާވާތްތެރިންގެ ފަރާތުން ދިމާވާ ކޮންމެ ޢުދުވާނަކާ އެގައުމުގެ ސިފައިން ފިސާރި ވަރުގަދަކޮށް ކުރިމަތިލައި ގައުމު ދިފާއުކުރާނޭ ކަމަށް އީރާން އަސްކަރިއްޔާގެ ޗީފް ކޮމާންޑަރ މޭޖަރޖެނެރަލް އާމިރު ހާތަމީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ގައުމީ ފެންވަރުގައި އެގައުމުގެ ސިފައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެއްވި ޚިތާބެއްގައެވެ. އޭނާ ވިދާޅުވީ މިފަދަ ދުވަހެއްގައި އިސްލާމީ އިންގިލާބުގެ ލީޑަރު އަދި އީރާނުގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް އާޔަތުالله ސައްޔިދު މޮޖުތާބާ ހުސެއިނީ ޚާމަނާއީ އީރާނުގެ ސިފައިންނާމެދު […]
”ވަން ޑޭ މޯ“ ގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތަޢާރަފް ކޮށްފި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ”ވަން ޑޭ މޯ“ ގެ ޕްރޮޑަކްޓް ރޭންޖް ބާޒާރަށް ނެރެ ވިއްކަން ފަށައިފި ކަމަށް އެކުންފުނިން ބުނެފިއެވެ. ޔޫރަޕްގެ މަޝްހޫރު މި ޕްރޮޑަކްޓްތައް ތަޢާރަފް ކުރެވިގެން ދިޔައީ، 19 އޭޕްރީލް 2026 ވީ އާދިއްތަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރ އައިޝަތު ޝިފާނާ ވަޖީހެވެ. ޝިފާނާ ވަނީ ޕްރޮޑަކްޓްތަކާ ގުޅޭ ސިއްޙީ ފައިދާތަކުގެ މައުލޫމާތު […]
އެމްޑީޕީގެ ރަންޒަމާނަކަށް ކުރަމުންއައި އުންމީދު އައުވެއްޖެ: ސައްޕެ

ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައްވަން ނިންމެވުމަކީ އެ ޕާޓީއަށް ރަން ޒަމާނަކަށް ކުރާ އުންމީދު ބޮޑުތަނުން އާވެގެން ދިޔަ ކަމެއް ކަމަށް އެމްޑީޕީގެ ފައުންޑަރިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާނޭކަން އިއުލާން ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރައީސް ނަޝީދުގެ މި ނިންމެވުމަށް ސައްޕެވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަށް ފުރުސަތު ބޮޑުތަނުން ފަހިކުރުމަށްޓަކައި ޗެއަރޕާސަން ކަމަށް […]
ރިޔާސީ ޕްރައިމަރީގައި ތާއިދު ކުރާނީ ފައްޔާޒަށް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒު އިސްމާއީލަށް ތާއިދު ކުރައްވާނޭ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއިދު ކުރުމާއެކު އެމަނިކުފާނު އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލައްވާނޭ ކަމަށް ވެސް ވިދާޅުވެފައެވެ. ރައީސް ނަޝީދާއި ފައްޔާޒް އިސްމާޢީލަކީ އެމްޑީޕީގެ ތެރޭގައި ވަރަށްބޮޑަށް ގުޅިގެން މަސައްކަތް ކުރައްވަމުންނެވެ. މީގެ ކުރިން ފައްޔާޒު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭ ކަމަށް އިއުލާން ކުރައްވައިފައެވެ. ރިޔާސީ ޕްރައިމަރީގައި […]
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެމީހަކު ހައްޔަރު ކޮށްފި

ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި ކަމަށް ދިވެހިފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. ހައްޔަރުކޮށްފައިވާ ދެމީހުންނަކީ، ގ. މުތީގޭ، ޢަލްޔާ ޝަރްސާ ނަޞީރާއި، ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ އެވެ. މި ދެމީހުންގެ ތެރެއިން ޢަލްޔާ ޝަރްސާ ނަޞީރު ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ […]
”ޕްރޮޖެކްޓް ބުލޫ ބީމް“

މިއަދުގެ ޖެންޒީންނާއި، ވަރަށް ގިނަ އަފުރާދުން ވަނީ، ކަލަކު ވޮޑިގެންވާ ކަމާމެދު ޝައްކާއި ވަހުމުގެ ޝިކާރައަކަށް ވެފައެވެ. އެއީ ސަބަބުތަކެއް ނެތި ހިނގާ ކަމެއް ނޫނެވެ. އެއީ، ސަޙުޔޫނީންގެ ޢާލަމީ ބޮޑު މަޝްރޫޢެކެވެ. ނިކަން ރަނގަޅަށް އެ މަޝްރޫޢާ މެދު ވިސްނައި، ފިކުރުކުރަމާ ހިނގާށެވެ. ”ޕްރޮޖެކްޓް ބްލޫ ބީމް“ އިން، އިންސާނިއްޔަތު ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓައިލަނީ ހެއްޔެވެ؟ މިއަދުގެ ދުނިޔޭގައި، ފަންނިއްޔާތު އޮތީ އޭގެ އެންމެ އުސް ކުންނުގައެވެ. ވަރަށް ނުރައްކާތެރި އަދި ކުރިން […]
މަޝްވަރާތަކުގައި، އެމެރިކާއިން ރޭވި ޙީލަތްތެރި ރޭވުން

އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި، އެމެރިކާގެ ޙީލަތްތެރި ރޭވުމަކީ މަޝްވަރާތަކުގެ ތެރޭގައި އީރާނު އަވަދިނެތި އުޅެނިކޮށް، އެކަމުގެ ފައިދާ ނަގައި ދެ ޑިސްޓްރޯޔަރު ހުރުމޫޒް ކަނޑުއޮޅިއަށް ފޮނުވުމެވެ. ސުވާލަކީ ކީއްވެގެން ހެއްޔެވެ؟ މަޝްވަރާތައް ކުރިއަށް ދިޔައިރު އެމެރިކާއިން މިކަން ކުރަން އުޅުނީ ކީއްވެގެން ހެއްޔެވެ؟ އީރާނުން އަވަދިނެތި އުޅެނިކޮށް، އެމެރިކާގެ ދެ ޑިސްޓްރޯޔަރ ހުރުމޫޒް ކަނޑުއޮޅިއަށް ވަންނަމަ، ހުރުމޫޒު ކަނޑުއޮޅި ހިފާފައިވާކަން އެމެރިކާއިން އިޢުލާން ކުރީހެވެ. އެމެރިކާއިން ހުރުމޫޒް ކަނޑުއޮޅި ހިފާފައިވާ ކަމަށާއި، އެމެރިކާގެ ދެ ޑިސްޓްރޯޔަރ […]
އަންތަރު މުއްލާ ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފި

ބަނގްލަދޭޝްގެ މީހެއްގެ ކަރަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެގައުމުގެ އަންތަރު މުއްލާ ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ. އަންތަރު މުއްލާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ، ކަރަންކާ މަގުގައި ހުރި ބަނގްލަދޭޝްގެ ރައްޔިތެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފައިވާ ކަމަށެވެ. އެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައީ މިއަދުއެވެ. އޭނާ […]
