އަޔޯދިޔާގެ ބާބްރީ މިސްކިތާއި، ބަލްބީރު ސިންގު

7ބަލްބީރު ސިންގު އިސްލާމްވުމަށް ފަހު، އޭނާގެ ނަން މުހައްމަދު އާމިރަށް ބަދަލުކުރިއެވެ. އޭނާ އަކީ 06 ޑިސެމްބަރު 1992 ގައި އިންޑިއާގެ އަޔޯދިޔާގެ ބާބްރީ މިސްކިތް ތަޅާލުމުގައި ބައިވެރިވި، ޝިވް ސޭނާ އަދި ކާރު ސެވަކް މެމްބަރެކެވެ. އޭނާއަކީ ކިޔަވައިގެން ހުރި ޒުވާނެކެވެ. އޭނާ ވަނީ، ތާރީޚާއި، ޕޮލިޓިކަލް ސައިންސާއި، އަދި އިނގިރޭސިން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައެވެ. ބާބްރީ މިސްކިތް ތަޅާލުމަށްޓަކާ މިސްކިތުގެ ޤިބުލައަށް އަރައި، ދަގަނޑު ކޯރާޑީއަކުން މިސްކިތް ހަލާކު ކުރަން ފެށި، އެންމެ […]
ހުރާ ދަރިކޮޅު

ހުރާ ދަރިކޮޅކީ ދިވެހިރާއްޖޭގައި ހަތްވަނައަށް ރަސްކަން ކުރެއްވި ރަސް ދަރިކޮޅެވެ. އަދި މި ދަރިކޮޅަކީ ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަންކުރެއްވި ދަރިކޮޅު ވެސް މެއެވެ. މި ދަރިކޮޅަށް ”ހުރާގޭ ދަރިކޮޅު“ އަދި ”ހުރަވީ ދަރިކޮޅު“ ވެސް ކިޔައެވެ. މި ދަރިކޮޅު ނިސްބަތް ވަނީ މާލެ އަތޮޅު ހުރައަށެވެ. ހުރާ ދަރިކޮޅުގެ ބާނީއަކީ މަލާބާރީން ނުވަތަ ހޮޅީން ދިވެހިރާއްޖެ އަޅުވެތިކޮށްގެން ތިއްބައި އެ މީހުންގެ އަތްދަށުން މިނިވަންކޮށް ދެއްވި ޤައުމީ ބަޠަލު، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ […]
ހިތަށްވީ ތަދުގެ ރިހުން އަދިވެސް އެބަހުރި: ފައްޔާޒު

އެމްޑީޕީއަށް އެންމެ މުހިންމު ވަގުތު އެޕާޓީ ދޫކޮށްލާފައި ޕާޓިގެ އިސްބޭފޫޅުންތަކެއް ވަޑައިގެންނެވުމުން ޕާޓީއަށް ލިބުނު ގެއްލުމާހެދި ހިތަށްވީ ތަދުގެ ރިހުން އަދިވެސް ނުފިލާ އެބަހުރި ކަމަށް ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެެއްޖެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ”ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއްނެތް،“ ކަމަށެވެ. އެހެނަސް އެވީތަދުގެ ރިހުމުގެ ހަނދާންތައް ހުއްޓަސް ”ބޭނުމީ ކުރިޔައްދެވޭނެ ގޮތެއް. ގައުމު އަނބުރާ ހޯދުން،“ އޭނާވިދާޅުވެފައިވެއެވެ. މިހާރު މަސައްކަތް ކުރައްވަނީ އެމަގަށް ކަމަށް […]
