ފަޅައިގެންދިޔަ ލޯންޗަކުން ދަތުރުކުރި ބައެއް މީހުން ސަލާމަތް ކޮށްފި

މާފިލާފުށިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންއައި ލޯންޗެއް ފަޅައިގެން ގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ރިޕޯޓެއް ފުލުހުންނަށް ލިބުމާއެކު މެރިން ޕޮލިސް ވަނީ ލޯންޗުގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ފަށައިފައެވެ. އެ މީހުން ސަލާމަތް ކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިހާދިސާ ހިނގާފައިވަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރީގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. […]
އަންދަލުސްއިން ”އަސްމަތީގައި ޙައްޖަށް!“

އަންދަލުސްގެ މުސްލިމް ތިން ރަހުމަތްތެރިން ކަމަށްވާ ޢަބުދުލްޤާދިރު ހަރުކާސީ، ޢަބުދު الله ހަނާންޑޭޒް އަދި ޠާރިޤު ރޮޑްރިގޭޒް ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކާ، ސްޕެއިން ނުވަތަ އަލް އަންދަލުސް އިން މައްކާއަށް، އަސްމަތީގައި 8،000 ކިލޯމީޓަރުގެ އާދަޔާ ޚިލާފު ދިގު ދަތުރެއް ފުރިހަމަކޮށްފައެވެ. އެތިން ރަޙުމަތްތެރިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރީ 1446 ވަނަ އަހަރުއެވެ. އެމީހުން ދަތުރަށް ފުރީ، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، އަންދަލުސްގެ ދެކުނުގައި އޮންނަ އަލް މޮނާސްޓަރ މިސްކިތުންނެވެ. […]
ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް އިޓަލީގެ ޑައިވަރުންގެ އެހީއާއެކު ހޯދައިފި

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރީންގެ ހަށިތައް ފެނިއްޖެ ކަމަށް އެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމީހުންގެ ހަށިތައް ފެނިފައިވަނީ އެމީހުން ޑައިވްކުރި ހޮހަޅަތެރެއިންނެވެ. އެމީހުން ހޯދާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި ކަމަށް ދިވެހި ސިފައިންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ. ”ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން. އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ […]
ރާޅާ އަޅަން ސާފާރީއަކުން މުދަށް ފޭބި ސްޕެއިންގެ ފަތުރުވެރިއަކު ނިޔާވެއްޖެ

ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން، ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:57 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި ގެނބިގެން ނިޔާވެފައިވަނީ ސްޕޭންގެ ފަތުރުވެރިއެކެވެ. އޭނާއަކީ އުމުރުން 53 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާއަށް އޭނާވަނީ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އެތަނަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވިކަމަށް ފުލުހުން ވަނީ […]
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މަތިވެރި އަސްކަރީ ޚިދުމަތް

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ (ސނ: 6029)، ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 2005 ޑިސެންބަރު 19 ވަނަ ދުވަހުއެވެ. ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑުގެ ތަފާތު ޑިޕާޓްމަންޓްތަކުގައި ޚިދުމަތް ކުރައްވާފައިވާ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު 20 އަހަރާއި 4 މަހާއި 27 ދުވަހު ދިވެހި ޤައުމަށް އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކޮށްދެއްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައި ހުނަވެރި ރެސްކިޔު […]
