ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށްފަހު ނާއިބު ރައީސް މާލެ ވަޑައިގެންފި

ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި ”ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026“ ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނު ވަނީ ކީނޯޓް ސްޕީކަރެއްގެ ހައިސިއްޔަތުން މި ފޯރަމުގައި ތަޤުރީރު ކުރައްވާފައެވެ. މި ފޯރަމް ހުޅުވުމުގެ ކުރިން، އދ. ގެ ގްލޯބަލް ސެންޓަރ ފޯ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އާއި ރޮބަރޓް ބޮޝް ފައުންޑޭޝަން ގުޅިގެން ބޭއްވި ”ލީޑާސް ގާލާ ޑިނާ“ ގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއިރު، މިއީ […]
ސަތޭކަ ވަރަކަށް އަހަރަށް ފަހު ތާރީޚު އިޢާދަވުން!

އެމެރިކާއާ އީރާނާ ދެމެދު ޞުލްޙައިގެ މުޢާހަދާއެއްގައި ސޮއިކުރެވުނު އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕަށް އިތުރު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މިކަން އަދި އެއްވެސް ފަރާތަކުން މާބޮޑަށް ފާހަގަކޮށްފައި ނުވެއެވެ. ފަރަންސޭސި މުޙައްލިލެއް ކަމަށްވާ އާރނައުޑް ބާރޓްރަންޑް ލިޔެފައިވާ ގޮތުގައި، ފަރަންސޭސިވިލާތުގެ ވާރސައިލްގައި، އަމާންދިނުމުގެ މުޢާހިދާގައި ޓުރަމްޕް ސޮއިކުރުމާއި، އަދި ބޮޑު ޢަދަދަކުން އީރާނަށް ބަދަލު ދިނުމަށް އެއްބަސްވުމަކީ އެއީ ވަރަށް ބޮޑު ލަދުވެތި ކަމެކެވެ. ވީ ކިހިނެއް ހެއްޔެވެ؟ ވާރސައިލްއަކީ ކޮންތަނެއް ހެއްޔެވެ؟ ވާރސައިލްއަކީ ފަރަންސޭސިވިލާތުގެ […]
އައްޑޫ ތަރައްގީއާ ބެހޭގޮތުން ބީއެމްއެލްއާ މަޝްވަރާ ކޮށްފި

އައްޑޫ ސިޓީގެ ތަރައްޤީއަށް މަގުފަހިވާނެ ކަންކަމުގައި ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން އައްޑޫ ސިޓީކައުންސިލާއި ބޭންކުއޮފް މޯލްޑިވްސް (ބީއެމްއެލް) މަޝްވަރާ ކޮށްފިއެވެ. މި ބައްދަލުގައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވެސް މަޝްވަރާ ކޮށްފައެވެ. މި މަޝްވަރާ ކުރީ އައްޑޫ ސިޓީ ކައުންސިލާއި ބޭންކް އޮފް މޯލްޑިވްސްއާއެކު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ […]
ކޮންޓްރެކްޓް ބާތިލް ކުރުމަށްފަހު ނޫނީ ވެޓް މާރުކޭޓް ބިން ހަވާލު ނުކުރެވޭނެ

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިދުގެ ތެރެއިން ކަމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން މި ގޮތަށް ނިންމީ ޖޫން ސަތާރާގައި ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ޢާންމު ޖަލްސާގައެވެ. ވެޓް މާރުކެޓް ހުރި ބިން، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް އެދި އެ މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވުމާ ގުޅިގެން މި ކަމަށް ގޮތެއް ނިންމުމަށް ކުރެވުނު […]
ބޮޑުބަދަލު އޮފީސް އުފައްދައި، ޑީޖީއަކަށް ޙަސަން ލަތީފް

އެމްޑީޕީގެ ”ބޮޑު ބަދަލް“ އޮފީސް ގާއިމްކޮށްފި ކަމަށް އެޕާޓީން ބުނެފިއެވެ. އެ އޮފީސް ގާއިމްކޮށް ޑިރެކްޓަރ ޖެނެރަލް (ޑީޖީ) އައްޔަން ކުރައްވާފައިވަނީ އެޕާޓީގެ ކުރީގެ ޗެއަރޕަސަން އަލްއުސްތާޛު ޙަސަން ލަތީފް މިއަދު ހަމަޖައްސަވައިފިއެވެ. މިއީ ”ބޮޑު ބަދަލް“ އޮފީސް ގާއިމް ކުރުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން އުފެއްދި އޮފީހެކެވެ. އެމްޑީޕީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ “ 2026 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއްވަވައި، […]
އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގައި ބައިވެރިވާން ހުޅުވާލައިފި

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތި ލުމުގެ ފުރުސަތު އެޕާޓީން ހުޅުވައިފިއެވެ. އެގޮތުން 21 ކޮމިޓީއެއްގައި ބައިވެރިވެ މަސައްކަތް ކުރުމަށް ފުރުސަތުވަނީ ހުޅުވާފައެވެ. އެޕާޓީން ހުޅުވާލައިފައިވާ ފުރުސަތުގެ މުއްދަތު ހަމަވާނީ ޖޫން 23 ގައެވެ. އެކޮމިޓީތަކުގައި ބައިވެރިވެ ”މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް މިއަދުން ފެށިގެން 23 ޖޫން 2026 ގެ ނިޔަލަށް އަންނަނިވި ކޮމިޓީތަކުން ބޭނުންފުޅުވާ ކޮމިޓީ އެއްގައި ބައިވެރިވެ މަސައްކަތް ކުރެއްވުމަށް ހުޅުވާލީމެވެ.ކޮންމެ މެންބަރަކަށްވެސް ޝައުޤުވެރިކަންފާޅުކުރެވޭނީ ގިނަވެގެން ދެ ކޮމިޓީއަށެވެ.“ އެޕާޓިން ބުނެފައިވެއެވެ. ކޮމިޓީގައި […]
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވެއްޖެ

މައްޗަންގޮޅީ ފީރޯޒްވާދީ، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވެއްޖެ އެވެ. ޝައިޚް އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ”ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އަޅުގަނޑަށް އިޙްސާސް ކުރުވި ކަމެއް. ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެކެވެ.“ […]
