މުނިފޫހި

ޖުވޭދާ އަހަރެންގެ އަތްދަނޑި މައްޗަށް ލައިގެން ގެންގޮސް ދެކުދިން ނިދާ ކޮޓަރީގެ، އޭނާގެ އެނދުގައި މަޑުމަޑުން ބާއްވާލީމެވެ. އަދި ކައިރީގައި ހުރި މޭޒުމަތީގައި ހުރި ފެންތަށި ނަގާ، އެއިން ފެންފޮދެއް ޖުވޭދާގެ މޫނުމައްޗަށް ބުރުވާލީމެވެ. އޭނާ ކުޑަކޮށް ތެޅިލާފައި މަޑުމަޑުން ލޮލުގެ އެސްފިޔަ ތަޅުވާލިއެވެ. އެވަޤުތު ޖުމާނާ ކައިރީގައި އިށީންދެލާފައި ޖުވޭދާ ތެދުވެލަން އެހީތެރިވެދިނެވެ. މަޑުމަޑުން ތެދުވެލާފައި ޖުވޭދާ އޭނާގެ ލޯ ހުޅުވާލިއެވެ. ”ބައްޕަ އައީތަ؟ އަހަރުމެން ގެންދަން ދޯ....