އިންތިޒާރު (ހަވަނަ ބައި)

ސާއިދުގެ ސުވާލަށް ސާރާ ޖަވާބު ދިނީ ސުވާލަކުންނެވެ. ”ސާއިދުއަށް ކިހިނެއް އެނގުނީ މީ ސާރާ ކަމެއް؟ އަހަރެންގެ އަޑު ސާއިދުއަށް އެހާ ފަރިތައީތަ؟“ ސާރާ ސުވާލުކުރީ ވަރަށް ލަދުރަކި ރާގަކަށެވެ. އޭރުވެސް ސާއިދުއަށް އިނދެވުނީ ހަދާނެ ގޮތެއް ނޭންގިފައެވެ. ހަމައެހެންމެ ސާރާގެ ސުވާލަށް ދޭނެ ޖަވާބެއްވެސް ނޭންގުނު ކަހަލައެވެ. ހަމަހިމޭން ކަމުގެ ކުޑަ ވަޤުތުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ސާރާއެވެ. ”ސާއިދު، އަނެއްކާ ހަމަހޭވެރިކަން އެބަހުރިތަ؟“ ސަމާސާ ގޮތަކަށް ސާރާ ބުނެލިއެވެ. އޭނާގެ އެސުވާލަށް ސާއިދު […]
ލޫޓުމާރީންގެ ދާރުލްއާސާރުތައް!

އިނގިރޭސި ދާރުލްއާސާރުގައި، 200 އަށްވުރެ ގިނަ ޤައުމުގެ، ގާތްގަނޑަކަށް 8 މިލިއަން އާސާރީ ތަކެތި އެބަހުއްޓެވެ. އޭގެ ތެރޭގައި ގިނައީ ވަގަށް ނަގާފައިވާ ތަކެއްޗެވެ. އެއީ، ގަނެފައިވާ އެއްޗިއްސެއް ނޫނެވެ. ކުރީގެ ބެނިން މިހާރުގެ ނައިޖީރިއާއިން ”ބެނިން ބްރޯންޒް“ އޭ ކިޔޭ، އެތައް ހާސް އާސާރީ ތަކެއްޗެއް އިނގިރޭސިން ފޭރިގަތެވެ. 1897 ވަނަ އަހަރު، އިނގިރޭސި ސިފައިން އެ ރަސްކަން އަންދާލިއިރު، އެތަނުގައި ހުރި ޝާހީ ޚަޒާނާގެ ތެރެއިން 900 އަށް ވުރެ ގިނަ އައިޓަމް، މިހާރު […]
ޢީދުގެ އުފާފާޅުކުރަންވާނީ އިސްލާމީ ރޫޙާ އެއްގޮތަށް: ރައީސް
ބަރަކާތްތެރި ބޮޑުޢީދުގެ އުފާ ފާޅުކުރަންވާނީ އިސްލާމީ ރޫޙާ އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ”ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަނީ، މާތްﷲގެ ޙަޟްރަތަށް ގިނަގިނައިން ޙަމްދުކުރައްވައި ތަކުބީރުގެ އަޑު އުފުއްލަވައި، އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ އުފާ ފާޅުކުރެއްވުމަށް އިލްތިމާސްކުރަމުން،“ ރައީސް އެކްސްގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ”ބޮޑު ޢީދުގައި ޢާއިލާތަކާއެކު ރަށްރަށަށް ދަތުރުކޮށް އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހީންގެ ޒަމާންވީ އާދައެއްކަމުގައި ވާތީ، މިއީ އަޅުގަނޑުމެންގެ […]
އެމްޑީޕީއަށް އެއްލައްކަ މެންބަރުން ހަމަވާނެ: ރައީސް ނަޝީދު

އަމާޒަކީ އެމްޑީޕީއަށް މެންބަރުން އިތުރު ކުރުން ކަމުގައި އެޕާޓީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ”އަޅުގަނޑުގެ އަމާޒަކީ އެމްޑީޕީއަށް މެންބަރުން އިތުރުކުރުން،“ ކަމަށެވެ. އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ޗެއަރޕާސަން ކަމާއި ބޮޑުބަދަލަށް ކުރައްވާ ކެންޕޭންގެ ތެރެއިން މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ. ”އިރާދަ ކުރެއްވިއްޔާ އެއްލައްކަ މެންބަރުން ހަމަވާނެ،“ ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގައި ވަރުގަދަ ސިޔާސީ ހަރަކާތްތައް ހިންގޭނީ ނަޝީދަށް: ސައްޕެ

އެމްޑީޕީގައި ސިޔާސީ ވަރުގަދަ ހަރަކާތްތަކެއް އަދިވެސް ހިންގޭނީ ރައީސް ނަޝީދަށް ކަމަށް އިސްލާހީ މަސައްކަރުގައި ރައީސް ނަޝީދާއެކު މަސައްކަތް ކުރެއްވި އަހުމަދު ޝަފީގު ވިދާޅުވެއްޖެއެވެ. މަޝްހޫރު ނަމުންނަމަ މީމު ސައްޕެ ވިދާޅުވީ މިކަން އެމްޑީޕީއަށް މާފަހުން ވަން މީހުންނަށް ނޭނގި އޮވެދާނޭ ކަމަށެވެ. ”މާފަހުން އެމްޑީޕީއަށް އައި މީހުންނަށް އެމްޑީޕީ އުފެދިވުޖޫޖުވެ ކުރިއަރާދިޔަގޮތް ނޭނގިއޮވެދާނެ،“ އޭނާ ވިދާޅުވެފައިވެއެވެ. އެމްޑީޕީއަށް މިހާރުވެސް ބޭނުންވަނީ ރައީސް ނަޝީދު ފަދަ ހިއްވަރާއި، ފަންވަރާއި، ފޯރިހުރި ލީޑަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. […]
އޭރުވެސް މިހާރުވެސް ރައީސް ނަޝީދާއެކު: ސައްޕެ

ކުރިންވެސް ހުންނެވީ ރައީސް މުޙައްމަދު ނަޝީދާއެކުގައި ކަމަށާއި ދެންވެސް ހުންނަވާނީ އެމަނިކުފާނާއެކުގައި ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ ރައީސް ނަޝީދަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައްޕެވަނީ ރައީސް ނަޝީދާއެކު ކުރިން ކުރައްވާފައިވާ މަސައްކަތްތަކާ ގުޅޭ ފޮޓޯތަކެއް ވެސް ހިމަނުއްވައިފައެވެ. އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އެ މަގާމުން އިސްތިއުފާ ދެއްވުމުން އެމަގާމަށް ކުރިމަތިލައްވާނޭ ކަމަށް […]
