އެމްޑީޕީގައި ސިޔާސީ ވަރުގަދަ ހަރަކާތްތަކެއް އަދިވެސް ހިންގޭނީ ރައީސް ނަޝީދަށް ކަމަށް އިސްލާހީ މަސައްކަރުގައި ރައީސް ނަޝީދާއެކު މަސައްކަތް ކުރެއްވި އަހުމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
މަޝްހޫރު ނަމުންނަމަ މީމު ސައްޕެ ވިދާޅުވީ މިކަން އެމްޑީޕީއަށް މާފަހުން ވަން މީހުންނަށް ނޭނގި އޮވެދާނޭ ކަމަށެވެ. ”މާފަހުން އެމްޑީޕީއަށް އައި މީހުންނަށް އެމްޑީޕީ އުފެދިވުޖޫޖުވެ ކުރިއަރާދިޔަގޮތް ނޭނގިއޮވެދާނެ،“ އޭނާ ވިދާޅުވެފައިވެއެވެ.
އެމްޑީޕީއަށް މިހާރުވެސް ބޭނުންވަނީ ރައީސް ނަޝީދު ފަދަ ހިއްވަރާއި، ފަންވަރާއި، ފޯރިހުރި ލީޑަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ލީޑަރޝިޕްގެ ދަށުން އެމްޑީޕީން ކުރިން ހިންގާފައިވާ ވަރުގެ ހަރަކާތްތަކެއް އަދިވެސް ހިންގޭނީ ސީދާ ނަޝީދަށް ކަމަށް ވިދާޅުވެފައިވެއެވެ. އެމްޑީޕީއަށް ބޭނުންވަނީ ”ވަރުގަދަ ޙަރަކާތްތަކެއް! އެކަންކަން ކުރެވޭނީ އަންނިއަށް! ޗެއަރޕާސަން ކަމަށް އަންނި ގެންނަން ޖެހެނީ މިހެންވެގެން،“ އޭނާ ވިދާޅުވެފައިވެއެވެ.
”މުޅިރާއްޖެއަށް “ ނަލަރީތި އޮމާން ހިޔާފިނި “ ހޯދުމަށް އެމްޑީޕި ޗެއަރޕާސަން ކަމަށް ދެންވެސް ހޮވަންވީ ހަމަ އަންނި،“





