އަމާޒަކީ އެމްޑީޕީއަށް މެންބަރުން އިތުރު ކުރުން ކަމުގައި އެޕާޓީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ”އަޅުގަނޑުގެ އަމާޒަކީ އެމްޑީޕީއަށް މެންބަރުން އިތުރުކުރުން،“ ކަމަށެވެ.
އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ޗެއަރޕާސަން ކަމާއި ބޮޑުބަދަލަށް ކުރައްވާ ކެންޕޭންގެ ތެރެއިން މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ. ”އިރާދަ ކުރެއްވިއްޔާ އެއްލައްކަ މެންބަރުން ހަމަވާނެ،“ ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.





