ޚަބަރު
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރެއްވި ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މީކާއީލް ނަސީމްގެ ސިޔާސީ މުސްތަޤުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ”އަނެއްކާ ވެސް އެމްޑީޕީ އިން ފެނިގެން މިދިޔައީ ޕާޓީ ގެ އެތެރޭގެ ޑިމޮކްރެސީ ފައްކާވެ ފުރިހަމަ ވަމުން އަންނަތަން،“ ކަމަށެވެ. ޕާޓީ އާގެން ކުރިއަށް ދާންވާނީ އެންމެން އެކީގައި....

