ވާހަކަ
އާބަކުރު ރަސްގެފާނު ރަސްކަމުގައި ހުވަދު އަތޮޅު އަތޮޅުވެރީން ވާރުއޮޑީގައި މާލެ ދުރުވެއްޖެއެވެ. ރަސްކަމުގެ ގަނޑުވަރަށް ދުރުވެ އާބަކުރު ރަސްގެފާނުގެ ފައިޕުޅުދުށުމަށްފަހު (ރަސްގެފާނާ ބައްދަލު ކުރައްވާފައި) ދެންނެވިއެވެ. ކޮޅުމަޑުލު ކޮޅުފުށީގައި ރަދުން ކައިވެނިފުޅު ބައްލަވައިގަންނަވަން ރަނގަޅު ކަނބަލެއް އެބަ އިންނެވިއެވެ. އެކަމަނާއަށް ކިޔަނީ ރެކި ކަމަނާއެވެ. އަތޮޅުވެރިންގެ ވާހަކަ އަޑުއައްސަވައި އޮޑިކޮޅު ތައްޔާރުކުރައްވައި ދެބައި ލަޝްކަރީންގެ ތެރެއިން 25 ސިފައިން އޮޑިއަށްލައްވައި އެ ސިފައިންނަށް އަމުރުކުރުމަށް ކޮމާންޑަރެއް ލައްވައި ކޮޅުފުށްޓަށް ފުރުވާލެއްވިއެވެ.....

