އިސްރާއީލުގެ ނިއުކްލިއަރ ޕްރްގްރާމާމެދު ޓްރަމްޕް އަމަލުކުރަންވާނީ އެފަދަ އެހެން ގައުމުތަކާމެދު އަމަލު ކުރާގޮތަށް: ޑިމޮކްރެޓްސް

ޟަމްރަތު އަހްމަދު
މެއި 6, 2026

އިސްރާއީލުގެ ނިއުކްލިއާ ޕްރޮގްރާމާ މައުލޫމާތު ހާމަކުރުމަށް ޑިމޮކްރެޓުންގެ ދިހަވަރަކަށް މެންބަރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައިފިއެވެ.
އެމީހުން ބުނެފައިވަނީ އިސްރާއީލުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އެމެރިކާއިން ޣާފިލުވެގެން ނުވާނޭ ކަމަށެވެ. އެ ޕްރޮގަރާމަކީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ”ދިފާއު ނުކުރެވޭ“ ކަމެއް ކަމަށް ވެގެންނުވާނޭ ކަމަށްވެސް ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވިދާޅުވިއެވެ.
އިސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު ވެސް އެމެރިކާއިން ކަންތައް ކުރަން ޖެހޭނީ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމް ހިންގާ އެހެން ގައުމުތަކާމެދު ވެސް އަމަލުކުރާ ގޮތަށް ކަމަށް ޑިމޮކްރެޓުން ބުނެފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *