ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 12.8 ޕަސެންޓް އިތުރުވެއްޖެ

މުހައްމަދު އަލީ
ސެޕްޓެމްބަރ 22, 2025

މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 12.8 ޕަސެންޓް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ މިހާތަނަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 21 ދުވަހަށް ރާއްޖެއަށް ޒިޔާރަތްކުރީ 102،125 ފަތުރުވެރިންނެވެ.

އެހެންކަމުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.6 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 90،548 ފަތުރުވެރިންނެވެ.

މި ލިޔުމާ ގުޅޭ