ބަރަކާތްތެރި ބޮޑުޢީދުގެ އުފާ ފާޅުކުރަންވާނީ އިސްލާމީ ރޫޙާ އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
”ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަނީ، މާތްﷲގެ ޙަޟްރަތަށް ގިނަގިނައިން ޙަމްދުކުރައްވައި ތަކުބީރުގެ އަޑު އުފުއްލަވައި، އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ އުފާ ފާޅުކުރެއްވުމަށް އިލްތިމާސްކުރަމުން،“ ރައީސް އެކްސްގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ”ބޮޑު ޢީދުގައި ޢާއިލާތަކާއެކު ރަށްރަށަށް ދަތުރުކޮށް އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހީންގެ ޒަމާންވީ އާދައެއްކަމުގައި ވާތީ، މިއީ އަޅުގަނޑުމެންގެ އުޚުއްވަތްތެރިކަން ބަދަހިވެ، އަމާންކަމާއި ހިތްހަމަޖެހުން ކޮންމެ ރައްޔިތަކަށްމެ އިޙްސާސްވާ ޢީދަކަށްވުން އެދި ހެޔޮ ދުއާކުރަން،“





