އިންތިޚާބު ކާމިޔާބުކުރީ ނަޝީދު: "ދެން އޮތީ އަޅުގަނޑުމެން އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން"

މުހައްމަދު އަލީ
ޖޫން 12, 2026

އެމްޑީޕީގެ ޗެއަރޕާސަނަކު ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑިޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ ”ދެން އޮތީ އަޅުގަނޑުމެން އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން،“ ކަމަށެވެ.

ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް ކާމިޔާބުކުރާނޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިއިންތިޚާބުގެ ނަތީކާއިން އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދެއްވައިފި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

”ރައީސް ނަޝީދަށް ތިޔަ ދެއްވި ވޯޓާއެކު ”ބޮޑު ބަދަލު“ މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު މިދިޔައީ ފެށިގެން،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.

”މަރުހަބާ ރައީސް ނަޝީދު. މަރުހަބާ އެމްޑީޕީ މެންބަރުން. މާތް اللهގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ކާމިޔާބަށް ވާސިލުވެވިއްޖެ. މި ލިބުނު ކުޑަ ދުވަސްކޮޅު ތެރޭ މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއް. މި ކެމްޕޭނުގައި ވަރަށް ބުރަކޮށް ކެންޕޭން ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އިންތިހާބުގައި ބައިވެރިވެ ވޯޓު ދެއްވި ހުރިހާ އާންމު މެންބަރުންނަށް ހާއްސަ ޝުކުރެއް ދަންނަވަން. މިއަދު ތި ސާބިތުކޮށްދެއްވީ މި ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ، މި ޕާޓީގެ ވިންދަކީ ތިޔަ ބޭފުޅުންކަން،“ އޭނާ ވިދާޅުވެފައިވެއެވެ.

ންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރެއްވި ގަލޮޅު ދެކުނުދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމާއި ކެންޕޭންޓީމު ކުރެއްވި ހިތްވަރަށް ވެސް ފައްޔާޒު ވަނީ ސާބަސް ދަންނަވައިފައެވެ. ”ހިތަށްވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ މި ރާއްޖެ އިސްކޮށް، ތިޔަ ދެއްވީ މުހިންމު ވޯޓެއް. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދަންނަވަން،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *