މުޙައްމަދު ނިޔާޒު: އެގްޒެކެޓިވް ލީޑަރެއް، އައު ފުރުޞަތުތަކަށް ތައްޔާރު!

ޟަމްރަތު އަހްމަދު
ޖޫން 18, 2026

މ. ރަތްމަންދުއަށް އުފަން މުޙައްމަދު ނިޔާޒަކީ ސްކޫލް ދައުރުގައިވެސް މޮޅު ދަރިވަރެކެވެ. ވާހަކަ ދެއްކުން ތެރިއެކެވެ. މީހުންނާ ގުޅޭ މީޒާޖެއްގެ ވެރިއެކެވެ.

ސްކޫލް ނިންމާލުމަށްފަހު މަތީ ތައުލީމް ހާސިލް ކުރެއްވިއެވެ. އެއަށްފަހު ދައުލަތުގެ އިދާރާތަކާއި، މާލީ، ޝަރުޢީ، ތަޢުލީމީ ދާއިރާގައި 27 އަހަރަށްވުރެ ގިނަ ދުވަހު ފާހަގަކޮށްލެވޭ އަގުހުރި ޚިދުމަތްތަކެއް ކުރެއްވިއެވެ. އެއަށްފަހު މުޙައްމަދު ނިޔާޒް ވަނީ 2026 ޖޫން 10 ވަނަ ދުވަހު އޭރު އޭނާ އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ވަކިވެ ވަޑައިގެންފައެވެ. އޭރު ހުންނެވީ މ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައެވެ. ވަޒީފާއެއް ނެތި ދެއަތް އުރާލައިގެން ހުންނެވުމަކީ އެއްއިރެއްގައިވެސް ބޭނުންފުޅުވި ކަމެއް ނޫނެވެ. އެހެންވެ މިހާރު ހުންނެވީ ވަޒީފާގެ އައު ފުރުޞަތުތަކަށް ތައްޔާރު ވެގެންނެވެ.

އޭނާގެ ޚިދުމަތްތަކަކީ އާންމުން އިޙްތިރާމާއެކު ބަލައިގެންފައިވާ ޚިދުމަތްތަކެވެ. އޭނާގެ ކިޔަމަންތެރިކަމާއި، އިޚްލާޞްތެރިކަމަކީ އެންމެ ލޯތްބާއެކު ފާހަގަކުރާ ކަންކަމެވެ. އޭނާ ޢާއްމު ޚިދުމަތަށް ދެއްވާ އަހައްމިއްޔަތުކަމުގެ ސަބަބުން ގިނަބައެއްގެ އިޙްތިރާމް ވަނީ ލިބިވަޑައިގެންފައެވެ. އޭނާ ވަނީ ސީނިއަރ އެގްޒެކެޓިވް މެނޭޖްމަންޓް، ލޯކަލް ގަވަރނަންސް، ބޭންކިންގ، ކޯޓު އިދާރާ ހިންގުން، ޤާނޫނީ ކަންކަން، ސްޓްރެޓީޖިކް ޕްލޭނިންގ، މުއައްސަސާތައް ކުރިއެރުވުން، އަދި މަތީ ތަޢުލީމުގެ ދާއިރާ ހިމެނޭގޮތަށް ފާހަގަކޮށްލެވޭފަދަ ކާމިޔާބު ކެރިއަރެއް ބިނާކުރައްވާފައެވެ.

އޭނާ އަދާކުރައްވާފައިވާ ބައެއް ވަޒީފާތަކުގެ ތެރޭގައި މ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހިމެނެއެވެ. އަދި  މ. މުލީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަޤާމާއި، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް މެނޭޖަރުގެ މަޤާމު ހިމެނެއެވެ. އޭނާގެ ވަޒީފާގެ ޙަޔާތުގައި އުފުއްލެވި މަސްއޫލިޔަތުގެ ތެރެއިން ވަނީ މުއައްސަސާތަކުގެ އިޞްލާޙީ ބަދަލުތައް ގެނައުމާއި، ގަވަރނަންސް ނިޒާމުތައް ވަރުގަދަކުރުމާއި، އެކި ދާއިރާތަކުގެ ޓީމުތައް މެނޭޖްކުރުމާއި، ނަތީޖާ ފެންނަންއޮތް ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.

ނިޔާޒް ވަނީ އެލްއެލް.ބީ އާއި އެމްބީއޭ ޙާސިލްކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ ޤާނޫނީ ދާއިރާއިން ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރައްވައިފައެވެ. އެދާއިރާއިން އައު ޖީލެއް ބިނާކުރެއްވުމަށް އޭނާ ވަނީ ބޮޑު އެހީތެރިކަމެއް އެދާއިރާއަށް ފޮރުކޮށްދެއްވައިފައެވެ.

ސްޓްރެޓީޖިކްކޮށް ވިސްނުންތެރިކަމާއެކު ކަންކަން ނިންމުމާއި، މުޢާމަލާތު ކުރުމުގެ ހުނަރާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަމާއި، ނަތީޖާއަށް ބިނާކޮށް ލީޑަރޝިޕް ދެއްކެވުމުގައި އެއީ ނަމޫނާއެއް ކަމަށް ބަލަންޖެހޭ ފަދަ ހުނަރުވެރިއެކެވެ. ނިޔާޒަކީ، އެގްޒެކެޓިވް ތަޖުރިބާއާއި، ޤާނޫނީ ޢިލްމާއި، ބޭންކިންގ، އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާބިލު ބޭފުޅެކެވެ.

އޭނާ  ހޯއްދަވާފައިވާ ކާމިޔާބީތަކާއި ހުނަރުގެ ސަބަބުން، ސީނިއަރ ލީޑަރޝިޕް، އިދާރީ ހިންގުން، ގަވަރނަންސް، ކޯޕަރޭޓް އެފެއާޒް، ބިޒްނަސް ޑިވެލޮޕްމަންޓް، ކޮންސަލްޓެންސީ، އަދި އެޑްވައިޒަރީ މަޤާމުތަކަށް އޭނާއަކީ  ނުހަނު ފަރިތަ އަދި އެކަށީގެންވާ ބޭފުޅެކެވެ.

ކެރިއަރުގެ އައު ބާބެއް ފަށްޓަވަން ތައްޔާރަށް ހުންނެވި، ނިޔާޒް މާޒީގައި ވެސް ދެމިހުންނެވީ، ޤާބިލު އަދި ދުރުވިސްނޭ ލީޑަރެއްގެ ގޮތުގައެވެ. އޭނާގެ ޢިލްމާއި، ހިންގުމުގެ ތަޖުރިބާއަކީ މުސްތަގުބަލުގައި ވެސް ކާމިޔާބު ބޭފުޅަކަށް ވެވަޑައިގަންނަވާނޭ ކަމަށް ބަލަންޖެހޭ ކަންކަމެވެ. މި ޢިލްމާއި ހުނަރާއި ތަޖުރިބާ އެހެން މީހުންނަށް ފޯރުކޮށްދެއްވުމަކީ އޭނާ އިންތިހާއަށް ޝައުގުވެރިވާ ކަމެކެވެ. މިހާރުވެސް އޭނާ ހުންނެވީ ސާބިތުކަންމަތީގައެވެ. ބޭނުންވަނީ ފުރުޞަތެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *