ރިޔާސީ ކޮމިޝަން.. ވުޖޫދުވަނީ ތަހުގީގީ އިދާރާތަކަށް އިތުބާރު ގެއްލުމުން..؟

މުހައްމަދު އަލީ
އޭޕްރިލް 27, 2025

ދެމީހުން ދެ ކޯފީއާއި ޕޮޕްކޯން ކޮޅެއް ހިފައިގެންގޮސް ޖައްސާލީ ކޮފީ މޭޒުކައިރީގައެވެ. ފުރަތަމަ ވާހަކަފެށި އަހަރެންގެ އެކުވެރިޔާއެވެ. ”ރައީސް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި. ކިހިނެއްވާނެބާ،“؟ އަހަރެން ޖަވާބުގައި ބުނީމެވެ. ”ރަނގަޅުވާނެ. ވަރަށް ބާރުވެސް ދެއްވާފައިވަނީ. އެހެން ވީމާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަދި އެއީ ސިޔާސީން އެކުލެވޭ ކޮމިޝަނެއް ވެސްނޫން،“

މިހެން ބުނުމުން އެކުވެރިޔާ ކޮށްލީ ސުވާލެކެވެ. ”ޑޮކްޓަރ މުހައްމަދު މުނައްވަރަކީކާކު؟ ޑިކްޓަރ ހަބީބަކީ ކާކު،“ މިއަށް އަހަރެން އެއްޗެއް ނުބުނެ ހިމޭންވީމެވެ. އަނެއްކާވެސް ވާހަކަފެށީ އެކުވެރިޔާއެވެ. އޭނާ ބުނިގޮތުގައި ރައީސް ރިޔާސީ ކޮމިޝަނެއް ހައްދަވަންޖެހި ވަޑައިގެންނެވީ ފުލުހުންގެ އިތުބާރު ގެއްލިފައިވާތީއެވެ. ހިޔުމަންރައިޓުސް ކޮމިޝަނާއި މިހެންގޮސް ނަންހުސްކޮށް ތިބި މިނިވަން މުއައްސާސަތުގެ އިތުބާރު ގެއްލިފައިވާތީއެވެ. އެތަންތަނުގެ މައްޗަށް ސީދާ ރައީސްގެ އިތުބާރު އޮންނެވިނަމަ އެމަނުކުފާނު ރިޔާސީ ކޮމިޝަނެއް ނުއުފެއްދެވީސް ކަމަށެވެ. ރައިސް ވިދާޅުވެފައިވަނީ މިކިމިޝަނަށް އިންތިހާއަށް ބާރު ދެއްވާފައިވާނޭ ކަމަށެވެ. ރާއްޖެއިން ބޭރުން އެހީ ހޯއްދަވަން ޖެހުނަސް އެކަންވެސް އެކޮމިޝަނަށް ކުރެވޭނޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އެކިކަންކަމާ ގުޅިގެން އެތައް ރިޔާސީ ކޮމިޝަން އެކުލަވާލެވުނެވެ. ނަތީޖާއަކީ ދައުލަތުގެ ބަޖެޓުން ފައިސާތަކެއް މަދުވުމެވެ. ނުވަތަ ބޭކާރު ކަމަކަށް ޚަރަދުވުމެވެ. އެއްވެސް ކޮމިޝަނަކުން ނުކުތް ނަތީޖާއެއްނެތެވެ. އެންމެފަހުން ޖެހެނީ އެ ކޮމިޝަންތައް އުވާލާށެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ފުރަތަމަ ރިޔާސީ ކޮމިޝަނެވެ. އެހެންވީމާ އެމަނިކުފާނުގެ އުންމީދުތައްވެސް ވަރަށްބޮޑުވާނެއެވެ. އިތުބާރުވެސް ކުރެވޭނެއެވެ. ކޮމިޝަނުގެ މަސައްކަތް ފަށައި އެކަށީގެންވާ މުއްދަތެއް ހޭދަކުރުމަށްފަހު ރަނގަޅު ނަތީޖާއެއް ނުފެނިއްޖެ ކަމަށްވާނަމަ ދެންވާނީ ކިހިނެއްހެއްޔެވެ؟ ރައްޔިތުންގެ ރުޅިއާ ނަފުރަތު އަމާޒުވާނީ ހެއްޔެވެ؟ ނޫސްވެރިން ނުކުމެ އަނެއްކާވެސް އެކިދިމަދިމާއިން ކޮއްޓައިގެން ސިއްރު މައުލޫމާތު ނެރެ ހާމަކުރާނީ ހެއްޔެވެ؟

މިކަހަލަ ކޮމިޝަންތަކުގައި އަމަލީ ގޮތުން މަސައްކުރައްވާފައިވާ ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ ކޮމިޝަންތަކަށް އެންމެ ފުރަތަމަ ނުފޫޒު ފޯރުވާނީ ފައިބުޑުން ކަމަށެވެ. ވަކިގެއެއް ބަލައި ފާސްކުރަން ވެއްޖެއްޔާ އެކަން ހުއްޓުވަންޖެހެއެވެ. ވަކި މައުލޫމާތެއް ބޭނުންވެއްޖެއްޔާ އެ ލިބުމުގެ ބަދަލުގައި އެމައުލޫމާތު ކުނިގޮނޑަށް ދެއެވެ. މިއީ ދެރަކަންކަމެވެ.

އެކުވެރިޔާ ބުނީ ހެޔޮކޮށްނެވެ. ތަހުގީގީ އިދާރާތަކަށް އިތުބާރު އޮންނަ ކަމަށްވާނަމަ މިފަދަ ރިޔާސީ ކޮމިޝަން އުފައްދާކަށް ނުޖެހޭނެއެވެ. ޔުމްނުގެ މައްސަލަ ފެށިގެން އައިއިރު ފުލުހުންވެސް ވަނީ ތަހުގީގުގައި ފޭލިވެފައި ކަމަށް ބަލަންޖެހޭ އެތައް ކަމެއް ފާހަގަވިއެވެ. އުންމީދަކީ މި ރައީސްގެ ފުރަތަމަ ރިޔާސީ ކޮމިޝަނުން ކާމިޔާބު ކުރައްވާނޭ ކަމަށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *