ބައްސާމުގެ ދެ އެޕާޓުމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް

ބައްސާމު އަލީޖަލީލުގެ ދެ އެޕާޓުމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ ހަވާލުވާން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭ އަމީން އެވެނިއުގެ 2 އެޕާޓުމެންޓާ ކަމަށެވެ. މިއީ ބައްސާމުގެ މިލްކިއްޔާތުގައިވާ ދެ އެޕާޓްމެންޓެވެ. ފުލުހުން މިމަސައްކަތް ފެށީ އޮކްޓޮބަރު 6 ވަނަ ދުވަހުގެ ކުރީން އެ ދެތަން ފުލުހުންނާ ހަވާލު ކުރިމަށް ކޯޓުން އަމުރު ކުރެއްވުމުންނެވެ. ކޯޓުން އެ އަމުރު ނެރުއްވީ މިއަހަރު ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ. […]

ޗައިނާއަށް ޖާސޫސްކޮށްދިން މޭޔަރަކު ހައްޔަރުކޮށްފި

ފިލިޕީންސްގެ ކުރީގެ މޭޔަރަކު ޗައިނާއަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ތަހުޤީޤެއް ފަށައިފިއެވެ. އެލިސް ގުއޯއަކީ ފިލިޕީނސްގެ ބަންބާންގް ޓައުންގެ ކުރީގެ މޭޔަރެވެ. ފިލިޕީންސްގެ ޤާނޫނު ހަދާ މަޖިލީހުން އިންވެސްޓިގޭޓް ކުރަމުން ދަނީ އެލިސް ގުއޯގެ ނުހައްޤު މުއްސަދިކަމާއި ކެސިނޯ ހިންގާ ފަރާތްތަކުން އޭނާ ފައިސާ ލިބިގަތް ކަމުގެ ތުހުމަތުގައެވެ.  އޭނާގެ ރަށްވެހި ކަމާމެދުވެސް ސުވާލު އުފެދިގެން އެ މައްސަލަވެސް ބަލަން ފަށާފައި ވެއެވެ. ފިލިޕީންސްގެ ކޮންގްރެސްގެ މެމްބަރުން ބުނަނީ ޗައިނާއިން އެޤައުމުގެ އިންތިޚާބުގެ ތެރެއަށް ވަދެގަންނަ […]

ސެޕްޓެމްބަރު 11 ގެ ހަމަލަ ދިން މީހުންނާ އެމެރިކާއާ ކޮންގުޅުމެއް؟

ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ވަރލްޑްޓްރޭޑް ސެންޓަރަށް ދީފައިވާ ހަމަލަ ދީފައި ވަނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއަށް އެނގިގެން، އަދި އެފަރާތުން ތަމްރީނުކޮށްފައިވާ މީހުންތަކެއް ކަމަށް ކޯޓަށް ހުށަހަޅާފައިވާ ދައުވާގެ ފައިލެއްގައި ހިމެނޭ ރިޕޯޓެއްގައި ބުނެފިއެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ އެ ދުވަހުގެ ހަމަލާގައި ބައިވެރިވެފައިވާ ދެމީހަކީ، (ޔަގީނުންވެސް) ސީއައިއޭ އާއި ސައުދީ އަރަބިއްޔާގެ ގުޅިފައިވާ ޖާސޫސީ އޮޕަރޭޝަނަކަށް ފައިސާ ދީގެން ބައިވެރިކޮށްފައިވާ ދެ މީހުން ކަމަށެވެ. އެ އޮޕަރޭޝަނަކީ އެންމެ މަތީ ފެންވަރުގައި ސިއްރު […]

ފަތުރުވެރިކަން ދެމެހެއްޓުމަށް ސުލްހަވެރި ދިވެހިގޮތްތައް ހިފަހައްޓަންޖެހޭ: ރައީސް

ރައީސް ޑރ. މުހައްމަަދު މުއިއްޒު/ފޮޓޯ ރައީސް އޮފީސް

ކާމިޔާބުކަމާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށް ސުލަހްވެރި ދިވެހިގޮތްތައް ހިފެހެއްޓުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށެވެ. އަދި އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަމަކީވެސް ރާއްޖޭގެ ފަތުވެރިކަމުގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހީންގެ ސުލްހަވެރި، […]

ޕާޓީން ވަކިވާން އެދި އޮންލައިންކޮށް ހުށަހެޅޭނޭ ގޮތް ހަދައިފި

ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއް ގާއިމްކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ފޯރުކޮށްދޭން ފެށި ހިދުމަތެކެވެ. އީސީން ވިދާޅުވެފައިވަނީ މިއަދުން ފެށިގެން، މި ހިދުމަތް ލިބޭނޭ ކަމަށެވެ. ސިޔާސީ ޕާޓީއަކުން ވަކިވުމަށް އެދޭނަމަ my.elections.gov.mv ”މައި ޕޯޓަލް“ މެދުވެރިކޮށް މި ޚިދުމަތް ފަސޭހަކަމާއެކު އާންމުނަށް ބޭނުންކުރެވޭނޭ ކަމަށް އީސީން ބުނެފައިވެއެވެ. އަދި މިޕޯޓަލް މެދުވެރިކޮށް […]

އެމެރިކާ އަޑީގައި އޮވެގެން ހަސީނާގެ ސަރުކާރު ބަދަލުކޮށްލި

ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚު ޙަސީނާގެ ސަރުކާރު ވައްޓާލުމުގެ އެތައް މަހެއް ކުރިން އެމެރިކާއިން ވަނީ ބަނގްލަދޭޝްގައި ހަމަނުޖެހުން އުފެއްދުމަށް ރާވައި މަސައްކަތްތަކެއް ކޮށްފައެވެ. މިހާރު ދަ ގްރޭޒޯން އިން ލީކުކޮށްފައިވާ ޑޮކިއުމެންޓްތަކުން އެނގޭ ގޮތުގައި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރު ވައްޓާލުމުގެ ކުރިން އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓުން ވަނީ ބަނގްލަދޭޝްގައި ޤައުމީ ފެންވަރުގައި ”ބާރުވެރިކަން ފުރޮޅާލުމަށް“ އެކި ދިމަދިމާއިން މީހުން ހޯދައި ތައްޔާރުކޮށްފައެވެ. އެމެރިކާ ސަރުކާރުން ފައިސާ ހޯދައިގެން ހިންގާ އެމެރިކާ […]

ޑިމޮކްރެސިއާ ބެހޭ ގޮތުން ވާހަކަ ދެއްކިއަސް ހިތް ބަރު ނުކުރައްވާތި

އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ވަނީ އަންގާރަ ދުވަހު ވޮޝިންޓަނުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެންއާ ބައްދަލު ކުރައްވާފައެވެ. ދެ ބޭފުޅުންގެ މަޝްވަރާގައި ދެކުނު އޭޝިއާ ސަރަހައްދާއި އިންޑިއާ ކަނޑުގެ މައްސަލަތަކާ މެދު މަޝްވަރާ ކުރެއްވިއެވެ. އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ އެގައުމުން އެމެރިކާގެ ޑިމޮކްރެސީއާ ބެހޭ ގޮތުން ބަސް ބުނިކަމުގައި ވިއަސް އެކަމާ މެދު ހިތްބުރަ ނުކުރެއްވުމަށް އެދި ވަޑައިގެންފައެވެ. އަދި އެއީ ދުނިޔޭގައި ޑިމޮކްރެސީ އާލާކުރުމަށް ކުރާ މަސައްކަތުން ބައެއް ކަމަށް […]

ފުލުހުން ގުޅިގެން 10 ވަނަ ގްރޭޑްގެ ކުއްޖަކު ރޭޕްކޮށްފި

ޕާކިސްތާންގެ ޕަންޖާބުގެ ޓައުނެއްގައި ފުލުހުންގެ ބަންދުގައި ހުރި ބައްޕައަކު ދޫކޮށްލުމަށް އެދި ފުލުހަށް ދިޔަ 10 ވަނަ ގްރޭޑްގެ އަންހެން ކުއްޖާ ރޭޕްކޮށްފިއެވެ. ސަރަގޯދާ ސިޓީއާ ކައިރީގައި އޮންނަ ކޯޓު މުއުމިންގައި ހިނގާފައިވާ މި ޖަރީމާއަކީ، ފުލުސް ސްޓޭޝަންގެ ސަބް އިންސްޕެކްޓަރާއި އޭނާގެ ރަހުމަތްތެރިޔާ ގުޅިގެން ހންގާފައިވާ ޖަރީމާއެކެވެ. ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައި ހުރީ މަސްތުވާތަކެއްޗެއް ކަމަށްވާ ހަޝީޝްގެ ފޭކް މައްސަލައެއްގައެވެ. މިމީހުން މި ކުއްޖާ ރޭޕްކޮށްގެން ގެންގުޅުމަށްފަހު އެކުއްޖާގެ ބޮޑުދައިތަގެ ގެ ކުރިމައްޗަށް އެއްލައިލީ މެންދަމުން […]

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯ ބިލްޑިން/ފޮޓޯ އަވަސް

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނޭ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ ކަރަންޓު ކަނޑާލަނީ ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށެވެ. ”މާލޭގެ މީޑިއަމް ވޮލްޓޭޖު ޑިސްޓްރިބިޔުޝަން ގްރިޑް ނެޓުވޯކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް 4 އޮކްޓޯބަރު 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 އާއި 6:30 އާ ދެމެދު އަދި 9:45 އާއި 10:15 އާ ދެމެދު މާލޭގެ މާފަންނު މައްޗަންގޮޅި އަދި ގަލޮޅުގެ […]

މެކްސިކޯގެ ރައީސާ މަޤާމުގެ ހުވައި ކުރައްވައިފި

މެކްސިކޯގެ ފުރަތަމަ އަންހެން ރައީސާ މަޤާމުގެ ހުވައި ކުރައްވައިފިއެވެ. ލެޓިން އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ ރައީސްގެ މަގާމަށް ކްލައުޑިއާ ޝެއިންބޯމް ހުވައި ކުރެއްވީ 6 އަހަރުގެ ދައުރަކަށެވެ. މެކްސިކޯ ރައީސުންނަކީ 6 އަހަރުގެ އެއް ދައުރަކަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނެވެ. ޝެއިންބޯމްގެ ފުރަތަމަ ތަޤްރީރުގައި އިންވެސްޓަރުންނަށް ޔަޤީންކަން ދެއްވަމުން، މަރުކަޒީ ބެންކު މިނިވަން އިދާރާއެއްގެ ގޮތުގައި ބާއްވާނެ ކަމަށާއި އިންވެސްޓްމެންޓްތައް ރައްކާތެރި ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މެކްސިކޯގެ ކުރީގެ ރައީސް ވަނީ މުސާރަތައް ދެގުނައަށް […]