ވޭޕް މަނާކުރަން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށައިފިން: އޭޖީ

ނޮވެމްބަރު ފަނަރައިން ފެށިގެން ރާއްޖޭގައި ވޭޕް މަނާކުރުމަށް ކަމާ ބެހޭފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމުން އެކަމަށް އެޓަރނީޖެނެރަލް މަރުހަބާ ވިދާޅުވެއްޖެއެވެ. އެޓަރނީޖެނެރަލް އަހުމްދު އުޝާން އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން،“ ކަމަށެވެ. އެމަނިކުފާނުގެ އެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށްވެސް […]
ރާއްޖޭގައި ވޭޕް މަނާކުރުމަށް ރައީސް އަންގަވައިފި

ނޮވެމްބަރު ފަނަރައިން ފެށިގެން ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ކުރަން ޖެހޭކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ( 15 ނޮވެމްބަރ 2024 އިން ފެށިގެން“ މަނާ ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނޭ ކަމަށެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުން […]
ޚައިބަރުގައި ސުންނީންނާއި ޝީޢީންގެ ދެމެދު ހަމަލަތައް ބަދަލު ކުރަނީ

ޕާކިސްތާންގެ ޚައިބަރު ޕަޚުތޫން ޚުވާ ސަރަހައްދުގެ ޚުއްރަމް ޑިސްޓްރިކްޓްގައި ސުންނީންމާއި ޝީޢީންގެ ދެމެދު ހިނގަމުންދާ މަޒްހަބީ ހަމަނުޖެހުން އަދިވެސް ހުއްޓުމެއް ނެތެވެ. އެންމެ ފަހުން ދީފައިވާ ޙަމަލާގައި 3 އަންހެނުންނާއި 2 ކުޑަ ކުދިން މަރުވެފައި ވެއެވެ. މިހަމލާގައި ޖުމުލަ 10 މީހުން މަރުވިއެވެ. ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ޒާތީ މިނިވަންކަމެއް ދީފައިވާ ޚައިބަރުގައި މި ހަމަލާ ދީފައި ވަނީ ސިފައިންގެ ގާޑުކޮށްދިން ބަހަކަށެވެ. ސިފައިން ވަނީ ޙަމަލަ ދިން މީހުންނާއެކު ބަޑީގެ ހަމަލަތައް ބަދަލުކޮށްފައެވެ. […]
ރައީސްގެ ނިއުޔޯކް ދަތުރުފުޅަށް ދެ މިލިއަނަށްވުރެ ގިނަރުފިޔާ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަށް ކުރެއްވު ދަތުރުފުޅަށް ޚަރަދުކުރި ފައިސާގެ އަދަދު ހާމަކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ އެދަތުރުފުޅަށް ޖުމްލަ 2،455،583.01 ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ މިއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މީގެ ކުރިން އެމެރިކާއަށް ވަޑައިގެން ކުރެއްވި ޚަރަދާ އަޅާބަލާއިރު ކުޑައަދަދެއް ކަމަށެވެ. ރައީސް ސާލިހު ފުރަތަމަ ދަތުރުފުޅުގައި 4.17 މިލިއަން ރުފިޔާ އަދި ދެވަނަ ދަތުރުފުޅުގައި 5.34 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރައްވާފައި […]
ޙިޒުބުﷲއިން މޮޅު ގޮތަކަށް ކާމިޔާބު ޑްރޯން ޙަމަލައެއް ދީފި

ޙިޒުބުﷲއިން ދިން ކާމިޔާބު ޙަމަލައެއްގައި ޒަޔަނިސްޓު ޔަހޫދީ ސިފައިންގެ 4 މީހަކު މަރާލައިފިއެވެ. އަދި 60އަށް ވުރެން ގިނަ ޒަޔަނިސްޓުން ބޮޑެތި ޒަކަމްތަކާއެކު ހަސްފަތާލަށް ފޮނުވައިފިއެވެ. މެދު ތެރޭ އިޒްރޭލަށް ދިން ޑްރޯން ޙަމަލާއަކީ މިހާތަނަށް ޙިޒުބުﷲ އިން އަމާޒު ކުރި އެންމެ ކާމިޔާބު ހަމަލައެވެ. މި ޙަމަލާގައި ޑްރޯން އަމާޒުކޮށްފައި ވަނީ އިޒްރޭލުގެ އެންމެ ވަރުގަދަ ސިފައިން ކަމަށްބުނާ ގޯލާން ބްރިގޭޑްގެ ތަމްރީން މަރުކަޒަކަށެވެ. މި ޙަމަލައަށް ޑްރޯން ވަދެގެން އައި އިރުވެސް އިޒްރޭލުގެ ރޭޑާތަކުން […]
ސްނޯކްލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެކު މަރުވެއްޖެ

އއ. ގަންގެހި ރިސޯޓުގެ ބޭރަށް ސްނޯކްލިންނަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ފުލުހަށް ލިބިފައިވަނީ އޮކްޓޯބަރ ތޭރަވަނަ ދުވަހުގެ އެގާރަގަޑި ބާވީސް އެހައިކަންހާއިރުއެވެ. އޭނާ މޫދުން ނަގައިގެން ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިމީހާއަކީ އއ. ރަސްދޫ ގެސްޓުހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މީހެއް ކަމަށެވެ. އޭނާގެ އުމުރަކީ ހަތާވީސް އަހަރެވެ. ފުލުހުން ގެންދަނީ މިމައްސަލަ […]
ދަށު ކޯޓުން ދޫވި މީހަކަށް ހައިކޯޓުން އުމުރު ދުވަހުގެ ޖަލުހުކުމެއް

ޑްރަގް މައްސަލައިގައި ކުށް ސާބިތު ނުވެގެން ކުރިމިނަލް ކޯޓުން ދޫކޮށްލި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ހައިކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ވ. ޖަނަފް މުހައްމަދު މަމްދޫހުގެ މައްޗަށެވެ. މިއީ ހ. ފްލެޝް ގެސްޓްހައުސްގެ ދެ ނަންބަރު ކޮޓަރީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރުކުރާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށްގޮސް ހިންގި އޮޕަރޭޝަނެއްގައި ޑްރަގާއެކު މަމްދޫހު ހައްޔަރުކުރުމުން، އޭނާގެ މައްޗަށް ކުރި ދައުވާއެކެވެ. […]
އީސީގެ މެންބަރުކަމަށް، ހަސީބު އައްޔަން ކުރަން ފޮނުވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގައި ހުންނެވި ފުއާދު ތައުފީގުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، ފުއާދުގެ ބަދަލުގައި އީސީގެ މެންބަރުކަމަށް އަބްދުލް ހަސީބް އިސްމާއީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ. އީސީގެ ރައީސް ފުވާދު ތައުފީގުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހަށެވެ. އެ ކޮމިޝަންގެ މެންބަރަކަށް ބޭފުޅަކު އައްޔަން ކުރައްވާނީ އެކަމަށް އެދި ހުށައަޅާ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަން މަޖިލީހުން ފާސްކުރެއްވުމަށްފަހުއެވެ. […]
މުމްބާއިގައި ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފި

ބޮލީވުޑްގެ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ މުމްބާއިގެ ސިޔާސީ ލީޑަރު ބާބާ ސިއްދީޤީ މަރާލުމާ ގުޅިގެން މުމްބާއީގެ މުހިންމު ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ. ވީއައިޕީންނާއި ފިލްމު ސްޓާރުންނާއި މުއްސަނދިން ދިރިއުޅޭ މަލާބާރު ހިލްގައި ބައެއް ސަރަހައްދުތައް ބަންދުކޮށް ފުލުހުން ފޯރި މަރަން ފަށާފައި ވެއެވެ. ބާބާ ސިއްދީޤީ މަރާލުމުގައި ބައިވެރިވި 4 މީހުންވެސް ފުލުހުން ވަނީ ހޯދައިގެންފައެވެ. މި ޙަމަލާއަށް ޖަލުގައި ބަންދުކޮށްފައިވާ ގޭންގްސްޓަރ ރޯއި ބިޝްނޯއިގެ ސަޕޯޓަރުން ވަނީ ޒިންމާ ނަގާފައެވެ. ސިއްދީޤީ […]
