އިސްތިއުމާރުގެ އަނދިރި ސަފްހާ ބެހޭ ގޮތުން ބަހުސް ކުރާނެ

އެފްރިކާއާއި ޕެސިފިކުން އިންސާނުން އަޅުދާސްކޮށް ވިއްކާލުމާއި ބިންތައް ހިފައި އިސްތިއުމާރު ކުރި މައްސަލާގައި އިނގިރޭސިން ބަދަލު ދޭން ޖެހޭނެކަމަށް ކޮމަންވެލްތުގެ ބައެއް ޤައުމުތަކުން ޤަބޫލު  ކުރެއެވެ. ސަމޮއާގައި ކޮމަންވެލްތުގެ ވެރިންގެ މަހާސިންތާގައި ކުރެވޭ މަޝްވަރާގައި އިނގިރޭސިވިލާތުގެ ކުރީގެ އިސްތިއުމާރީ ކޮލޮނީ ތަކަށް ފައިސާގެ ބަދަލެއް ދޭން އިނގިރޭސި ބޮޑު ވަޒީރު  ކޭއާ ސްޓާމަރ ބޭނުން ފުޅެއް ނުވެއެވެ. ނަމަވެސް މާލީ ބަދަލެއް ފިޔަވައި، ދަރަނި މަޢާފް ކޮށްދިނުންފަދަ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރަން އިނގިރޭސި ސަރުކާރު ތައްޔާރަށް […]

އިންޑިއާގެ އަމާޒަކީ ސަލާމަތީ މަޖިލީހުން ގޮނޑިއެއް

އިންޑިއާއަކީ އދގެ ސުލްހަ ބަލަހައްޓާ ލަޝްކަރިގެ މުހިންމު ބައެކެވެ. އަދި އިންޑިއާއިން ވަކާލާތު ކުރަނީ އިންޑިއާއަކީ ދުނިޔޭގެ ދެކުނު ބިތުގެ އަޑު ކަމަށެވެ. މިވާހަކައާއެކު އިންޑިއާއިން އިޒްރޭލަށް ހަތިޔާރު ފޯރުވައިވެސް އެދެއެވެ. އަދި އެހީގެ ސާމާނު ފަލަސްތީނާއި ލުބުނާނަށް ފޮނުވައި ވެސް ދެއެވެ. ސިއެރާލިއޯންގެ އަހުލީ ހަނގުރާމައިގައި ސުލްހަ ބަލަހައްތައި ދިނުމަށް 1990 ގެ އަހަރުތަކުގެ ފަހުކޮޅު އދގެ ލަޝްކަރަށް ސިފައިން ފޮނުވައި ދިނީވެސް އިންޑިއާއިންނެވެ. ދުނިޔޭގެ އުނދަގޫ ތަންތަނުގައި ސުލްހަވެރިކަން ބެލެހެއްޓުމުގެ ރަނގަޅު ރެކޯޑެއް އިންޑިއާގެ […]

ޗައިނާގެ އަގުހެޔޮ އުފެއްދުންތައް އެހެން ގައުމުތަކަށް ނުރައްކަލެއް

ޗައިނާގެ އަގު ހެޔޮ އުފެއްދުންތަކަކީ ހުޅަނގުގެ ޤައުމުތަކުގެ އުފެއްދުންތަކަށާއި އެހެން ޤައުމުތަކުގެ އުފެއްދުންތަކަށްވެސް އަސަރު ކުރާ ކަމެކެވެ. ޗައިނާގެ އަގުހެޔޮ އެކްސްޕޯޓު އެކްސްޕޯޓްތަކާއި ހީވެސް ނުކުރާވަރުގެ ދަށް އަގުތައް ކަނޑައެޅުމުގެ އިގްތިސާދީ ސްޓްރެޓެޖީތަކުގެ ސަބަބުން ބޭހާއި އިލެކްޓްރޯނިކް ވެހިކަލްއާއި ސޯލާ ވެހިކަލް، ކަރުދާސް، ރަބަރު، އަދި ދުނިޔޭގެ ދަގަނޑާއި ކެމިކަލް ފަދަ އަސާސީ ސިނާއަތްތަކަށް ވެސް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ބެއިޖިންގެ މި އެކްސްޕޯޓް ސްޓްރެޓެޖީގެ މައިގަނޑު ސަބަބަކީ ޗައިނާގެ އެތެރޭގެ އިޤްތިސާދީ ހާލަތެވެ. ޗައިނާގައި އިގްތިސާދު […]

ފޯޑު ކުންފުނިން އިންޑިއާގައި ކާރު އުފައްދަނީ

އެމެރިކާގެ ފޯޑު ކުންފުނުން އަނެއްކާވެސް އިންޑިއާގައި ކާރު އުފެއްދުމަށް ނިންމައިފިއެވެ. ފޯޑް ކުންފުނިން ވަނީ 2021 ވަނަ އަހަރު އިންޑިއާގެ ޓެމިލްނާޑްގައި ހިންގާ ކާރު އުފައްދާ ފެކްޓްރީ ބަންދުކޮށްފައެވެ. ފޯޑު ކުންފުނިން ބުނަނީ އެކްސްޕޯޓު ކުރުމަށް އިންޑިއާއިން އަލުން ފޯޑް ކާރު އުފައްދާނެ ކަމަށެވެ. އެގޮތުން، ލައިޓް ކޮމާޝަލް ވެހިކަލް އަދި ޕިކްއަޕް އުފެއްދުމަށް މި ފެކްޓްރީ މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ފޯޑުން ދަނީ ވޯކްސްވޭގަންއާ ގުޅިގެން އުފެއދުންތައް އިތުރު ކުރުމަށް […]

ނިޒާމުން ގެއްލުވާލާފައިވާ މީހުން ހާޒިރު ކުރުމަށް އަންގައިފި

ޕާކިސްތާންގެ ސިންދު ހައިކޯޓުން ވަނީ ގެއްލިފައިވާ ބެލޫޗިސްތާނަށް ނިސްބަތްވާ އަށް ދަރިވަރަކު ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ހޯދައިދީ ކޯޓަށް ހާޒިރު ކޮށްދިނުމަށް އަމުރު ނެރެފައެވެ. އަދި އެ އަމުރު ތަންފީޒު ނުކުރެވިއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ފަނޑިޔާރު ސަލާހުއްދީން ޕަންހުވާރާއި ފަނޑިޔާރު އަދުނާނުލް ކަރީމް މެމޮން ގެ ދެ ފަނޑިޔާރުންގެ ބެންޗަކުން ވަނީ ނޮވެމްބަރު 4ގައި ހޯމް ސެކްރެޓަރީ އާއި އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސްއާއި އެޑްވޮކޭޓް ޖެނެރަލް […]

ޓެކްސް ޓްރައިބިއުނަލަށް ހަތަރު ބޭފުޅެއްގެ ނަން ފާސްކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ. ފަސް މެންބަރުން ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުންގެ މަގާމު ހުސްވީ، އެ ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި އެ ޓްރައިބިއުނަލްގެ މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ރައްޔިތުންގެ […]

ސްޓެލްކޯއިން އަންހެނުންނަށް ކަރަންޓު ކިޔަވައިދެނީ

އަންހެނުންނަށް ޚާއްސަކޮށްގެން ސްޓެލްކޯއިން ކޯހެއް ހިންގަން ނިންމައިފިއެވެ. ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން’ގެ ނަމުގައި ކުރިއަށް ގެންދާ މި ކޯހަކީ ކަރަންޓާ ގުޅޭ އަސާސީ ކަންކަން ކިޔަވައިދިނުމަށް ޚާއްސަ ކޯހެކެވެ. އެ ކޯސް ފެށުމަށް ސްޓެލްކޯއިން މިހަރު ގެންދަނީ ތައްޔާރުވަމުންނެވެ. ”މި ކޯހުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި. ރައްކާތެރިގޮތުގައި ކަރަންޓު ބޭނުން ކުރުމާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ އިތުރުން، ކަރަންޓު ވަޔަރ ކުރުމުގެ އަސާސީ މަޢުލޫމާތު މި ކޯހުގައި […]

އަންއަހަރުގެ ކުރިން ކަނޑުތައް ޙިމާޔަތް ކުރުމަށް އަތުގުޅާލުމަށް ގޮވާލައްވައިފި

ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ މަންދޫބުންނަށް ޝާންޑޮންގްގެ ގަވަރުނަރު އިންތިޒާމު ކުރެއްވި ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އޮނަރަބަލް އަޙުމަދު ނާޡިން ވިދާޅުވީ، ރާއްޖެއާއި ޗައިނާއަކީ، ކަނޑުގެ ވެށި ހިމާޔަތް ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރާ ދެ ޤައުމު ކަމަށެވެ. އެ ރިސެޕްޝަނުގެ ޗީފް ގެސްޓުގެ ހައިސިއްޔަތުން ވާހަކަދައްކަމުން، އޮނަރަބަލް ނާޡިމް ވަނީ، ދުނިޔޭގެ ފެންވަރުގައި ކަނޑުގެ ވެށި ޙިމާޔަތް ކުރުމަށާއި 2025ގައި ބާއްވާ އދގެ އޯޝަން ކޮންފަރެންސްގެ ކުރިން […]