ނުފޫޒު ފޯރުވުމަކީ އަޅުގަނޑު ކުރާނޭ ކަމެއްނޫން: ރައީސް

ދައުލަތުގެ އެއްވެސް ބާރެއް ނުވަތަ މިނިވަން މުއައްސަސާއަކަށް ވިޔަސް އެއްވެސް ނުފޫޒެއް ނުފޯރުވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފަދަ އެއްވެސް ބައެއްގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ މިހާތަނަށް ކުރައްވާފައިވާ ކަމެއްނޫން ކަމަށެވެ. ކުރިއަށްއޮތްތާނގައި ވެސް އެކަން ނުކުރައްވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިއަދާ […]
ވެރީން އައްޔަން ކުރުމުގެ ބާރު ރައީސަށް ދިނުމަކީ ތަހުޒީބު ކަމެއް

މުއައްސަސާތަކަށް ރައީސުންނާއި ނާއިބު ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުމަކީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ޤައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތް ކަމަށް އެޗުއާރުސީއެމްގެ މެންބަރު އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ. ކުރީން އީސީގެ ނާއިބު ރައީސްކަން ކުރައްވާފައިވާ އިސްމާޢީލް ހަބީބު މިހެން ވިދާޅުވީ އީސީއާއި އޭސީސީގެ ރައީސުންނާއި ނާއިބު ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުމަށް މަޖިލީހުން ގާނޫނަށް ބަދަލުގެނެވުމުން އެކަމާ ބައެއް ފަރާތްތަކުން ފާޑުވިދާޅުވަމުން ގެންދަވަނިކޮށްނެވެ. ”އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ […]
އެންމެ ބޮޑަށް ނުސާފު ވައި ބޭރުކުރަނީ ޗައިނާ

ދުނިޔެ އެންމެ ބޮޑަށް ނުސާފުކުރާ ގައުމަކަށް ޗައިނާ ވަނީ ކޯލާ ދެލިން ކަރަންޓު އުފައްދައި އެއިން ދުނިޔޭގެ ޖައްވަށް ސީއޯ2 ބޭރު ކުރާ މިންވަރު އިތުރު ވުމުންނެވެ. ލީޑިންގ ކާބަން އެމިޓަރ: ތަމަލް ޕަވަރ ޕްލާންޓްތައް ފުޅާވެ، ކޯލާދެއްޔަށް ވަރަށް ބޮޑަށް ބަރޯސާވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ކާބަން އެމިޓަރެއްގެ ގޮތުގައި ޗައިނާ ދެމިއޮވެއެވެ. ރެކޯޑް ކޯލް އިމްޕޯޓް: ސެޕްޓެމްބަރު 2024 ގައި ޗައިނާގެ ކޯލް އިމްޕޯޓް ރެކޯޑް އަދަދަކަށް 47.59 މިލިއަން ޓަނަށް އަރާފައިވާއިރު، […]
ރާމާމަކުނަށް ކާން ދޭން ރެސްޓޯރެންޓެއް ހުޅުވިނަމަ!

އިންޑިއާގެ ފައިޒްއާބާދު އޭ ބުނެފިނަމަ ތިބާއަކަށް ނޭގޭނެއެވެ! އެކަމަކު ބާބްރީ މަސްޖިދޭ ބުނެފިނަމަ އެނގޭނެއެވެ. ބާބަރު ރަސްގެފާނު ބިނާ ކުރެއްވި މިސްކިތް ހުރީ ފައިޒްއާބާދުގައެވެ. ފައިޒްއާބާދަކީ، ނަވާބުން ވެރިކަންކުރި ޢަވަޟް ނަމަކަށް ކިޔާ ދައުލަތުގެ ވެރިރަށެވެ. މިއަދުވެސް ފައިޒްއާބާދު ތާރީޚާއި ޒަމާނާއި މަކާނުން ފޮހެވިގެން ގޮސްފައެއް ނުވެއެވެ. ފައިޒްއާބާދަކީ މިހާރު އަޔޯދިޔާއެވެ. އަދި ފައިޒްއާބާދަކީ މިހާރުގެ އަޔޯދިޔާގެ އެއް އަވަށަށެވެ. ޙަމްދު ކިޔައި ޝުކުރުކޮށްލާށެވެ! ނަވާބު ދަރިކޮޅުން ބިނާކުރި ޢަވަޟް ދައުލަތަކީ، އިންޑިއާއަށް ފައިޒްއާބާދާއި ލަކްނައު ސިޓީގެ […]
މިނިސްޓަރު އަޅުގަނޑަށް ކުރާ ތުހުމަތު ބަލައިދިނުމަށް ހުށަހަޅައިފިން: ފައްޔާޒު

ޕޮލިސް ސްޓޭޝަންތަކެއް އެޅުމާބެހޭ ޕްރޮޖެކްޓަކާ ގުޅިގެން ހޯމް މިނިސްޓަރ އަލީ އިހްސާން ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ކޮރަޕްޝަނުގެ ތުހުމަތު ކުރައްވާތީ އެކަން ތަހުގީގުކޮށް ދިނުމަށް އެދި ފުލުހަށާއި އޭސީސީއަށް މިއަދު ހުށަހަޅައިފި ކަމަށް ފައްޔާޒު ވިދާޅުވެއްޖެއެވެ. ”މިނިސްޓަރު އިހުސާން ވަނީ، ކުރީސަރުކާރުން، ޕޮލިސް ޔުނިޓުތަކެއް އެޅުމާގުޅޭ ޕްރޮޖެކްޓަކާ ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ދެއްވާފައި. އަޅުގަނޑުގެ ފަރާތުން މިކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިއްޖެ،“ ފައްޔާޒު ވިދާޅުވެފައިވެއެވެ. އޭސީސީއަށް […]
ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި

ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި މިއަހަރުގެ ކުރިއަށް އޮތް ތަނަށް ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް، އެއްވެސް ބަދަލެއް ނުގެނެސް ހުށަހެޅިގޮތަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ. ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމުލައަކީ 5،119،508،129 (ފަސް ބިލިޔަން އެއް ސަތޭކަ ނަވާރަ މިލިޔަން ފަސްލައްކަ އަށްހާސް އެއް ސަތޭކަ ނަވާވީސް) ރުފިޔާއެވެ. މި ބަޖެޓުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.5 […]
އޭސީސީގެ ރައީސާއި، ނާއިބުރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނަށް އިސްލާހުގެނައުމަށް މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ. ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި މި ބިލްގައި ބަޔާންކޮށްފައިވަނީ، މި އިސްލާހު ގެނައުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުމުގައި، […]
ޗައިނާއިން ބާރު ދައްކާތީ އެމެރިކާ ނުރުހޭ

ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ބާރެވެ. ޗައިނާއަށް ފާޑު ކިޔާ ފަރާތްތަކުން ބުނަނީ، ދުނިޔޭގެ މައިދާނުގައި އެގައުމުގެ މަސްލަހަތާއި ބާރު ސާބިތުކުރުމަށް ”ލޯފެއާ“ ހިންގަމުން ގެންދާ ކަމަށެވެ. ލޯފެއާ އަކީ ބާރު ދެއްކުމަށް ގާނޫނުގެ ބާރު ބޭނުންކޮށް ނަހަމަ ބޭނުން ހިފުމެވެ. ލޯފެއާގައި ހިމެނެނީ ބާރުގެ ބޭނުން ނުކޮށް ސިޔާސީ ނުވަތަ އަސްކަރީ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި ގާނޫނީ ނިޒާމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތައް ސްޓްރެޓެޖިކް ގޮތެއްގައި ބޭނުންކޮށް މެނިޕިއުލޭޓް ކުރުމެވެ. ޗައިނާއިން ވަނީ ”ތިން ހަނގުރާމަ“ […]
ޕާކިސްތާނަށް ކުރިމަތިވާ އިގްތިސާދީ ގޮންޖެހުންތަކެއް ގިނަ

އައިއެމްއެފްގެ އެންމެ ފަހުގެ ބެއިލްއައުޓް ޕެކޭޖުގެ ފުރަތަމަ ބައި ޕާކިސްތާނުން ހޯދި ނަމަވެސް އެގައުމުގެ އިގްތިސާދީ ގޮންޖެހުންތައް އަދިވެސް ބޮޑު ކަމަށާއި ބޭރުގެ ދަރަނި ދެއްކުމުގެ ގާބިލްކަން އައިއެމްއެފް އިން ސިފަކޮށްފައި ވަނީ ”ނާޒުކު“ ހާލަތެއްގައި އޮތް ކަމަށެވެ. އައިއެމްއެފްގެ ފަހުގެ ޕްރޮޖެކްޝަންތަކަށް ބަލާއިރު، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ޕާކިސްތާނަށް 62.6 ބިލިއަން ޑޮލަރުގެ ބޭރުގެ ފައިސާގެ ބޭނުންތަކެއް ކުރިމަތިވެފައިވެއެވެ. އަދި 2024-25 އިން 2028-29 އަށް އޮންނަ މާލީ އަހަރަށް މިއަދަދު 110.5 […]
ބަންގްލަދޭޝް ޗައިނާގެ ޖިއޮޕޮލިޓިކަލް އެދުންވެރިކަމުގެ މައިދާނަކަށް

ބަންގްލަދޭޝް އަސްކަރީ ބޭސްއެއްގެ ގޮތުގައި ބޭނުންކޮށްގެން ދެކުނު އޭޝިއާގައި ޗައިނާގެ މަސްލަހަތު ކުރިއަށް ގެންދިއުމަށް ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަމުގައި ޗައިނާއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް ހަސީނާ ވަކިކޮށް ޑރ. މުހައްމަދު ޔޫނުސް އިސްކޮށް ހުންނަވާ ވަގުތީ ސަރުކާރެއް ގާއިމްކުރުމާއެކު މި ސަރަހައްދުގެ ޖިއޮޕޮލިޓިކަލް މަންޒަރު ބަދަލުވަމުންދާ މަންޒަރު ފެނެ އެވެ. ވަގުތީ ސަރުކާރާއި ޗައިނާގެ ޑިޕްލޮމެޓުން ބައްދަލުކުރިތާ މާގިނައިރުތަކެއް ނުވެ، ޗައިނާގެ ކަނޑުގެ ސިފައިންގެ ބޯޓުތައް ބަންގްލަދޭޝްގައި ބަނދަރުކުރަން ފަށައިފިއެވެ. އަދި ބެއިޖިން އިން ބަނގްލަދޭޝްގެ […]
