ރައްޔިތުންގެ އެއްބާރުލެއްވުމަށް ރައީސް އެދިވަޑައިގެންފި

ސިޔާސީ ފިކުރު އެއްކިބާކޮށް، ޤައުމަށާއި އަދި އަންނަން އޮތް ޖީލުތަކަށް ފައިދާވާނޭ ގޮތަށް ގައުމީ ތަރައްގީގެ ވިހިއަރުގެ މާސްޓަރ ޕްލޭން ރާވައި، ތަންފީޒުކުރުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ޤައުމީ ތަރައްޤީގެ 20 އަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން އިފްތިތާހުކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. މި ޕްލޭން އިފްތިތާޙްކޮށްދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސް ވިދާޅުވީ މިޕްލޭން ރާވާ، ފުރިހަމައަށް ތަންފީޒުކުރެވިއްޖެނަމަ، ރާއްޖެއަކީ 2040 ވަނަ އަހަރުގެ […]
އޮންލައިންކޮށް ކުދިންނާ ހިތާނުވާން އަންގައިފި

ޗައިނާ ސިފައިން ހުސްވަގުތުގައި އޮން ލައިންކޮށް އަންހެން ކުދިން ހޯދައި ހިތާ ނުވުމަށް އިންޒާރުކޮށްފިއެވެ. ޗައިނާގެ ސިފައިންނަށް ނެރެފައިވާ އާދަޔާ ހިލާފު އިންޒާރުގައި ޒުވާން އޮފިސަރުންނާއި މުވައްޒަފުންނަށް އަންގާފައި ވަނީ އޮންލައިންކޮށް ދިމާވާ އަންހެން ކުދިންނާ ހިތާވާން ދިމާކޮށްފިނަމަ، އެމީހުންނަށް ސަލާމަތީ ނުރައްކާތެރިކަމެއް ކުރިމަތި ވެދާނެ ކަމަށެވެ. އަދި އެމަގުން ހިނގަނީ ނަމަ މީހުންގެ ސްކޭމްތަކުގައި ޖެހި، އަތުން ފައިސާ ގެއްލި، ބަދުނާމީއާ ކުރިމަތި ލާން ވެސް ޖެހިދާނެ ކަމަށެވެ. 1990 ވަނަ އަހަރުގެ ފަހުން އުފަން […]
ޓްރަމްޕް ހުދު ފޮތިކޮޅަކަށް ވެއްޖެ

ޓްރަމްޕްގެ މައްޗަށް 34 ޖިނާއީ ދައުވާއެއް އުފުލާފައި ވެއެވެ. އަދި ތިން ދައުވާއެއް ގެ ހުކުމް އިއްވަން ވެސް އޮތީ ހަމަޖެހިފައެވެ. ޓްރަމްޕް އިންތިޚާބު ކާމިޔާބު ނުކުރެއްވިނަމަ އޭނާއަށް އޮތީ ޖަލު ޙުކުމެވެ. ނަމަވެސް ވެރިކަން ހޯއްދެވުމުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފައެވެ. ޓްރަމްޕަށް 3 ދައުވާގައި ހުކުމް ކުރަން އޮތީ އިންތިޚާބު ނިމޭތާ 3 ދުވަސް ފަހުންނެވެ. ޓްރަމްޕްގެ ގާނޫނީ ޓީމުން ވަނީ އޭނާގެ ޖިނާއީ ޝަރީއަތްތައް އިންތިޚާބަށް ފަހަށް ބާއްވައި ދިނުމަށް ބުރަކޮށް މަސައްކަތް […]
އަޅުގަނޑުގެ އާ ވެރިކަމުގައި އެއްވެސް ދަރިއަކު ނުހިމަނާނަން: ޓްރަމްޕް:

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ފޮކްސް ނިއުސްއަށް ވިދާޅުވީ އޭނާގެ ފުރަތަމަ ދައުރާ ހިލާފަށް އޭނާގެ އާ ވެރިކަމުގައި އެއްވެސް ދަރިއަކު ނުހިމެނުއްވާނެ ކަމުގައެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ ”އެއީ އާއިލާއަށް ވަރަށް ވޭންދެނިވި ކަމެއް. އަޅުގަނޑުގެ އާއިލާ ވަނީ އުދަގޫ ދުވަސްތަކެއް ތަހައްމަލުކޮށްފައި“ ކަމަށެވެ. ޓްރަމްޕްގެ ކެމްޕޭނުން ވަނީ ޓްރަމްޕްގެ މި ކާމިޔާބީއަކީ ”ތާރީހުގައި ވެސް ސިޔާސީ ގޮތުން ލިބުނު އެންމެ ބޮޑު ކާމިޔާބީ“ ކަމަށް ސިފަކޮށްފަ އެވެ. އެމެރިކާގެ ރިއާސަތުގައި ވެރިކަން […]
ރައީސް މުންތަޚަބް ޓްރަމްޕަށް އަދިވެސް ބައިޑެންއާއި ހެރިސް ނުގުޅުއްވާ

އެންބީސީ ނިއުސް އިން ހެރިސްގެ އެހީތެރިންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ގެ ވަގުތެއްގައި އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް އާއި ރައީސް ޖޯ ބައިޑަން އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތަހުނިޔާ ވިދާޅުވުމަށާއި އިންތިޚާބުގައި ބަލިވިކަން އިއުތިރާފު ވުމަށް ފޯނުކޯލެއް ކުރައްވާނެ އެވެ. އެކަމަށް އަދި ވަގުތު ކަނޑައަޅާފައި ނުވާއިރު، ހެރިސް ގެންދަވަނީ އަދިވެސް ތަގްރީރުގެ މަސައްކަތުގައި އަވަދި ނެތިކަމަށް މީޑިއާއިން ބުނެއެވެ. އަދި ބައިޑަން ގެ ތަގްރީރުގައި ރާވާފައި ވަނީ އިންތިހާބުގެ ނަތީޖާއާ […]
ޕާކިސްތާންގެ ކުރީގެ އުއްތަމަ ފަނޑިޔާރަށް ޖެއްސުން ކޮށްފި

ޕާކިސްތާންގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޤާޒީ ފާއިޒް އީސާއަށް ޕާކިސްތާން ދަރިކޮޅުގެ މީހުން ޔޫކޭގައި ފުރައްސާރަ ކުރި މައްސަލާގައި އިސްލާމްއާބާދުން މައްސަލަ ޖައްސައިފިއެވެ. މި މައްސަލަ އިނގިރޭސި ޚާރިޖީ ވުޒާރާއަށް ހުށަހަޅާފައި ވަނީ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުންނެވެ. ޕާކިސްތާން ހައި ކޮމިޝަނުން ޑިޕްލޮމެޓިކް ޗެނަލްތަކެއް މެދުވެރިކޮށް ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީސް (އެފްސީޑީއޯ) އަށް ފޮނުވި ޝަކުވާ އަކީ އަންގާރަ ދުވަހު އިދިކޮޅު ޕާކިސްތާން ތަހުރީކޭ އިންސާފް ޕާޓީގެ މެމްބަރުން ގާޒީ އީސާ، […]
އަދާނީ ކުންފުނިން ޔޫއޭއީގައި އިންވެސްޓްމެންޓް ފުޅާކޮށްފި

އޭޝިއާގެ ދެވަނައަށް އެންމެ މުއްސަނދި ވިޔަފާރިވެރިޔާ ގައުތަމް އަދާނީ ދަނީ ދުބާއީގެ ޖަބަލް އަލީ ފްރީ ޒޯނުގައި އިންވެސްކޮށްފައެވެ. އޭނާ ޖަބަލް އަލީގައި އުފެއްދި ސެލެރިޓާސް އިންޓަނޭޝަނަލް ކުންފުންޏަކީ އަދާނީ ގްރޫޕްގެ ބައިނަލްއަގްވާމީ އިންފްރާސްޓްރަކްޗާ އޮޕަރޭޝަންތައް ފުޅާކުރުމަށް އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައި ހިއްސާ ދާރަކީ އަދާނީ އެއަރޕޯޓްސް އެވެ. އަދާނީ ކުންފުނިން އެންމެ ފުރަތަމަ ޔޫއޭއީގައި އުފެއްދި ކުންފުންޏަކީ، މިއީ މިއަހަރުގެ ކުރީކޮޅު އަބޫދާބީގައި އުފެއްދި އަދާނީ ޕަވަރ ކުންފުންޏެވެ. ސެލެރިޓާސް އުފެއްދުމާއެކު އަދާނީ […]
ހީކުރާ ޚިލާފަށް ޖަޕާނު މީހުންނަކީ ހަށި ހެޔޮ ބަޔެއް

ޖަޕާނުގައި މީހުންގެ ދަރިމައިވުން ދަށަށް ދިއުމާ ގުޅިގެން ސަރުކާރުން ވަނީ ކުދިން ހޯދުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމަށް ޚާއްސަ ޕްރޮގްރާމުތަކެއް ފަށާފައެވެ. އެއާއެކުވެސް މީހުން ގައިގޯޅިވާކަށެއް ނޫޅުނެވެ. އެހެންވެ ބެލެވިފައި އޮތީ މާއްދީ މައްސަލަތަކުގެ ފިއްތުންތަކާ ހެދި ޖަޕާން މީހުން ބޯހާސްކަމެއްގައި އުޅެނީ ކަމަށެވެ. މި ވިސްނުމުގައި ތިއްބައި ޖަޕާނުގެ އޮސާކާ ސިޓީ ހައިރާން ކޮށްލީ މުޅިންވެސް އާދަޔާ ޚިލާފް ވާހަކައަކުންނެވެ. ރެސްޓޯރެންޓަކުން އާދަވެގެން ކައި އުޅޭ އަންހެން ކަސްޓަމަރުންތަކަކަށް ފައިސާ ނުދެއްކިގެން، ރެސްޓޯރެންޓްގެ ވެރިޔާ […]
މުޙައްމަދު ޔޫސުފް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާގެ ލޮބުވެތި ބައްޕަ މުޙައްމަދު ޔޫސުފް އަވަހާރަވުމުން ރައީސް މިނިސްޓަރަށާއި އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ”ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއިއެކުއެވެ. މަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަކީ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިޙްސާންތެރިއެކެވެ.“ […]
އެމެރިކާގެ 47 ވަނަ ރައީސަކީ ޓްރަމްޕް

އެމެރިކާގެ47 ވަނަ ރައީސަކީ ޓްރަމްޕް ކަމަށް ފޮކްސް ނިއުސްއިން ބުނެފިއެވެ
