ފެނިގެންދަނީ ވެރިކަމުގެ ނިޒާމު ޚަރާބު ކުރަމުންދާ މަންޒަރު: ފައްޔާޒު

ދިވެހި ޖުމްހޫރިއްޔާއަށް 56 އަހަރު ފުރޭ މިދަނޑިވަޅުގައި ފެނިގެން ދަނީ ވެރިކަމުގެ ނިޒާމު ޚަރާބު ކުރަމުންދާ މަންޒަރު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ. ”ދިވެހި ޖުމްހޫރިއްޔާއަށް 56 އަހަރު ފުރޭ މި ދަނޑިވަޅުގައި ފެންނަމުން ދަނީ ހަމަހަމަކަމާއެކު ކުރާ ހެޔޮ ވެރިކަމެއްގެ އުންމީދު ގެއްލި ވެރިކަމުގެ ނިޒާމު ޚަރާބުކުރަމުންދާ […]
ރައީސް ޑރ. މުއިއްޒު ސައުދީއަށް ވަޑައިގެންފި

ސއުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛަށް ވަޑައިގެންފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ، ރިޔާޛު ސަރަޙައްދުގެ ޑެޕިއުޓީ ގަވަރނަރ، ޕްރިންސް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒެވެ. ރައީސްގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއްވެސް ސައުދީއަށް ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ […]
ކޮޕް 29 މިއަދު ބާކޫގައި

އެމެރިކާގެ ރައީސް މުންތަޚަބް ޑޮނަލްޑް ތްރަމްޕް ވިދާޅުވެފައި ވަނީ ދުނިޔެ ހޫނުކުރާ ވިހަ ގޭސް ބޭރުކުރުން މަދުކުރުމަށް އެމެރިކާއިން ވައުދުވެފައިވާ ވައުދުތައް ބޮލާލައި ޖަހާލާނެ ކަމަށެވެ. އޭނާއަކީ މޫސުމީ ކާރިސާ ލައިގަތުމާއި ދުނިޔެ ހޫނުވުމާ ގުޅުމެއް އޮތް ކަމަށް ގަބޫލު ކުރައްވާ ބޭފުޅެއް ނޫނެވެ. މި ކަންބޮޑުވުންތަކާއެކު މިއަދު އަޒަރްބައިޖާންގެ ވެރިރަށް ބާކޫގައި ކޮޕް29ގެ މަހާސިންތާ ފަށާސެނެއެވެ. މިއީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު ދަށްކުރުމަށާއި ޕެރިސް މުއާހަދާއާއެއްގޮތަށް ދުނިޔޭގެ ހޫނު މިން 2 ޑިގްރީއަށް އިތުރު […]
މިއީ އެންމެ ހޫނު އަހަރު

މޫސުމީ ބޮޑެތި ކާރިސާތަކެއް ލައިގަނެފައިވާ 2024 ވަނަ އަހަރަކީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ހޫނު ގަދަ އަހަރެވެ. މިއަހަރު ދުނިޔޭގެ ހޫނުމިން 1.5 ސެލްސިއަސް އަރާނެ ކަމަށް އީޔޫގެ މޫސުމާ ބެހޭ މޮނިޓަރިން އިދާރާ ކޮޕަރނިކަސް އިން ބުނެއެވެ. ޔޫރަޕްގެ އެޖެންސީން ބުނީ މިހަފްތާގައި އަޒަރުބައިޖާނުގައި ބާއްވާ ޔުނައިޓެޑް ނޭޝަންސްގެ މަޝްވަރާތަކުގައި ދުނިޔެ ހޫނުކުރާ ގޭސްތައް މަދުކުރުމަށް ފިޔަވަޅު އަވަސްކުރުމަށް މަސައްކަތް ކުރުމަށް ޤައުމުތަކުން މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ. މިދިޔަ މަހަކީ ސްޕެއިންގައި ދިމާވި […]
އެމްޑީޕީގެ ޖަލްސާ ”ފުދިއްޖެ-ފުނޑިއްޖެ“ މާދަންރޭ

މިސަރުކާރު ޒިންމާދާރު ކުރުވައި ކަންކަން އިސްލާހު ކުރުމަށް ގޮވާލާ އެމްޑީޕީން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މިޖަލްސާ އޮންނާނީ މާދަންރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ. މިޖަލްސާގައި ރަށްރަށުގެ ބައެއް ކައުންސިލަރުންނާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި އާންމުން ބައިވެރިވާނެއެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ މިޖަލްސާގައި ސަރުކާރަށް ގޮވާލާނީ ގޯސްކޮށް ކުރަމުންދާ ކަންކަން ރަނގަޅު ކުރުމަށެވެ. ސަރުކާރުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިވެ ހިތްހަމެނުޖެހުން އިތުރުވަމުންދާ އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން މިސަރުކާރުގެ ދެވަނަ އަހަރު […]
މަސްދުވަސް ތެރޭ ލައިގަންނަ 4 ވަނަ ތޫފާން

ފިލިޕީންސްގެ އިރުއުތުރު އައްސޭރިފަށަށް ތޫފާން ޓޮރާޖީ އަރައިފި ކަމަށް އޮފިޝަލުން ހޯމަ ދުވަހު ރިޕޯޓްކޮށްފި އެވެ. މިއީ މަހެއްހާ ދުވަސް ތެރޭގައި ލައިގަންނަ ހަތަރު ވަނަ ތޫފާނެވެ. ޓޮރާޖީ އަރައިފައިވަނީ ވެރިރަށް މެނިލާއާ ގާތްގަނޑަކަށް 220 ކިލޯމީޓަރު ދުރު ހިސާބަށެވެ. މި ތޫފާނުން އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް ނުވަތަ މީހަކު ގެއްލިފައިވާ ކަމަކަށް ރިޕޯޓްކޮށްފައި ނުވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ކާރިސާތަކުން ވަރުބަލިވެފައިވާ ފިލިޕީންސްއަށް އިތުރު ތޫފާނެއް އަރައި، […]
ރައީސް ސައުދީއަށް ފުރާ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައުދީއަރަބިޔާގެ ރިޔާޒަށް ފުރާ ވަޑައިގެންފިއެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރިތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 […]
