ޚުދުމުޚުތާރު ވެރިކަމަކަށް ޖާގަދީގެން ނުވާނެ: ޝާހިދު

ޚުދުމުޚުތާރު ވެރިކަމެއްގެ ސިފައަދުގެ ސަރުކާރު ހިންގަންތިބި މީހުންގެ ކިބައިން ފެންނަމުންދާ ކަމަށާއި އެފަދަ ވެރިކަމަކަށް ޖާގަ ދީގެންނުވާނޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޖުމްހޫރީދުވަހުގެ ތަހުނިޔާ ދިވެހިއެންމެހާ ރައްޔިތުންނަށް ވިދާޅުވުމަށްޓަކައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގައި ކަމަށެވެ. ބޭނުމަކީ މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި، […]
ރައީސް ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯއާ ބައްދަލު ކުރައްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދާ ބައްދަލުކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނޭ އާގޮތްތައް ހޯދުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. ސަޢޫދީ ފަންޑް […]
ފަލަސްތީނާދެކޮޅު އަނިޔާ އިތުރަށް ބަރުދާސްތު ކުރުމެއްނެތް: ރައީސް

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، އެތައް ޒަމާންތަކެއް ވަންދެން ހިންގަމުން ގެންދާ އަނިޔާވެރިކަން ދިގުލައި ގޮސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ އަނިޔާވެރިކަން ނިމުމަކަށް އަންނަންޖެހޭ ކަމަށާއި ”ދެން އިތުރަށް އެކަން ބަރުދާސްތުކުރުމެއް ނެތް“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓްގައި ތަޤުރީރުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އިޒްރޭލުގެ ޢުދުވާނީ ޢަމަލުތައް ކުށްވެރި ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އާރާއި ބާރު ލިބިފައިވާ ވެރިންގެ ކިބައިން، އެކަށީގެންވާ ފިޔަވަޅުތަކެއް […]
އެމްޑީޕީގެ ޖަލްސާއަށް ގޮވަމުންދާ ޕިކަޕަށް ހުރަސްއަޅާ ކަމަށްބުނެފި

މާދަމާރޭ އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބާއްވާ ”ފުދިއްޖެ-ފުނޑިއްޖެ“ ޖަލްސާއަށް އައުމަށް ގޮވަމުންދާ ޕިކަޕަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މަސްދަރުތަކުން ބުނެފިއެވެ. ސޯޝަލް މީޑިއާއިން ފެންނަ ބައެއް ވީޑިއޯތަކުން ޕިކަޕެއްގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވާތަން ފެނެއެވެ. އަދި ބައެއް އެއްޗެހި ޗެކްކޮށް ހަދާތަން ވެސް ފެނެއެވެ. އެއީ ދުއްވާ މީހާގެ ލައިންސަންސާއި ޖަލްސާ ބޭއްވުމުގެ ހުއްދަ ކަމަށް ވެސް ވެދާނެއެވެ. މާދަމާރޭގެ ޖަލްސާއަކީ ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ނަގައިގެން ބާއްވާ ޖަލްސާއެއް ކަމަށް […]
ކޮންޓެއިނަރެއްގައި އެތެރެކުރި މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3.38 ގްރާމުގެ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ މި ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރއެއް ބަލައިފާސްކުރިއިރު އޭގެތެރެއިން ކަމަށެވެ. މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ކޮންޓެއިނަރ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. […]
ސިފައިންނަށް ވެރިކަމަށް ބަސްބުނަށް ފުރުސަތުތައް ދީފި

ޕާކިސްތާނުގެ ނާޒުކު ޑިމޮކްރަސީއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ސިފަ ކުރެވޭ ފިޔަވަޅެއްގައި، ބާރުގަދަ އަސްކަރީ މުއައްސަސާއިން ވަނީ އެއްވެސް ބަހުސެއް ނުވަތަ މަޝްވަރާއެއް ކުރުމަކާ ނުލައި، ރެކޯޑް މުއްދަތެއްގެ ތެރޭގައި ޕާލަމެންޓް މެދުވެރިކޮށް މައްސަލަ ބޮޑު ހަ ބިލެއް ފާސްކުރުމަށް ސަރުކާރު ކޯލިޝަނަށް ޕްރެޝަރުކޮށްފަ އެވެ. ޕާކިސްތާނުގެ ސިފައިންގެ ތިން ބާރުގެ ވެރިންގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ނިންމި ނިންމުމަކީ މިއިން އެއް ނިންމުމެވެ. ސުޕީރިއަރ ކޯޓުތަކުގައި ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް ފާސްކުރި ބިލަކީ […]
އެއްބުރުން ރައީސް ހޮވަން ފެނޭތޯ ބަލަނީ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލުހުރި ގޮތް ބެލުމަށް، ރައްޔިތުންގެ އާއްމު ވޯޓަކަށް ދިޔުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ރޭ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލަން ނިންމަވާފައިވާ ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގައި ދެ ވަނަ ބުރާ ހަމައަށް ނުގޮސް، ފުރަތަމަ ބުރުން ވެރިއަކު ކަނޑައެޅުމެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމަށް […]
މާކުރަތު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ރ. މާކުރަތު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ އުމުރުން އެކާވީސް އަހަރުގެ އަހުމަދު ޝާހީން އޭނާއަކީ އެރަށު ތިންތަރި ގޭގެ ކުއްޖެކެވެ. ފުލުހުން ބުނީ އޭނާ އެންމެ ފަހުން އާއިލާއަށް ހަބަރު ވެފައިވަނީ މިމަހުގެ ހަވަނަ ދުވަހު ފޯނުން ކަމަށެވެ. އެފަހުން ޚަބަރެއް ނުވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ޝާހީންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް […]
ބާރުއަތުލަން ހިތްވަރާއެކު ރައްޔިތުން މަސައްކަތް ކުރަންޖެހޭ: އިބޫ

ގައުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަކީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިއްމު އަސާސް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ މިކަން އޮންނަންވާ ގޮތްކަމަށް ވިޔަސް މިއަދު މި ވަނީ މި މަސައްކަތް އާ ހިތްވަރަކާއެކު ކުރަންޖެހިފައި ކަމަށެވެ. ރައީސް ސާލިހު ވިދާޅުވެފައިވަނީ ޖުމްހޫރިއްޔަތެއްގައި ދައުލަތުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އެހެންކަމުން އެބާރުތައް […]
ތިން މުއައްސަސާއެއްގެ ވެރީން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް

ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނާއިބު ރައީސް އަބްދުއްސަލާމާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސް އަލީ ނަޝާތު ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މަޖިލީހަށް ހުށަހަޅާފައި ވަނީ، ސީއެސްސީގެ ރައީސް ނާސިހާއި އޭސީސީގެ ނައިބު ރައީސް މަގާމުގެ އިތުރުން މެންބަރުކަމުންވެސް ވަކިކުރުމަށެވެ. ނަމަވެސް އީސީގެ ނާއިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ ދެ މެންބަރުންވެސް ކޮމިޝަންގެ މެންބަރުކަމުގެ […]
